ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)328-RM/328/2022/02
ޕަބްލިޝްކުރި ތާރީޚް: 16 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 13:03
ސުންގަޑި: 27 ޖަނަވަރީ 2022 00:00
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ފުރުޞަތު

 ބީލަން ހުށަހެޅުމުގެ ފުރުޞަތު  

         ޅ. ކުރެންދޫ ފުޓްބޯޅަ ދަނޑުގެ ވަށާފާރު ރޭނުމާއި، ފެންސް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

         ފުޓްބޯޅަ ދަނޑުގެ ވަށާފާރު ރޭނުމާއި، ފެންސް ޖެހުމުގެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢްލޫމާތު ސާފުކުރުން އޮންނާނީ ޕްރީ ބިޑް މީޓިންގގައެވެ. ޕްރީ ބިޑް މީޓިންގ އޮންނާނީ 31 ޖެނުއަރީ 2022 ވާ ހޯމަ ދުވަހުގެ 11:00ގައި މިއިދާރާގައެވެ.

         ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 27 ޖެނުއަރީ 2022ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން، ނުވަތަ، އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މެއިލް މެދުވެރިކޮށް ފޮނުއްވާނީ [email protected] އަށެވެ.

ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ހިމަނަންޖެހޭ މަޢުލޫމާތު:  

1-   އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

2-   ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ނަން

3-   ގުޅޭނެ ފޯނު ނަންބަރު

4-   އީމެއިލް އެޑްރެސް

5-    މެއިލް ފޮނުވާ ފަރާތުގެ ނަމާއި ޙައިސިއްޔަތު

ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ރަޖިސްޓްރީގެ ސާފު ފޮޓޯކޮޕީއަކާއި، ޕްރީ ބިޑް މީޓިންގގައި ބައިވެރިވެލައްވާ ފަރާތުގެ އައިޑެންޓިޓީ ކާޑްގެ ސާފު ފޮޓޯކޮޕީއެއް މެއިލްގައި އެޓެޗް ކުރަންވާނެއެވެ.

 

         އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 13 ފެބްރުއަރީ 2022ވާ އާދީއްތަ ދުވަހުގެ 11:00 ގައި މިއިދާރާ ގައެވެ. ޕްރީ ބިޑް މީޓިންގގައި ބައިވެރި ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

         އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން، މިއިދާރާއަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 7773649 ނަމްބަރާ ނުވަތަ 6620456 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

         މިހެންވެ މިކަން ޢާއްމު އަންގާ އިޢްލާން ކުރީމެވެ.

         13 ޖުމާދަލްއާޚިރާ 1443

         16 ޖެނުއަރީ 2022

16 ޖަނަވަރީ 2022