ދިވެހިރާއްޖެ
މިކޯޕަރޭޓިވް ގެ ތިރީގައި މި ދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.
މަޤާމް: މެނޭޖަރ
ލެވެލް: MS-2
މުސާރަ: 12,000/-ރ
ސަރވިސް އެލަވަންސް: 5,000/-ރ
ލިވިންގ އެލަވަންސް: 3,300/-ރ
އެޓެންޑެންސް އެލަވަންސް: 2,200/-ރ
ބޭނުންވާ އަދަދު: 01 (އެކެއް)
ވަޒީފާ އަދާކުރަންޖެހޭ އޮފީސް: ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީ (ޕްރިސްކޯ) ގެ އިދާރީ އޮފީސް
ޝަރުތު:
- ބިޒްނަސް މެނޭޖްމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު؛ ސަރުކާރުގައި، ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަދުވެގެން 3 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
ނުވަތަ
- ބިޒްނަސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު؛ ސަރުކާރުގައި، ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަދުވެގެން 1 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
ނުވަތަ
- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު؛ ސަރުކާރުގައި، ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަދުވެގެން 4 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
އެހެނިހެން އިނާޔަތްތައް:
އިތުރުގަޑިއާއި ބަންދު ދުވަސްތަކުގައި މަސައްކަތް ކޮށްފިނަމަ، ޤަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަސްތަކުގެ ފައިސާ ލިބޭނެއެވެ.
މަޤާމުގެ މަސްޢޫލިއްޔަތު:
- ހިންގާ ކޮމިޓީން ނިންމާ ނިންމުންތައް ތަންފީޒުކުރުން
- ވިޔަފާރިތައް ހިންގާ ބެލެހެއްޓުން
- ވިޔަފާރިތައް އިތުރަށް ފުޅާކުރެވޭނެ ގޮތްތައް ހޯދުން
- ވިޔަފާރިތައް މާކެޓްކުރުން
- މުވައްޒަފުންނާއި ގުޅުންހުރި އެންމެހައި ކަންކަން ބެލެހެއްޓުން
- އޮފީހުގެ އެންމެހައި އިދާރީ މަސައްކަތްތައް ހިންގާ ބެލެހެއްޓުން
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޯދުމަށް ބަލާނެ ކަންތައްތައް:
- ތަޢުލީމާއި ތަމްރީން.
- މަސައްކަތުގެ ތަޖުރިބާ.
- ގިނަ ވަގުތު ހީވާގި ކަމާއެކު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއް ކަމުގައިވުން.
- ބިޒްނަސް މާކެޓިންގ ދާރިރާއިން ތަޢުލީމް ހާސިލްކޮށް މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
އިންޓަރވިއުކުރުން:
މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 15 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. އަދި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ ތަޢުލީމާއި ތަޖުރިބާއަށް ބަލައި ޝޯޓްލިސްޓް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
ނޯޓް:
ހުޅަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާތިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅުއްވާ ލިޔުންތަކުގެ އަދަދު އެނގޭނެގޮތައް ކޮންމެ ޞަފުހާއެއްގައި ނަންބަރ ޖެއްސެވުން އެދެމެވެ.
ސުންގަޑި:
މި މަޤާމަށް އެދޭ ފަރާތްތަކުން 2022 ޖަނަވަރީ 25 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީގެ އިދާރީ އޮފީހަށް (ޣާޒީ ބިލްޑިންގ) ހުށަހެޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސޮސައިޓީގެ ނަންބަރު 3026134 އަށް ގުޅުއްވުން އެދެމެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ވަޒީފާއަށް އެދޭ ފޯމް (މިފޯމް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
- ސިވިލް ސަރވިސް އަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހެއްނަމަ، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުން.
- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ރަސްމީ ލިޔުން.
ނޯޓް:
އެޕްލިކޭޝަންއާއިއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަން ޖެހޭނެއެވެ.
15 ޖުމާދަލްއާޚިރާ 1443
18 ޖަނަވަރީ 2022