ކުއްޔަށް ހިފުން
ނަންބަރު: (IUL)199-GAS/199/2022/3
ޕަބްލިޝްކުރި ތާރީޚް: 13 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 14:45
ސުންގަޑި: 25 ޖަނަވަރީ 2022 11:00
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
އިމާރާތެއް ކުއްޔަށް ހިފުމާއި ގުޅޭ

އިމާރާތެއް ކުއްޔަށް ހިފުމާއި ގުޅޭ

     މި އެޖެންސީގެ ފްރަންޓް އޮފީސް ކައުންޓަރެއް ހެދުމަށް މާލެއިންނާއި، ހުޅުމާލެ ފޭސް އެކަކުން 800 އަކަފޫޓަށްވުރެ ކުޑަނޫން ތަނެއް ކުއްޔަށް ހިފުމަށް 28 ޑިސެންބަރު 2021 ގައި ކުރެވުނު ނަންބަރު (IUL)199-GAS/199/2021/77 އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައެއްނުވެއެވެ. ވީމާ އެ އިޢުލާނު ބާޠިލްކޮށް އަލުން އިޢުލާނުކުރަމެވެ.

މި އެޖެންސީގެ ފްރަންޓް އޮފީސް ކައުންޓަރ ހެދުމަށް މާލެއިން 800 އަކަފޫޓަށްވުރެ ބޮޑުތަނެއް އަދި ހުޅުމާލެ ފޭސް އެކަކުން 800 އަކަފޫޓަށްވުރެ ބޮޑުތަނެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

                   މިތަނާއިގުޅޭ މަޢުލޫމާތު ކަރުދާހެއް މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ. އަދި މި އެޖެންސީގެ ވެބްސައިޓްwww.nspa.gov.mv  ގައި ޝާއިޢު ކުރެވިފައި ވާނެއެވެ.

                  ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ ތިރީގައިވާ ގަޑިތަކުގައި މި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 25 ޖަނަވަރީ 2022 ގައި މި އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.  

ތަފްޞީލު

ތާރީހް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

19 ޖަނަވަރީ 2022  

ބުދަ

11:00

އަންދާސީހިސާބު ހުށަހެޅުން

25 ޖަނަވަރީ  2022

އަންގާރަ

11:00

# މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާނީ މޫކައި ސުއިޓްސް 4ވަނަ ފަންގިފިލާ (މ.ސަކައިމޫ) ގެ މީޓިން ރޫމްއަށް

# އަންދާސީހިސާބު ހުށެހެޅުމަށް ވަޑައިގަންނަވާނީ މޫކައި ސުއިޓްސް 4ވަނަ ފަންގިފިލާ (މ.ސަކައިމޫ) ގެ މީޓިން ރޫމްއަށް

13 ޖަނަވަރީ 2022