ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)271-ESMS/271/2022/5
ޕަބްލިޝްކުރި ތާރީޚް: 17 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 12:31
ސުންގަޑި: 25 ޖަނަވަރީ 2022 14:00
މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2022ވަނަ އަހަރަށް ވަގުތީ މުވައްޒަފުން ހޯދުން

އިޢުލާން

2022ވަނަ އަހަރަށް ވަގުތީ މުވައްޒަފުން ހޯދުން

ވޭޖް އެމްޕްލޯއީމަންޓް އުޞޫލުން މިރަށު ކުނި މެނޭޖުކުރުން، ޤަބުރުސްތާނު، އިޖްތިމާޢީ ސަރަޙައްދުތައް އަދި ކުޅިވަރުކުޅޭ ތަންތަން ސާފްކޮށް ބެލެހެއްޓުމަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް އިޢުލާން ކުރީމެވެ.

1-ކުނިކޮށި

މަޤާމު:

މުނިސިޕަލް ވޯކާރސް

އޮފީސް:

ށ. ކަނޑިތީމު ކައުންސިލް އިދާރާ

އުޖޫރަ:

މަސައްކަތްކުރާ ކޮންމެ ގަޑިއިރަކަށް -/36 ރުފިޔާ

ރަމަޟާން އެލަވަންސް:

-/3000 ރުފިޔާ

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

ކުނިކޮށި

މަސައްކަތް ކުރަންޖެހޭ ވަގުތު:

ހަފްތާއަކު 6 ދުވަހު، ދުވާލަކު 5 ގަޑިއިރު

ވަޒީފާގެ މުއްދަތު:

ވަގުތީ (1 އަހަރު)

ވަޒީފާގެ ބާވަތް:

ވޭޖް އެމްޕްލޯއީމަންޓް

ބޭނުންވާ ޢަދަދު:

03 (ތިނެއް)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1-      ކައުންސިލުން އަންގާ އުޞޫލެއްގެ މަތިން ކުނި ބަލައިގަތުން

2-      ކުނި ވަކި ކުރުމާއި ކުނި ނައްތާލުމުގެ މަސައްކަތްތައް ކުރުން 

3-      ކުނި ކޮށި ސާފްކޮށް ބެލެހެއްޓުން.

4-      ވަކި ކުރެވޭ ކުނި ސްޓޯރު ކުރުން

5-      ކައުންސިލުން ކަނޑައަޅާ އުޞޫލެއްގެ މަތީން ކުންޏާ ގުޅުންހުރި މަސައްކަތްތައް ކުރުން.

6-      އަދި މިނޫންވެސް ކައުންސިލުން ކުރުމަށް ނިންމާ މަސައްކަތެއް ނުވަތަ ދިނުމަށް ނިންމާ ޚިދުމަތެއް ދިނުމުގައި ކައުންސިލުން ކަނޑަޅައިފައިވާ އުޞޫލުން އަމަލުކުރުން.

މަޤާމުގެ ޝަރުތު:

1-      ލިޔަންކިޔަން އެނގުން

2-      މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭ ފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުމާއިއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން.

2.އިޖްތިމާއީ ސަރަޙައްދުތައް

މަޤާމު:

ސޯސިއަލް ވޯކާރސް

އޮފީސް:

ށ. ކަނޑިތީމު ކައުންސިލް އިދާރާ

އުޖޫރަ:

މަސައްކަތްކުރާ ކޮންމެ ގަޑިއިރަކަށް -/40 ރުފިޔާ

ރަމަޟާން އެލަވަންސް:

-/3000 ރުފިޔާ

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

އިޖްތިމާއީ ސަރަޙައްދުތައް

މަސައްކަތް ކުރަންޖެހޭ ވަގުތު:

ހަފްތާއަކު 6 ދުވަހު، ދުވާލަކު 2 ގަޑިއިރު

ވަޒީފާގެ މުއްދަތު:

ވަގުތީ (1 އަހަރު)

ވަޒީފާގެ ބާވަތް:

ވޭޖް އެމްޕްލޯއީމަންޓް

ބޭނުންވާ ޢަދަދު:

20 (ވިހި)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1-      އިޖްތިމާއީ ސަރަޙައްދު ކަމުގައި މިއިދާރާއިން ކަނޑައަޅާ ސަރަޙައްދުތައް ކުނިކަހާ ސާފްކޮށް ބެލެހެއްޓުން.

2-      ރައްޔިތުންގެ ޢިމާރާތްތައް ކުނިކަހާ ސާފްކޮށް ބެލެހެއްޓުން.

3-      އަދި މިނޫންވެސް ކައުންސިލުން ކުރުމަށް ނިންމާ މަސައްކަތެއް ނުވަތަ ދިނުމަށް ނިންމާ ޚިދުމަތެއް ދިނުމުގައި ކައުންސިލުން ކަނޑަޅައިފައިވާ އުޞޫލުން އަމަލުކުރުން.

މަޤާމުގެ ޝަރުތު:

1-      ލިޔަންކިޔަން އެނގުން

2-      މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭ ފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުމާއިއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން.

