ދިވެހިރާއްޖެ
ނަންބަރު : (IUL)MMPRC-PRO/1/2022/6
އިޢުލާން
މި ކޯޕަރޭޝަންގެ އައު ފަންގިފިލާގައި ފުލޯ ކާޕެޓް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތްކޮށްދެއްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން 2022 ޖަނަވަރީ 24 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 އަށް މި ކޯޕަރޭޝަނަށް (ހ.ޒޮނާރިއާ، 4 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2022 ޖަނަވަރީ 27 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
މި އިޢުލާނާއެކު މި ފަންގިފިލާގެ ކުރެހުން އެއްއުރަކުރެވިފައިވާނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކުން 2022 ޖަނަވަރީ 26 ވާ ބުދަ ދުވަހުގެ މެންދުރުފަހު 02:30 ގެ ކުރިން ތިރީގައި ބަޔާންކުރެވިފައިވާ އީމެއިލް އެޑްރެސް އަށް އީމެއިލް ކުރެއްވުން އެދެމެވެ.
އީމެއިން އެޑްރެސް: [email protected] copy to [email protected]
ނަން: ހަސަން ޝަހީލް
މަޤާމް: އެގްޒެކެޓިވް ޑިރެކްޓަރ
14 ޖުމާދުލްއާޙިރް 1443
17 ޖަނަވަރީ 2022