ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)249-A/249/2022/3
ޕަބްލިޝްކުރި ތާރީޚް: 19 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 10:33
ސުންގަޑި: 27 ޖަނަވަރީ 2022 14:00
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖްތިމާޢީ ސަރަހައްދުތައް ސާފުކުރުމަށް މީހުން ނެގުމާއިގުޅޭ

އިޢުލާން

އިޖްތިމާޢީ ސަރަހައްދުތައް ސާފުކުރުމަށް މީހުން ނެގުމާއިގުޅޭ:

        ހއ. ކެލާ އިޖްތިމާޢީ ސަރަހައްދުތަކުގައި ކުނިކަހައި ވިނަ ނޮޅައި ސާފުކޮށް ބަލަހައްޓާނެ މީހުން ބޭނުންވެއްޖެއެވެ.                                                      

މުއްދަތު:       01 އަހަރު

މަސައްކަތުގެ ގަޑި: 1 ގަޑިއިރާއި 30 މިނިޓް ( ދުވާލަކު )

 

ޝަރުތު:

-  ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން

-  އުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ މީހެއް ކަމުގައިވުން

 

މަސްޢޫލިއްޔަތުތަކާއި އެހެނިހެން ކަންތައް:

- ކެލާ ކައުންސިލުން އިޖްތިމާޢީ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅަފާއިވާ ސަރަހައްދުތަކާއި މަގުތައް ކުނިކަހައި ވިނަނޮޅައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް.

- އިޖްތިމާޢީ ސަރަހައްދުގެ ގަސްތައް ކައުންސިލްގެ ބެލުމުގެ ދަށުން ކޮށާ ސާފުކުރުމުގެ މަސައްކަތް.

- އިޖްތިމާޢީ ސަރަޙައްދު ތަކުން ނަގާ ކުނިބުނިތައް އުކާލަންވާނީ، ކެލާގައި ކުނި މެނޭޖްކުރުމަށް ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް.

 

         ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 27 ޖަނަވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން މިއިދާރާއަށް ފޯމު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިކަމަށްއެދި ހުށަހަޅާ ފޯމު ކެލާ ކައުންސިލް އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.

19 ޖަނަވަރީ 2022