މަސައްކަތް
ނަންބަރު: (IUL)290/290/2022/5
ޕަބްލިޝްކުރި ތާރީޚް: 13 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 14:06
ސުންގަޑި: 23 ޖަނަވަރީ 2022 11:00
މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގަބުރުސްތާނު ނޮޅާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

ޤަބުރުސްތާނު ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ނ.މާފަރު ގަބުރުސްތާނު ސަރަހައްދުން، 160 ފޫޓު ދިގު، 20 ފޫޓު ފުޅާ މަގަކާއި، 50 ފޫޓާއި، 60 ފޫޓުގެ ބިމެއް ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

މަސައްކަތުގެ ތަފްޞީލް:

  •  މި މަސައްކަތް ހަވާލުކުރުމަށް ނިންމާފައިވަނީ، މި މަސައްކަތް ކުރުމާއި ގުޅޭގޮތުން ދެފަރާތުން ވެވޭ އެއްބަސްވުމުގައި ސޮއި ކުރާ ތާރީހުން ފެށިގެން 1 އަހަރު ދުވަހުގެ މުއްދަތަށެވެ.
  • ބިންސާފުކުރުމުގައި އެއްވެސް ބާވަތެއްގެ ކެމިކަލް އެއް ބޭނުންކޮށްގެން ނުވާނެއެވެ.
  • ބިން ސާފުކުރުމަށްފަހު ނެގޭ ކުނިތައް ކުނިގޮނޑު ސަރަހައްދަށް ގެންދަންވާނެއެވެ. އަދި މިގޮތަށް އެޅޭ ކުނިތައް އަޅަންވާނީ ކުނިއުކާލުމަށް ކައުންސިލުން ކަނޑައަޅާފައިވާ ގަޑިތަކުގައި ކުނިގޮނޑަށެވެ. (ކުނިއުކާލުމަށް ހަމަޖައްސާފައިވާ ގަޑިތަކަކީ ކޮންމެ ހަފްތާއެއްގެ ހުކުރު އަދި އަންގާރަ ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ 15:30 ން ހަވީރު 5:30 އަށެވެ)
  • އަބަދުވެސް ބިން އޮންނަންވާނީ ވިނަ ނޮޅާ ސާފުކޮށްފައެވެ.

އަންދާސީ ހިސާބު ހުށަހެޅުން

މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، 23 ޖެނުއަރީ 2022 ގެ 11:00 ގެ ކުރިން މި އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅާނީ އެކަމަށް ޙާއްޞަކުރެވިފައިވާ ފޯމުންނެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

އިތުރު މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންފުޅުވާނަމަ، ތިރީގައިވާ އީ މެއިލް އަށް މެއިލް ކުރެއްވުން ނުވަތަ ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ.

އީމެއިލް: [email protected]

ފޯނު ނަމްބަރު: 6560005

 

 

 

އެންމެ އެކަށީގެންވާ ފަރާތެއް ކަނޑައެޅުން:

މާކްސް ދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

 

ތަފްޞީލް

 

ފޯމިއުލާރ

 

 

 

 

 

އަގު

 

 

 

 

 

%90

ޚިދުމަތުގެ އަގަށްދޭ މާކްސް

  މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުވޭޝަނުން ފާސްވާ ފަރާތްތަކުން އެންމެ ކުޑަ އަގަކީ، ބެންޗްމާކް އެއްކަމުގައި ބަލައިގެން، ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

 މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށެވެ.

 

 

 

(Benchmark Price / Submitted Price ) x Allocated Percentage

 

 

 

 

ތަޖުރިބާ

 

 

 

 

10%

ފާއިތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ އިދާރާއަކުން އިޢުލާންކޮށްގެން ކޮށްދީފައިވާ މިފަދަ މަސައްކަތްތައް ކޮށްފައިވާ ކަމުގެ ލިޔުމަށް ބަލައި، މަސައްކަތާއި ގުޅުންހުރި، ކޮންމެ ޕްރޮޖެކްޓަރަށް 1 ޕޮއިންޓް 2 ލިޔުން ނުވަތަ އެއަށްވުރެ އިތުރަށް ލިޔުން ހުށަހަޅާ ފަރާތްތަކަށް މި ބަޔަށް ފުލްކޮށް ޕޮއިންޓް ދެވޭނެއެވެ.

 ޖޫރިމަނާވެފައިވާ ނުވަތަ މަސައްކަތް ކުރުމުގައި ނިންމުމުގައި ފަރުވާކުޑަ ކޮށްފައިވާ ލިޔުންތަކާއި، އަމިއްލަ ފަރާތްތަކަށް ކޮށްދީފައިވާ މަސައްކަތުގެ ލިޔުންތަކަށް ޕޮއިންޓެއް ނުދެވޭނެއެވެ.

 

 

 

 

 

(Submitted years of Experience / Benchmark years ) x Allocated Percentage

 

13 ޖެނުއަރީ 2022

13 ޖަނަވަރީ 2022