 

3.ކުޅިވަރު ޕާކް 

މަޤާމު:

މުނިސިޕަލް ވޯކާރސް

އޮފީސް:

ށ. ކަނޑިތީމު ކައުންސިލް އިދާރާ

އުޖޫރަ:

މަސައްކަތްކުރާ ކޮންމެ ގަޑިއިރަކަށް -/36 ރުފިޔާ

ރަމަޟާން އެލަވަންސް:

-/3000 ރުފިޔާ

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

ކުޅިވަރު ޕާކް

މަސައްކަތް ކުރަންޖެހޭ ވަގުތު:

ހަފްތާއަކު 6 ދުވަހު، ދުވާލަކު 5 ގަޑިއިރު

ވަޒީފާގެ މުއްދަތު:

ވަގުތީ (1 އަހަރު)

ވަޒީފާގެ ބާވަތް:

ވޭޖް އެމްޕްލޯއީމަންޓް

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1-      ސްޕޯރޓްސް އެރީނާގެ ކުޅިވަރުތަކަށް ޙާއްސަ ކުރެވިފައިވާ ކުރިވަރު ޕާކްގެ ކޯޓްތަކާއި ބިމުގެ ސަރަޙައްދު ކުނިކަހާ ސާފްކޮށް ބެލެހެއްޓުން.

2-      އަދި މިނޫންވެސް ކައުންސިލުން ކުރުމަށް ނިންމާ މަސައްކަތެއް ނުވަތަ ދިނުމަށް ނިންމާ ޚިދުމަތެއް ދިނުމުގައި ކައުންސިލުން ކަނޑަޅައިފައިވާ އުޞޫލުން އަމަލުކުރުން.

މަޤާމުގެ ޝަރުތު:

1-      ލިޔަންކިޔަން އެނގުން

2-      މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭ ފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުމާއިއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން.

 
 
4. ޤަބުރުސްތާނު

މަޤާމު:

މުނިސިޕަލް ވޯކާރސް

އޮފީސް:

ށ. ކަނޑިތީމު ކައުންސިލް އިދާރާ

އުޖޫރަ:

މަސައްކަތްކުރާ ކޮންމެ ގަޑިއިރަކަށް -/36 ރުފިޔާ

ރަމަޟާން އެލަވަންސް:

-/3000 ރުފިޔާ

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

ޤަބުރުސްތާނު

މަސައްކަތް ކުރަންޖެހޭ ވަގުތު:

ހަފްތާއަކު 6 ދުވަހު، ދުވާލަކު 5 ގަޑިއިރު

ވަޒީފާގެ މުއްދަތު:

ވަގުތީ (1 އަހަރު)

ވަޒީފާގެ ބާވަތް:

ވޭޖް އެމްޕްލޯއީމަންޓް

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1-      ޤަބުރުސްތާނު ސާފްކޮށްބެލެހެއްޓުމުގެ މަސައްކަތްތައް ކުރުން.

2-      އުވާލާފައިވާ ތަޤްވާ މިސްކިތް ކުނިކަހާ ސާފްކޮށް ބެލެހެއްޓުން.

3-      އަދި މިނޫންވެސް ކައުންސިލުން ކުރުމަށް ނިންމާ މަސައްކަތެއް ނުވަތަ ދިނުމަށް ނިންމާ ޚިދުމަތެއް ދިނުމުގައި ކައުންސިލުން ކަނޑަޅައިފައިވާ އުޞޫލުން އަމަލުކުރުން.

މަޤާމުގެ ޝަރުތު:

1-      ލިޔަންކިޔަން އެނގުން

2-      މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭ ފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުމާއިއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން.

 

މަސައްކަތްކުރަން ރޭވިފައިވާގޮތް:

މިމަސައްކަތްތައް ކުރަންޖެހޭނީ ހަފްތާގެ ދުވަސްތަކަށް ބަހާލެވިގެން މިއިދާރާއިން އެކުލަވާލާ މަސައްކަތު ތާވަލާއެއްގޮތަށެވެ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބަލާނީ މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމުގެ ކުނި މެނޭޖުކުރުން، ޤަބުރުސްތާނު، އިޖްތިމާޢީ ސަރަޙައްދުތައް އަދި ކުޅިވަރުކުޅޭ ތަންތަން ކުނިކަހާ ސާފުކޮށް ބަލަހައްޓާ މުވައްޒަފުން ނެގުމުގެ އުޞޫލުގައިވާ މުވައްޒަފުން ނެގުމުގައި ބަލާނެ މިންގަނޑަށެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 ޖެނުއަރީ 2022ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން، މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށް ބަލައިގަނެވޭނެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެވެ.

(ނޯޓް: އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ގަޑި ޖެހުމުގެ ކުރިން ލިބުނުތޯ ޗެކްކޮށް ބެލުމަކީ ވަޒީފާއަށް އެދި ހުށައަޅާ ފަރާތުން ކުރަންޖެހޭ ކަމެކެވެ.)

 

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު

މިމަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 27 ޖެނުއަރީ 2022 އާއި 30 ޖެނުއަރީ 2022އާ ދެމެދު، މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލް އިދާރާގައެވެ.

 

 

ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް  ޢާއްމުކުރުން:

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް " އާންމުކޮށް ފެންނާނެހެން މި އިދާރާގައި ޢާއްމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ ފޯމް އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 
 
 

ހުށަހަޅަންޖެހޭ ލިޔުންތައް:

1-      ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް ( އެޕްލިކޭޝަން ފޯމް ށ. ކަނޑިތީމު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެވެ.

2-      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

 
މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6540041 އަށެވެ. އަދި މެއިލް ކުރައްވާނީ  [email protected] އަށެވެ.
 

14 ޖުމާދަލްއާޙިރު 1443

17 ޖެނުއަރީ 2022

17 ޖަނަވަރީ 2022