ވަޒީފާގެ ފުރުޞަތު
ނަންބަރު: 001KFC/HR/2022/
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 06:53
ސުންގަޑި: 20 ޖަނަވަރީ 2022 14:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޖޫނިއަރ އޮފިސަރ

ނަމްބަރ :  001/KFC/HR/2022

 

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު

 ޖޫނިއަރ އޮފިސަރ

ބޭނުންވާ ޢަދަދު

 1 ( އެކެއް )

ވަޒީފާގެ ބާވަތް

 ވަގުތީ ( ކޮންޓްރެކްޓް 01 އަހަރު ދުވަސް )

ވަޒީފާ އަދާކުރަންޖެހޭ ތަން:

 އެފް.ޕީ.އެލް.ޑީ - އޮފީސް / ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް

މުސާރަ:

8401.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  • އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުޠު:

  • ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން " ޑީ " ފާސް ލިބިފައިވުމުގެ އިތުރުން ސެކަންޑަރީ ސެޓްފިކެޓް އިމްތިހާނުގައި " ދިވެހި " މި މާއްދާއިން ދަށްވެގެން " ސީ " ފާސް ލިބިފައިވުން ނުވަތަ މަޤާމާއި ގުޅޭ ދާއިރާއެއްގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

 

  • ކޮންމެ ދުވަހަކު ހެދުނު  ބޯޓުފަހަރާއި ގުޅުމަށްފަހު، ފޮނުވަންޖެހޭ ޑެއިލީ ރިޕޯރޓްތައް  09:00 ގެ ކުރިން އޮޕަރޭޝަންއާއި ، އެކައުންޓްސް އަށް ފޮނުވުން
  • ކޫއްޑޫ ބޯޓުފަރާއި ޖެޓީއަށް ކިރާމަަސްދޯނިފަހަރު  އަދި އައިސް ރިޕޯޓް ހެދުމަށްފަހު އެކައުންޓްސް އަދި އޮޕަރޭޝަންސް އަށް ފޮނުވުން.
  • ބޯޓުފަހަރަށް ފޮނުވަންޖެހޭ ރޭޑިއޯ މެސެޖްތައް ވަގުތުން ވަގުތައް ބޯޓުފަހަރަށް ފޮނުވުން .
  • އަދި ބޯޓްފަހަރު ތަކުން ފޮނުވާ ރޭޑިއޯ މެސެޖްތައް ރިސީވްކޮށް ފޮނުވަންޖެހޭ ފަރާތް ތަކަށް ފޮނުވުމާއި ފައިލްކޮށް ރިކޯރޑު ބެލެހެއްޓުން.
  • ފެކްޓްރީގެ ކޮލިޓީ އޯޑިޓް އަހަރުގެ އެކިދުވަސްތަކުގައި ކުރަންޖެހޭތީވެ، ތަނުގެ ސާފުތާހިރުކަމާއި މެއިންޓެނެންސް ޕްރޮސީޖިއަރ އާއި އެއްގޮތަށް އެސްޓެންޑަރޑް ތެރޭގައި ހިފެހެއްޓުމަށް އަބަދުވެސް މަސައްކަތް ކުރުން.
  • ކޫއްޑޫގައި ކުރެވޭ އެހެނިހެން މަސައްކަތްތަކަށް، އެހީތެރިކަން ދޭންޖެހިއްޖެ ހާލަތްތަކުގައި އެހީތެރިކަން ދިނުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

  • އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއިއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).
  • ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
  • ޕޮލިސްރިޕޯޓް.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • އެޕްލިކޭޝަން ހުށަހަޅާނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ހިއުމަން ރިސޯސް ޑިޕާޓްމެންޓަށެވެ.
  • އީމެއިލް ކުރައްވާނީ  [email protected]އަށެވެ.
  • ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 20 ޖަނަވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 އެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.
 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އަދި މިމަޤާމަށް ހޮވޭ ފަރާތަށް މަސައްކަތާއި ގުޅުންހުރި މަޢުލޫމާތާއި ޓްރެއިނިންގ އަދި  އޮރިއެންޓޭޝަން ދިނުން އޮންނާނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް. ގއ. ކޫއްޑޫގައެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7787186/7943030 ފޯނަށް ގުޅުއްވުން އެދެމެވެ.

15 ޖަނަވަރީ 2022