މަސައްކަތް
ނަންބަރު: (IUL)13-E/13/2022/23
ޕަބްލިޝްކުރި ތާރީޚް: 19 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 12:11
ސުންގަޑި: 30 ޖަނަވަރީ 2022 13:30
މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ބައެއް މަޝްރޫޢުތަކުގެ މެނޭޖްމަންޓް އޮޑިޓެއް ހެދުމާއި ބެހޭ

ދައުލަތުން ހިންގާ ބައެއް މަޝްރޫޢުތަކުގެ މެނޭޖްމަންޓް އޮޑިޓެއް ހެދުމާއި ގުޅޭ ގޮތުން މި އިޢުލާނާއެކު ހިއްސާކޮށްފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު) އާއި އެއްގޮތަށް އޮޑިޓެއް ހެދުމަށް ބޭނުންވެއެވެ. 
މަޢުލޫމާތު ސާފުކުރުން:
24 ޖަނަވަރީ 2022، 13:30ގެ ކުރިން އެއްވެސް ސުވާލެއް ނުވަތަ ސާފުކުރަންބޭނުންވާ މަޢުލޫމާތެއް ވާނަމަ މެއިލް މެދުވެރިކޮށް [email protected] އަށް ފޮނުވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހެޅުން: 30 ޖަނަވަރީ 2022، 13:30 އަށް
ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގޮތަށް މަޢުލޫމާތު ސާފުކުރުމަށްފަހު މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:30ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
 
19 ޖަނަވަރީ 2022