ވަޒީފާގެ ފުރުޞަތު
ނަންބަރު: KFC/HR/2022/002
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 07:02
ސުންގަޑި: 20 ޖަނަވަރީ 2022 14:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ކޭޝިއަރ

ނަމްބަރ : 002/KFC/HR/2022

ވަޒީފާގެ ފުރުޞަތު

މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު

  ކޭޝިއަރ

ބޭނުންވާ ޢަދަދު

  1 ( އެކެއް )

ވަޒީފާގެ ބާވަތް

  ކޮންޓްރެކްޓް، 01 އަހަރު ދުވަހުގެ މުއްދަތަށް

ވަޒީފާ އަދާކުރަންޖެހޭ ތަން:

  ދެއްވަދޫ އައިސްޕްލާންޓް / ފިޝް ޕްރޮކިޔުމަންޓް އެންޑް ލޮޖިސްޓިކް ޑިޕާޓްމެންޓް

މުސާރަ:

8401.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  • ކޮއްތު ފައިސާގެ ގޮތުގައި ދުވާލަކަށް 60 ރުފިޔާ ދެވޭނެއެވެ.
  •  އިތުރުގަޑީގައި ނުވަތަ ބަންދު ދުވަހެއްގައި  މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑިއާ، ބަންދު ދުވަހުގެ ފައިސާ ދެވޭނެއެވެ.

ޝަރުޠު:

  • ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން " ޑީ " ފާސް ލިބިފައިވުމުގެ އިތުރުން ސެކަންޑަރީ ސެޓްފިކެޓް އިމްތިހާނުގައި " ދިވެހި " މި މާއްދާއިން ދަށްވެގެން " ސީ " ފާސް ލިބިފައިވުން ނުވަތަ މަޤާމާއި ގުޅޭ ދާއިރާއެއްގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • އައިސްޕްލާންޓް މުވައްޒަފުންގެ ޑިއުޓީ ރޯސްޓަރ ތައްޔާރުކޮށް ޑިއުޓީތައް  ހަމަޖެހިފައިވާގޮތް މުވައްޒަފުންނަށް އެންގުން.
  • އައިސްޕްލާންޓް މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ކަންތައް ބެލެހެއްޓުން، މިގޮތުން މެސެޖް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި ތަނަށް ދަތިނުވާނެހެން މުވައްޒަފުން ޗުއްޓީ ފޮނުވުމުގައި ޒިންމާ ނެގުން.
  • މަސައްކަތުގެ މާހައުލުގައި އައިސްޕްލާންޓް މުވައްޒަފުންގެ އަޚްލާގު ރަނގަޅު ކުރުމަށް މަސައްކަތް ކުރުން، މިގޮތުން  ފަރުވާކުޑަ މުވައްޒަފުންބަލައި ނަސޭޙަތް ދިނުމާއި އިސްލާޙްނުވާ މުވައްޒަފުން ބަލައި ރިޕޯރޓްކުރަންޖެހޭ ފަރާތްތަކަށް ރިޕޯރޓް ކުރުން.
  • ކޮންމެ ދުވަހަކުވެސް ރޭވިފައިވާ މަސައްކަތު ޕްލޭނާއި އެއްގޮތަށް މަސައްކަތް ކުރިޔަށް ގެންދިއުން.
  • ޑެއިލީ ރިޕޯޓް، ވީކްލީ ރިޕޯޓް، އޯޓީ ރިޕޯރޓް އަދި މަންތްލީ ރިޕޯޓްތައް ކަނޑައެޅިފައި އޮންނަ ތާރީޚުތަކަށް ނިންމާ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  • އައިސްޕްލާންޓްގައި މަސައްކަތްކުރާ މުވައްޒަފުންގެ ޙާޟިރީ ދުވަހުން ދުވަހަށް ބަލައި ޗެކްކޮށް ކޮންމެ މަހެއްގެ 26 ވަނަ ދުވަހުގެ ކުރިން ކޫއްޑޫ އެޗް އާރް ޑިޕާރޓްމެންޓަށް ހުށައަޅަން ވާނެވެ.
  • ކުންފުނިން ކަޑައަޅާފައިވާ ފައިސާ ގެންގުޅުމާއި ބެލެހެއްޓުމުގެ އުސޫލުތަކާއި އެއްގޮތައް އައިސްޕްލާންޓުގެ ފައިސާގެ ކަންތައްތައް ބަލަހެއްޓުން.
  • އައިސް ހަދަމުން ދާއިރު ނުވަތަ ޕްލާންޓް ހިންގާފަ ހުންނަ ވަގުތުގައި ކޮންޓެއިނާގައި އެންމެ އެކަށީގެންވާ ގޮތެއްްގައި އައިސް ޖެހޭނެ ފަދަ ގޮތަކަށް އައިސް ފެތުރުމަށް ސަމާލުކަން ދިނުން.
  • ޑެއިލީ އަދި މަންތްލީކޮށް ތައްޔާރުކުރަން ޖެހޭ ރިޕޯރޓްތައް ތައްޔާރުކޮށް ރިޕޯރޓް ކުރަންޖެހޭ ފަރާތްތަކަށް ލަސްނުކޮށް ފޮނުވުން.
  • އައިސްޕްލާންޓަށް ބޭނުންވާ ތެލާއި، މެޓީރިއަލްސް އަދި އޭގެ ސްޓޮކް ބަލަހައްޓައި ބޭނުންވާ މެޓީރިއަސްތަކާއި ތެލަށް، އައިސްޕްލާންޓް ހިންގުމާއި ހަވާލުވެހުންނެވި ވެރިއެއްގެ ލަފާގެ މަތިން ލަސްނުކޮށް އޯޑަރު ކުރުން.
  • އައިހާއި، ބޮނެފެނެ އަދި ކުންފުނިން އައިސްޕްލާންޓްގައި ވިއްކާ އެހެނިހެން އުފެއްދުންތަކުގެ ސްޓޮކް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • އައިސް ޕްލާންޓްގެ ޑެއިލީ ސޭލްސް، ފިއުލް ކޮންސަންޕްޝަން އަދި ސްޓޮކް ބެލެންސް އެންމެ ލަސްވެގެން ޖެހިގެން އަންނަދުވަހުގެ ހެދުނު 8:30 ގެ ކުރިން ފޮނުވުން.
  • ރަސްމީ ކަންތަކުގައި ފޮނުވަންޖެހޭ އީމެއިލްތަކާއި، ރޭޑިއޯ މެސެޖް އަދި އެހެނިހެން ލިޔެކިޔުންތައް ފޮނުވުމާއި، ލިޔެކިޔުން ފައިލް ކުރުން.
  • އައިސްޕްލާންޓަށް ލިބޭ ފައިސާ ރައްކާތެރިކަމާއެކު ބެލެހެއްޓުން. އަދި ފައިސާ އައިސްޕްލާންޓްގައި ގިނަނޮކޮށް ވީއެންމެ އަވަހަކަށް ކޫއްޑޫއަށް ފޮނުވުން.
  • އައިސް ޕްލާންޓަށް އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ ވަގުތުން އައިސްޕްލާންޓް ހިންގުމާއި ހަވާލުވެހުންނެވި ވެރިއަކަށް އެކަން އެންގުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއިއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).
  • ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
  • ޕޮލިސްރިޕޯޓް.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • އެޕްލިކޭޝަން ހުށަހަޅާނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ހިއުމަން ރިސޯސް ޑިޕާޓްމެންޓަށެވެ.
  • އީމެއިލް ކުރައްވާނީ  [email protected]އަށެވެ.
  • ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 20 ޖަނަވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 އެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.
 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އަދި މިމަޤާމަށް ހޮވޭ ފަރާތަށް މަސައްކަތާއި ގުޅުންހުރި މަޢުލޫމާތާއި ޓްރެއިނިންގ އަދި  އޮރިއެންޓޭޝަން ދިނުން އޮންނާނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް. ގއ. ކޫއްޑޫގައެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7787186/7943030 ފޯނަށް ގުޅުއްވުން އެދެމެވެ.

15 ޖަނަވަރީ 2022