މަސައްކަތް
ނަންބަރު: MWSC-L/1/ADV/2022/12
ޕަބްލިޝްކުރި ތާރީޚް: 16 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 16:16
ސުންގަޑި: 19 ޖަނަވަރީ 2022 11:00
މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އެމް.ޑަބްލިއު.އެސް.ސީ އަށް ބޭނުންވާ ވެހިކަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން - ރީޓެންޑަރ

މިކުންފުންޏަށް ބޭނުންވާ ވެހިކަލް ސަޕްލައިކޮށްދިނުމަށް ކުރެވުނު އިއުލާން ނަމްބަރ: MWSC-L/1/ADV/2021/259 އަށް އެދެވޭ ތަރުހީބެއް ނުލިބުމެގެ ސަބަބުން އަލުން މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށައެޅުމަށް ހުޅުވާލަމެވެ.

 

ބީލަމުގައި ބައިވެރިވުމަށް ފުރިހަމަ ވާންޖެހޭ މުހިންމު ޝަރުތުތައް:

  • މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް އިން ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށްވުން.
  • މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގައި ޖީ.އެސް.ޓީ އައް ރެޖިސްޓްރީ ވެފައިވާ ފަރާތަކަށްވުން.
  • ފާއިތުވެދިޔަ ހަމަހުގެ މީރާ ޓެކްސް ކުލިޔަރެންސް ރިޕޯޓް އޮތް ފަރާތަކަށްވުން.

 

 

ޕްރީބިޑް މީޓިންގް ބޭއްވުމަށް ހަމަޖެހިފައިވަނީ 19 ޖަނަވަރީ 2022 ވާ ބުދަ ދުވަހު 11:30 ގައެވެ. އަދި ބިޑް ހުށައަޅަން ހަމަޖެހިފައިވާ ތާރީޚަކީ27 ޖަނަވަރީ 2022 ވާ ބުރާސްފަތި ދުވަހު 11:30 އެވެ. މައުލޫމާތު ދިނުމާއި އަގު ހުށައެޅުން އޮންނާނީ އެމް.ޑަބްލިއު.އެސް.ސީ ކަސްޓަމަރ ސާރވިސް ބިލްޑިންގް 6 ވަނަ ފަންގިފިލާގައެވެ.

 

އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ވިޔަފާރި ހުއްދައޮތް ފަރާތްތަކަށް އެކަންޏެވެ. އަދި އަގު ހުށަހަޅުއްވާއިރު އަގު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑު ކޮޕީ، އަދި އަގު ހުށައަޅުއްވާ ކުންފުނީގެ ރަޖިސްޓްރީ އަދި ޖީ.އެސް.ޓީ ސެޓްފިކެޓްގެ ކޮޕީއަދި ފާއިތުވި ހަމަހުގެ ޓެކްސް ކްލިއަރަންސް ރިޕޯޓް ބިޑާއި އެއްކޮށް ހުށަހަޅަން ވާނެއެވެ.

 

 

ލޯކަލް ޕްރޮކިއުމެންޓް ޑިޕާޓްމަންޓް

16 ޖަނަވަރީ 2022