ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)120-A/1/2022/2
ޕަބްލިޝްކުރި ތާރީޚް: 16 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 14:06
ސުންގަޑި: 27 ޖަނަވަރީ 2022 12:00
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2022 ވަނަ އަހަރުގެ މެއި/ޖޫން ކެމްބްރިޖް އައިޖީސީއެސްސީ އަދި އެސްއެސްސީ އިމްތިޙާނުގެ ލޭޓް އެންޓްރީ އެޕްލިކޭޝަން ފޯމް ދޫކުރުމާބެހޭ

 

 (IUL)120-A/1/2022/2 :ނަމްބަރު

                        އިޢުލާން

 

2022 ވަނަ އަހަރުގެ މެއި/ޖޫން ކެމްބްރިޖް އައިޖީސީއެސްސީ އަދި އެސްއެސްސީ އިމްތިޙާނުގެ ލޭޓް އެންޓްރީ އެޕްލިކޭޝަން ފޯމް ދޫކުރުމާއި ބެހޭ: 

2022 ވަނަ އަހަރުގެ މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އައިޖީސީއެސްސީ އަދި އެސްއެސްސީ އިމްތިޙާނުގެ ލޭޓް އެންޓްރީ އެޕްލިކޭޝަން ފޯމް ދޫކުރުމާއި ފައިސާ ބަލައިގަތުން 2022 ޖެނުއަރީ 16 އިން 27 ވަނަ ދުވަހުގެ   12:00 ގެ ނިޔަލަށް މިޑިޕާޓްމަންޓުން ކުރިއަށް ގެންދާނެއެވެ.

އެޕްލިކޭޝަން ފޯމް މި ޑިޕާޓްމަންޓް ގެ ކައުންޓަރުންނާއި (ހ.އަސްރަފީވިލާ، ދެވަނަ ފަންގިފިލާ، މަޖީދީމަގު) އަދި ވެބްސައިޓް www.dpe.edu.mv  އިން ލިބެން ހުންނާނެއެވެ. އޮންލައިންކޮށް އެޕްލިކޭޝަން ފުރާނަމަ މެއިލް ކުރާނީ [email protected]  އަށެވެ. އަދި ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށެވެ.

ފޯމު ދޫކުރުމާއި، ފޯމު ޗެކު ކުރުމާއި، ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 0830 އިން 1330 އަށެވެ. ފޯމު ހުށަހަޅުއްވާ އިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ގެންނެވުން އެދެމެވެ.

* ނޯޓް:2022  މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އޯލެވެލް އާ އެސް.އެސް.ސީ އިމްތިހާނުގައި ހަޔަރ ލޭޓް އެންޓްރީ ނޯންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

13 ޖުމާދަލްއާޚިރާ   1443

16 ޖަނަވަރީ     2022

16 ޖަނަވަރީ 2022