މުބާރާތް
ނަންބަރު: IU/HB/2022/02
ޕަބްލިޝްކުރި ތާރީޚް: 17 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 11:52
ސުންގަޑި: 27 ޖަނަވަރީ 2022 00:00
ހޭންޑްބޯލް މޯލްޑިވްސް
ދިވެހިރާއްޖެ
ސަރުކާރު އަދި އަމިއްލަ އޮފީސް/ކުންފުނިތަކުގެ 6 ވަނަ ހޭންޑްބޯޅަ މުބާރާތް 2022

No: I/HB/2022/02

ސަރުކާރު އަދި އަމިއްލަ އޮފީސް/ކުންފުނި ތަކުގެ 6 ވަނަ ހޭންޑްބޯޅަ މުބާރާތް 2022

 

ޢިއުލާން

 

މި އެސޯސިއޭޝަނާއި ގުޅިގެން، ސަރުކާރު އަދި އަމިއްލަ އޮފީސް/ކުންފުނިތަކުގެ 06 ވަނަ ހޭންޑްބޯޅަ މުބާރާތް ހިންގާނެ ފަރާތެއް ހޯދުމަށް މިއެސޯސިއޭޝަނުން 21 ޑިސެމްބަރ 2021 ގައި ކުރެވުނު، No: IU/HB/H2021/06 އިޢުލާން އާއި ގުޅިގެން ޕްރޮޕޯސަލް  ހުށަހެޅި ފަރާތްތަކުގެ ތެރެއިން، އެންމެ ރަނގަޅު ޕްރޮޕޯސަލްއެއް ހުށަހަޅާފައިވަނީ ކްލަބް ޒެފްރޯލް ކަމުގައި ވާތީ، ސަރުކާރު އަދި އަމިއްލަ އޮފީސް/ކުންފުނިތަކުގެ 06 ވަނަ ހޭންޑްބޯޅަ މުބާރާތް 2022، މި އެސޯސިއޭޝަނާއި ގުޅިގެން އިންތިޒާމްކޮށް ރާވާ ހިންގާނީ ކްލަބް ޒެފްރޯލް ކަމުގައި ދަންނަވަމެވެ.

މި އެސޯސިއޭޝަނާއި ކްލަބް ޒެފްރޯލް ގުޅިގެން 20 ފެބްރުއަރީ 2022 ގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ، ސަރުކާރު އަދި އަމިއްލަ އޮފީސް/ކުންފުނިތަކުގެ 06 ވަނަ ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން މި މުބާރާތުގެ ރަޖިސްޓްރޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، 27 ޖެނުއަރީ 2022 ވަނަ ދުވަހުގެ އޮފީސްބަންދުވުމުގެ ކުރިން  މި އެސޯސިއޭޝަނަށް ހުށަހެޅުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ލިބިވަޑައި ގަންނަވާނީ ގަލޮޅު ދަނޑުގައި ހުންނަ މި އެސޯސިއޭޝަންގެ އޮފީހުން އަދި ވެބްސައިޓް www.handballmaldives.com.mv އިންނެވެ.

މިމުބާރާތުގައި ބައިވެރިވެލައްވާ ޓީމްތަކުން ޓީމްލިސްޓް ހުށަހަޅުއްވަންޖެހޭ އެންމެ ފަހު ތާރީޙަކީ 10 ފެބްރުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 1400 އެވެ. އަދި މި މުބާރާތުގެ ގުރުއަތުލުން ބާއްވާނެ ތަނަކާއި ވަގުތު ފަހުން އަންގާނެ ވާހަކަ ދަންނަވަމެވެ.

މި އިޢުލާން ގެޒެޓް ވުމާއިއެކު މިއެސޯސިއޭޝަނުން 12 ޖަނަވަރީ 2022 ގައި ކޮށްފައިވާ ނަންބަރ No:01/HB/2022/01 އިޢުލާން އަދި އެ އިއުލާނާއި އެއްކުރެވިފައިވާ ގަވާއިދު އަދި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ބާތިލް ކުރެވިފައިވާ ކަމުގައި ދަންނަވަމެވެ.

 އިތުރު މައުލޫމާތު ހޯއްދެވުމަށް 9879555 އާއި ގުޅުއްވުން އެދެމެވެ.

17 ޖަނަވަރީ 2022

 

17 ޖަނަވަރީ 2022