ދިވެހިރާއްޖެ
ތަޢާރަފާއި ނަން |
1. |
(ހ) |
މިއީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑު ހިންގުމާއި، އެ ބޯޑުގެ ޖަލްސާތައް ބޭއްވުމާއި، އެ ބޯޑުގެ ނިންމުންތަކާގުޅޭ އުސޫލުތައް ކަނޑައެޅުމަށްޓަކައި ޤާނޫނު ނަންބަރު 2021/7 (މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު)ގެ 9 ވަނަ މާއްދާގެ (ކ) ދަށުން ބާރު ލިބިގެން އެކުލަވާލެވިފައިވާ، ޤަވާޢިދެވެ. |
|
(ށ) |
މި ޤަވާޢިދަށް ކިޔާނީ "މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑު ހިންގާ ޤަވާޢިދު" އެވެ. |
|||
ޤަވާޢިދުގެ މަޤްޞަދު |
2. |
މި ޤަވާއިދުގެ މަޤްޞަދަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑު ހިންގުމާއި، އެ ބޯޑުގެ ޖަލްސާތައް ބޭއްވުމާއި، އެ ބޯޑުގެ ނިންމުންތަކާގުޅޭ އެންމެހާ އުސޫލުތައް ކަނޑައެޅުމެވެ. |
||
މާނަކުރުން |
3. |
މި ޢަވާއިދުގައި ޢިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި ޢިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެ ވަނީ، އެ ޢިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައިމިވާ މާނަކު ރުމެވެ. |
||
(ހ) |
"އޮތޯރިޓީ" ކަމަށް ބުނެފައި އެވަނީ، "މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ" އަށެވެ. |
|||
(ށ) |
"ބޯޑު" ކަމަށް ބުނެފައި އެވަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑަށެވެ. |
|||
(ނ) |
"މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މަތީ ތަޢުލީމާއި ތަމްރީނުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ޙަވާލުކުރެވިފައިވާ ވުޒާރާއަށެވެ. |
|||
ބޯޑުގެ މެމްބަރުން |
4. |
(ހ) |
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑު އެކުލެވިގެންވަނީ "ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު" ގެ (9) ވަނަ މާއްދާ ގެ (ށ) ގައިވާ ފަދައިން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ އަންނަނިވި 7 (ހަތެއް) މެމްބަރުންގެ މައްޗަށެވެ. |
|
(1) |
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ؛ |
|||
(2) |
މިނިސްޓްރީގެ މުވައްޒަފުންގެ ތެރެއިން މިނިސްޓަރު ކަނޑައަޅުއްވާ 1(އެކެއް) މެމްބަރ؛ |
|||
(3) |
މަތީ މަޢުލީމާއި ތަމްރީނުގެ ދާއިރާގެ މާހިރުންގެ ތެރެއިން ޢައްޔަންކުރައްވާ 2 (ދޭއް) މެމްބަރުން؛ |
|||
(4) |
ދިވެހިރާއްޖޭގައި ހިންގާ ޔުނިވަރސިޓީތަކުގެ ވައިސް ޗާންސެލަރަރުންގެ ތެރެއިން ޢައްޔަންކުރައްވާ 1(އެކެއް) މެމްބަރ؛ |
|||
(5) |
ޓެކްނިކަލް އެންޑް ވޮކޭޝަނަލް ދާއިރާއިން ޢައްޔަންކުރައްވާ 1 (އެކެއް) މެމްބަރ؛ އަދި |
|||
(6) |
ދިވެހިރާއްޖޭގައި ހިންގާ މަތީ ތަޢުލީމު ފޯރުކޮށްދޭ އަމިއްލަ ކޮލެޖްތަކުގެ ހިންގުމުގެ ދާއިރާއިން ޢައްޔަންކުރާ 1 (އެކެއް) މެމްބަރ. |
|||
ބޯޑުގެރިޔާސަތު |
5. |
(ހ) |
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބަލަހައްޓާނީ އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ. |
