ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)133-AS/133/2022/7
ޕަބްލިޝްކުރި ތާރީޚް: 18 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 10:11
ސުންގަޑި:
03 ފެބުރުވަރީ 2022 00:00
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބައި-އިލެކްޝަންގައި ވޯޓްލުމަށްޓަކައި އެދާއިރާގައި ހިމެނޭ ފަރާތްތަކުގެ އައި.ޑީ ކާޑު ހެދުމާގުޅޭ
5 ފެބްރުއަރީ 2022 ވާ ހޮނިހިރު ދުވަހު ބާއްވަން ހަމަޖައްސަވާފައިވާ ބައި-އިލެކްޝަންގައި ވޯޓްލުމަށްޓަކައި އެދާއިރާގައި ހިމެނޭ ފަރާތްތަކުގެ އައިޑެންޓިޓީ ކާޑު މުއްދަތު ހަމަވެފައިވާނަމަ، ނުވަތަ ގެއްލިފައިވާނަމަ، ކާޑު ހައްދަން ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ކާޑު ހައްދާ ޙަވާލު ކުރުމަށް އޮތީ ވަރަށް ކުރު މުއްދަތެއްކަމަށްވާތީ، ވަރަށް އަވަހަށް ހުށަހަޅުއްވައިގެންނޫނީ ވޯޓްލުމަށް ކަނޑައަޅުއްވާފައިވާ ދުވަހުގެ ކުރިން ނިންމާ ނުލެވިދާނެއެވެ.
މާލޭގައި އަދި ރިސޯޓްތަކުގައި ދިރިއުޅުއްވާ ފަރާތްތަކުން ކާޑު ހެއްދުމަށް ހުށަހަޅުއްވާނީ އޮންލައިން ޕޯރޓަލް މެދުވެރިކޮށެވެ. އަތޮޅު ތެރޭގައި އުޅުއްވާ ފަރާތްތަކުން ދިރިއުޅުއްވާ ރަށެއްގައި ހުރި ކަލެކްޓިން ސެންޓަރ މެދުވެރިކޮށެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
18 ޖަނަވަރީ 2022