ދިވެހިރާއްޖެ
މިމަރުކަޒުގެ ނަމްބަރ (IUL)GS17/2021/049 އިޢުލާނާއި ގުޅިގެން ހުށަހެޅި ބިޑުތައް އަގުބޮޑުކަމުން އެއިޢުލާން ބާތިލްކޮށް އަލުން ބިޑު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.
1. 2022ވަނަ އަހަރަށް މިސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
2. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 16 ޖަނަވަރީ 2022 ން 19 ޖަނަވަރީ 2022 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 16 ޖަނަވަރީ 2022 ން 19 ޖަނަވަރީ 2022 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
4. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2022 ޖަނަވަރީ 20 ވާ ބުރާސްފަތި ދުވަހުގެ 10:00ގައި މިމަރުކަޒުގެ އިދާރީ އޮފީހުގައެވެ.
5. ބިޑް ހުޅުވުން އޮންނާނީ 2022 ޖަނަވަރީ 24 ވާ ހޯމަ ދުވަހުގެ 10:00 ގައި މިމަރުކަޒުގެ އިދާރީ އޮފީހުގައެވެ.
6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިޢިއުލާނައިއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
7. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ލ.އަތޮޅު ތަޢުލީމީ މަރުކަޒު
ސިރާޖުއްދީންމަގު، ފޮނަދޫ، ދިވެހިރާއްޖެ.
ފޯން: 6800013
އީ-މެއިލް: [email protected]
ކޮޕީ އީމެއިލް: [email protected]