މަސައްކަތް
ނަންބަރު: (IUL)236-IED/236/2022/2
ޕަބްލިޝްކުރި ތާރީޚް: 17 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 12:09
ސުންގަޑި: 23 ޖަނަވަރީ 2022 10:00
މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ ހިންގާ ޢިމާރާތައް ބައެއް އިތުރުކުރުން.

އިޢުލާނު

މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ ހިންގާ ޢިމާރާތައް ބައެއް އިތުރުކުރުން.

 

                  ސުރުޚީގައި ދެންނެވި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ކުރި ނަންބަރ: (IUL)236-IED/236/2021/17 )24 އޮގަސްޓް 2021) އިޢުލާނާއި ގުޅިގެން ހުށަހަޅުއްވާފައިވާ އަގުތައް ބޮޑުކަމަށްފެންނާތީ އެ އިޢުލާން ބާތިލްކޮށް މިދެންނެވި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރީމެވެ.

ވީމާ، ސުރުޚީގައި ދަންނަވާފައިވާ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚް

ދުވަސް

ގަޑި

ތަން

ތަފްޞީލް

23 ޖަނަވަރީ 2022

އާދީއްތަ

10:00

މ.އަތޮޅު ކައުންސިލްގެ އިދާރާ

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

02 ފެބްރުއަރީ 2022

ބުދަ

10:00

މ.އަތޮޅު ކައުންސިލްގެ އިދާރާ

އަންދާސީ ހިސާބު ހުށަހެޅުން

 

މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރިގެ ޤާނޫނު ( ޤާނޫނު ނަމްބަރު 2014/19) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަމްބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތް ތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގެންނެވެން ނެތް ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން އަންގައިދޭ ލިޔުމެއް ފޮނުވަންވާނެއެވެ.

17 ޖަނަވަރީ 2022