|
(ށ) |
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ ރިޔާސަތު ބަލަހައްޓާ ފަރާތުގެ ޒިންމާތަކަކީ، އެ ބޯޑުގެ މަސައްކަތްތައް ރާވައި ހިންގުމާއި އެ ބޯޑުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމެވެ. |
|||
(ނ) |
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ ރިޔާސަތު ބަލަހައްޓާ ފަރާތުގެ ހައިސިއްޔަތުން އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ކުރަންޖެހޭ ކަމެއް ކުރުމަށް އޭނާ އުޒުރުވެރިވެއްޖެ ޙާލަތެއްގައި، އެކަން ކުރުމަށް ބޯޑުގެ މެންބަރުންގެ ތެރެއިން މީހަކާ ޗީފް އެގްޒެކެޓިވް އޮފިސަރ ޙަވާލުކުރަންވާނެއެވެ. |
|||
ބޯޑުގެ މަސްއޫލިއްޔަތުތައް |
6. |
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ބޯޑުގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ. |
||
(ހ) |
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މަޤްޞަދު ޙާޞިލުކުރުމަށާއި، އެ ޤާނޫނު ގައި ބަޔާންކުރާ އޮތޯރިޓީގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ބޭނުންވާ ލަފާދިނުމެވެ. |
|||
(ށ) |
ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ފާސްކުރުން. |
|||
(ނ) |
ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މޭންޑޭޓްގެ ގޮތުގައި ހިމެނިފައިވާ ހުރިހާ ކަމެއް ކުރުމަށްޓަކައި ޗެއަރޕާސަން ހުށަހަޅުއްވާ ކަންތައްތަކާ މެދު މަޝްވަރާކޮށް ބޭނުންވާ ޤަވާޢިދުތަކާއި ގައިޑްލައިންތަކާއި މެނުއަލްތައް ފާސްކުރުން. |
|||
ބޯޑުގެ ބައްދަލުވުންތައް |
7. |
(ހ) |
ބޯޑުގެ ބައްދަލުވުންތަކުގެ އިދާރީ އިންތިޒާމުތައް ހަމަޖައްސާނީ ޗެއަރޕާސަންގެ އިރުޝާދާ އެއްގޮތަށް އޮތޯރިޓީންނެވެ. |
|
|
ބޯޑުގެ ބައްދަލުވުންތަކަށް ދަންނަވާނީ ޗެއަރޕާސަންގެ އިރުޝާދާ އެއްގޮތަށް ސެކެއްޓޭރިއެޓުންނެވެ. |
|||
|
ބޯޑުގެ ބައްދަލުވުންތަކުގެ އެޖެންޑާ ތައްޔާރުކުރާނީ ޗެއަރޕާސަންގެ ލަފާގެ މަތިން ބޯޑުގެ ސެކެރެޓޭރިއެޓްއިންނެވެ. |
|||
(ށ) |
ބޯޑުގެ ބައްދަލުވުމެއް، އާންމުގޮތެއްގައި ދެ ހަފުތާއިން އެއް ފަހަރު، އަދި މަދުވެގެން މަހަކު އެއް ފަހަރު ބާއްވަންވާނެ އެވެ. |
|||
(ނ) |
ބޯޑުގެ އެއްވެސް ބައްދަލުވުމެއް ބޭއްވޭނީ ބޯޑުގެ ޖުމްލަ 7 މެމްބަރުންގެ ތެރެއިން މަދުވެގެން 4 މެންބަރުން ހާޒިރުވެގެންނެވެ. |
|||
(ރ) |
ބޯޑުގެ ބައްދަލުވުންތަކުގައި ކުރެވޭ މަޝްވަރާއަކާ ގުޅޭގޮތުން މަޢުލޫމާތު ހޯދުމުގެ ބޭނުމުގައި އިތުރު ފަރާތްތަކަށް ބައްދަލުވުންތަކަށް ޗެއަރޕާސަންއަށް ދަޢުވަތު ދެވިދާނެ އެވެ. |
|||
(ބ) |
ބޯޑުގެ މެންބަރަކު ބައްދަލުވުމެއް އެޖެންޑާ ކުރުމަށް އެދޭނަމަ އެކަމެއް ބައްދަލުވުމުގެ ހަތަރު ދުވަސް ކުރިން ރިޔާސަތަށް އެޑްރެސްކޮށް އޮތޯރިޓީއަށް ލިޔުމަކުން (ސިޓީއަކުން، ނޯޓަކުން ނުވަތަ އީމެއިލަކުން) ހުށަހަޅަންވާނެއެވެ. |
|||
(ޅ) |
ބޯޑުގެ ކުރީގެ ބައްދަލުވުމަކުން ވަކި ކަމެއް އެޖެންޑާކުރަން ނިންމައިފިނަމަ އެކަމެއް ރިޔާސަތުން ދެން އަންނަ ބައްދަލުވުމެއްގައި އެޖެންޑާ ކުރަންވާނެއެވެ. |
