ދިވެހިރާއްޖެ
ތ.ތިމަރަފުށި އެއަރޕޯޓް މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ މިމަސައްކަތައް ޝައުގުވެރިވެލައްވާ ފަރާތްތަކުން އިއުލާނާއިއެކު ހިމެނިފައިވާ ކުންފުނީގެ މައުލޫމާތު ފޯމް ފުރުއްވުމަށްފަހު މި ކުންފުނީގެ އީމެއިލް [email protected] ، [email protected] އަދި [email protected] އަށް މެއިލް ކުރައްވައިގެން ޝައުގުވެރިކަން ފާޅު ކުރެއްވުން އެދެމެވެ. ޝައުގުވެރިކަން ފާޅު ކުރުމުގެ ސުންގަޑިއަކީ 24 ޖަނަވަރީ 2022 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިންނެވެ.
މިމަސައްކަތަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ބޭފުޅުންނަށް މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުން 29 ޖަނަވަރީ 2022 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 11:00 ގައި ތ.ތިމަރަފުށި އެއަރޕޯޓުގައި އޮންނާނެއެވެ.
އިސްވެ ދެންނެވުނު ސުންގަޑީގެ ކުރިން އީމެއިލްގެ ޒަރިއްޔާއިން ޝައުގުވެރިކަން ފާޅު ނުކުރައްވާ ފަރާތްތަކާއި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ.
*މަތީގައި ދެންނެވިފައިވާ ކުންފުނީގެ މައުލޫމާތު ފޯމް އަދި ބިޑްއާއި ގުޅޭ މައުލޫމާތު މި އިއުލާނާއި އެކު ޑައުންލޯޑް ކުރެއްވޭނެއެވެ.