ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)255/255/2022/08
ޕަބްލިޝްކުރި ތާރީޚް: 17 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 08:44
ސުންގަޑި:
02 ފެބުރުވަރީ 2022 14:00
ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހއ.އުތީމު ކައުންސިލްގެ ސިއްކަ ފަރުމާ ކޮއްދޭނެ ފަރާތެއް ހޯދުން
ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލް އިދާރާގެ ސިއްކަ ފަރުމާކޮށް ދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންވާ ފަރާތްތަކުން 02 ފެބުރުވަރީ 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައި މި ދަންނަވާ ކަންކަމަށް ވިސްނަވައިގެން ސިއްކަ ފަރުމާކޮށް ދެއްވުމަށްފަހު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ސިއްކަ ފޮނުއްވާނީ މި އިދާރާގެ [email protected] މެއިލަށެވެ. އެއްވަނަ އަށްހޮވޭ ސިއްކައަކަށް އިނާމެއްގެ ގޮތުގައި -/4000 ރުފިޔާ ( ހަތަރު ހާސް ރުފިޔާ ) ލިބިވަޑައި ގަންނަވާނެއެވެ.
ސިއްކަ ފަރުމާކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތައް
- މި ސިއްކާގައި އުތީމު ރަމްޒު ކޮށް ދިނުން
- އެއްވެސް ތަނެއްގައި ބޭނުން ކުރަމުންދާ ސިއްކައަކަށް ނުވުން ( ކޮޕީ އަކަށް ނުވުން )
- އެއްވެސް ސިޔާސީ ޕާޓީއެއް ރަމްޒުކޮށްދޭ އެއްޗަކަށް ނުވުން
- ހއ. އުތީމަށް ނިސްބަތް ކުރެވޭ ޚާއްޞަ ސިފައެއް ރަމްޒު ކޮށްދޭ އެއްޗަކަށް ވުން
- 20mm x 20mm އަށް ކުޑަކުރުމުން ސިއްކައިގެ އަސްލު ނުގެއްލުން
- ލޯގޯއިން ރަމްޒު ކޮށްދޭ އެއްޗެއްގެ ތަފްސީލު ހުށަ އެޅުން
- ސިއްކައަކީ ރަމްޒީ އެއްޗަކަށްވާތީ، ސިއްކަ ފަރުމާ ކުރެވިފައި ހުންނަންވާނީ ވީހާވެސް ފަސޭހައި ކޮންއެއްޗެއްކަން ދެނެގަނެވޭނެ ގޮތަކަށެވެ.
- ސިއްކައިގައި '' ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ '' މިގޮތަށް ދިވެހި ބަހުން ނުވަތަ އިނގިރޭސިބަހުން ލިޔަންވާނެއެވެ.
- މައުދަނުގައި ނުވަތަ ފައިބަރ ގައި ކަނޑާ ނަގައިގެން ސިފަ ފާޅު ކުރެވޭނެ ގޮތަށް ފަރުމާ ކުރެވިފައިވުން
- ހުށައަޅާ ސިއްކައިގެ ހާޑް އަދި ސޮފްޓް ކޮޕީ ހުށައަޅަން ވާނެއެވެ.
- ލޯގޯ ހެދުމުގައި މި ކުލަތަކަށް (ނޫ، ހުދު، ފެހި އަދި ޗޮކްލެޓް) އިސްކަން ދެވިދާނެއެވެ.
17 ޖަނަވަރީ 2022