ދެންނެވުން
ނަންބަރު: 2022/3
ޕަބްލިޝްކުރި ތާރީޚް: 16 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 15:19
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޮވިޑް-19 އަށް ފައްސިވާ މީހުންނާ ކޮންޓެކްޓްވާ ސިވިލް ސަރވިސްގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް ހަމަޖެއްސުން
ސިވިލް ސަރވިސްގެ މުވައްޒަފުންގެ ތެރެއިން، ކޮވިޑް-19 އަށް ފައްސިވާ މީހުންނާ ކޮންޓެކްޓް ވާ ސިވިލް ސަރވިސްގެ މުވައްޒަފުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރު (IUL)23-L/452/2022/1 (ކޮވިޑް-19 އަށް ފައްސިވާ މީހުންނާއި ފައްސިވާ މީހުންގެ ކޮންޓެކްޓުން އެކެހެރިކުރާ އަދި ކަރަންޓީނުކުރާ މުއްދަތަށް ބަދަލު ގެނައުން) އިޢުލާނުގައިވާ މުއްދަތަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމު ސިވިލް ސަރވިސްގެ އިދާރާތަކުން ހަމަޖައްސައި އަދި ސިވިލް ސަރވިސްގެ މުވައްޒަފުން އިސްވެ ދެންނެވުނު އިޢުލާނުގައިވާ މިންގަނޑުތަކާއި އެއްގޮތަށް ޢަމަލުކުރުމަށް ދެންނެވީމެވެ. މި ސަރކިއުލަރއާ އެކު އިސްވެ ދެންނެވުނު އިޢުލާނު އެއްކަރުދާސްކުރީމެވެ.
16 ޖަނަވަރީ 2022