ޢާންމު މަޢުލޫމާތު
ނަންބަރު: 02
ޕަބްލިޝްކުރި ތާރީޚް: 18 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 21:12
ސުންގަޑި: 27 ޖަނަވަރީ 2022 00:00
ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިމަރަފުށީ އިޖްތިމާޢީ ސަރަޙާއްދު ކުނި ކަހާނެ ފަރާތެއް ހޯދުން

                                                                          ނަމްބަރ:   (IUL)391/391/2022/2 

                                              އިޢުލާނު

ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ އިޖުތިމާޢީ ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތްކޮށްދޭނޭ ފަރާތަތަކެއް ހޯދުމާބެހޭ

ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަވާ ގޮތުގެ މަތިން މި ކައުންސިލުގެ ބެލުމުގެ ދަށުގައިވާ

އިޖުތިމާޢީ ސަރަހައްދުތައް ސާފުކޮށް ބަލަހައްޓައިދޭނޭ ފަރާތްތަކެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ

ފަރާތްތަކުން 23 ޖެނުއަރީ 2022 (އާދީއްތަ) އިން 27 ޖެނުއަރީ 2021 (ބުރާސްފަތި) ދުވަހުގެ ނިޔަލަށް "އިޖުތިމާޢީ ސަރަހައްދުތައް

ސާފުކުރުމުގެ މަސައްކަތްކުރުމަށް އެދޭ ފަރާތްތަކުގެ މަޢުލޫމާތު ފޯމް" މި އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިފޯމު އަދި މިއިދާރާއިން

ފާސްކޮށްފައިވާ "އިޖުތިމާޢީ ސަރަހައްދުތައް ސާފުކުރުމަށް މީހުން ހޯދައި އައްޔަން ކުރުމުގެ އުސޫލު" މި އިއުލާނާއެކު އާންމު ކުރަމެވެ. މީގެ

އިތުރުން ފޯމު ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލުގެ އިދާރާއިން ރަސްމީގަޑީގައި ލިބެން ހުންނާނެވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. ފޯމު

ހުށަހަޅުއްވާއިރު ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހެޅުއްވުމަށް ސަމާލުކަން ދެއްވުމަށް

ދަންނަވަމެވެ. ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާނުކުރަމެވެ. މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ

ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލުގެ އިދާރާގެ ނަންބަރު 6780702 އަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް

އީ-މެއިލް ކުރެއްވުމަށް ދަންނަވަމެވެ.

18 ޖެނުއަރީ 2022

                                                            

18 ޖަނަވަރީ 2022