|||
(ކ) |
އާދަޔާ ޚިލާފު ޙާލަތެއް މެދުވެރިވެގެން މެނުވީ، ބައްދަލުވުމުގެ ކުރިއަށް ތިން ދުވަހުގެ ނޯޓިހެއް ދޭންވާނެއެވެ. ކުއްލި ހާލަތެއް އަދި ބައްދަލުވުމަކަށް ދަންނަވާލުމުގެ އިޚްތިޔާރު ޗެއަރޕާސަން އަށް ލިބިގެންވެއެވެ. ނަމަވެސް ކޮންމެ ޙާލަތެއްގައި ވެސް ޖަލްސާ އަށް ދަންނަވާ ދެންނެވުން ލިޔެކިޔުންތަކުން ބަލަހައްޓަންވާނެ އެވެ. |
|||
|
|
(އ) |
ބައްދަލުވުމަކަށް ދަންނަވާއިރު، އެޖެންޑާއާއި އެޖެންޑާގައި ހިމެނޭ ކަންކަމާ ބެހޭ ލިޔުންތައް، ބޯޑުގެ މެންބަރުންނަށް ފޮނުވަންވާނެ އެވެ. |
|
ބޯޑުގެ ސެކްރެޓޭރިއެޓް |
8. |
(ހ) |
ބޯޑުގެ ބައްދަލުވުންތަކުގެ ސެކެރެޓޭރިއެޓް ބަލަހައްޓާނީ އޮތޯރިޓީންނެވެ. މިގޮތުން، ސެކްރެޓޭރިއެޓް ބަލަހައްޓާނީ، ޗެއަރޕާސަން ކަނޑައަޅާ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މުވައްޒަފެއް ނުވަތަ ނުވަތަ މުއްޒަފުންތަކެކެވެ. |
|
ޔައުމިއްޔާއާއި ރެކޯޑް ބެލެހެއްޓުން |
9. |
(ހ) |
ބޯޑުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ސެކެރެޓޭރިއެޓުން ލިޔެ ބަލަހައްޓަންވާނެއެވެ. އަދި ކޮންމެ ބައްދަލުވުމެއްގެ ޔައުމިއްޔާ ޖެހިގެން އޮންނަ ބައްދަލުވުމެއްގެ 24 ގަޑިއިރު ކުރިން މެންބަރުންގެ ކޮމެންޓަށް ފޮނުވަންވާނެ އެވެ. މެންބަރަކު އިޞްލާޙެއް ހުށަހަޅއިފި ނަމަ، އެ އިޞްލާޙެއް ބޯޑުގެ މެންބަރުންނަށް ޔައުމިއްޔާ ފާސްކުރުމުގެ ކުރިން އަންގަވަންވާނެ އެވެ. |
|
(ށ) |
ކޮންމެ ބައްދަލުވުމެއްގައި އޭގެ ކުރީ ބައްދަލުވުމުގެ ޔައުމިއްޔާ ފާސްކުރަންވާނެ އެވެ. |
|||
ބޯޑުގެ ނިންމުންތައް |
10. |
(ހ) |
ބޯޑަށް ހުށަހެޅޭ ހުށަހެޅުންތައް ނިންމާނީ ބައްދަލުވުމަށް ޙާޒިރުވެ، ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. |
|
(ށ) |
ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ބޯޑުގައި ކުރެވުނު މަޝްވަރާގެ ޚުލާޞާއާއި، ބޯޑުން ނިންމާ ނިންމުން ސާފުކޮށް އެނގޭނޭ ގޮތަށް ސެކެއްޓޭރިއެޓުން ލިޔެ ޔައުމިއްޔާ ކުރަންވާނެ އެވެ. |
|||
މާލީ ޢިނާޔަތްތައް |
11. |
ބޯޑުގެ މެންބަރުން ހާޒިރުވާ ޖަލްސާތަކަށް ދެވޭ އެލަވަންސް ކަނޑައަޅާނީ މިނިސްޓަރުގެ ލަފާގެމަތިން ދައުލަތުގެ މާލިއްޔަތުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ މިނިސްޓަރު ކަނޑައަޅާ ގޮތެއްގެ މަތިންނެވެ. |
||
ބޯޑުގެ މެމްބަރުކަމުން ވަކިކުރުމާއި ވަކިވުން |
12. |
ބޯޑުގެ މެމްބަރުކަމުން ވަކިކުރުމާއި، ވަކިވުމުގެ އުޞޫލުތައް ތަންފީޒުވާނީ "ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު" ގެ 11 ވަނަ މާއްދާ ގެ (ހ) އާއި، (ށ) އާއި، (ނ) ގައި ވާ ގޮތުގެ މަތިންނެވެ. |
||
މި ޤަވާޢިދު އިޞްލާޙުކުރުން |
13. |
މި ޤަވާޢިދު އިޞްލާހުކުރެވޭނީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުންނެވެ. |
||
މި ޤަވާޢިދަށް ޢަމަލުކުރަން ފެށުން |
14. |
މި ޤަވާޢިދަށް ޢަމަލުކުރަން ފަށާނީ ދިވެހިސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ. |