ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)333/333/2022/2
ޕަބްލިޝްކުރި ތާރީޚް: 12 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 15:02
ސުންގަޑި: 19 ޖަނަވަރީ 2022 14:00
މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތު މަސައްކަތު މީހުންގެ ޕޫލް އެކުލަވާލުމަށް

އިޢުލާން

މިރަށުގެ މިސްކިތްތަކުގެ މަސައްކަތު މުވައްޒަފަކަށް ދިމާވާ ހާލަތަކާއި ގުޅިގެން (ވަކިވުން، ޕޭލީވް/ނޯޕޭލީވް، އަހަރީ ޗުއްޓީ، އާއިލީ ޒިންމާ ޗުއްޓީ، ސަލާމް ޗުއްޓީ) މަސައްކަތަށް ނުނިކުމެވޭ ގޮތް މެދުވެރި ވެއްޖެ ހިނދެއްގައި ވަގުތީގޮތުން މި މަޤާމްގެ މަސައްކަތް ކުރުމަށް 1 އަހަރުދުވަހުގެ މުއްދަތަށް އެކުލަވާލެވޭ ވޭޖް ޕޫލްގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ޝައުޤުވެރިވާ ފަރާތްތަކަށް އާއްމުކޮށް ހުޅުވާލަމެވެ.

މަޤާމް :

މަސައްކަތު (ވޭޖްޕޫލް)

ބޭނުންވާ ޢަދަދު :

05

މަޤާމުގެ ބާވަތްތާއި  މުއްދަތު:

ވޭޖް އެމްޕްލޯއިމަންޓް އުސޫލުން 01 އަހަރަށް

ވަޒީފާ އަދާ ކުރަންޖެހޭ ތަން : 

ކ. ތުލުސްދޫގެ 2 މިސްކިތް (ކައުންސިލުން ހަވާލުކުރާ މިސްކިތެއްގައި)

މަސައްކަތުގެ އުޖޫރަ:

މަސައްކަތް ކުރާ ގަޑިއަކަށް -/45 ރުފިޔާ (މަސައްކަތުގެ އުޖޫރަކަނޑައެޅިފައިވާނީ މިސްކިތު މުވައްޒަފުންގެ ރަސްމީ ގަޑިއަކީ ނަމާދު ވަގުތައް ކަމަށްބަލައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް.)

މަސައްކަތް ކުރަންޖެހޭ ގަޑީގެ އަދަދު:

ދުވާލަކު 5 ގަޑިއިރު ހަފްތާގެ 7 ދުވަސް

މަޤާމުގެ ޝަރުޠުތައް:

  1. ލިޔަން ކިޔަންދަންނަ މަސައްކަތުގައި ގިނަވަގުތު އުޅެވޭ މީހަކު ކަމުގައިވުން
  2. (18 އަހަރު ފުރި 60 އަހަރު ފުރިފައިނުވުން)

މަޤާމުގެ މަސްޢޫލިއްޔަތު:

1-      ކޮންމެނަމާދުވަގުތެއްގެ 30 މިނިޓް ކުރިން މިސްކިތައްގޮސް މިސްކިތާއި ވަޅުދޮށް، އިސްކުރުބަރިއާއި ފާޚާނާ ސާފުކުރަންވާނެއެވެ. އަދި ނަމާދުކޮށްނިމުމުން 30 މިނިޓް މަޑުކޮށް ކުރަން ހުރި މަސައްކަތްކުރުން.

2-      ކޮންމެ ނަމާދު ވަގުތެއްގެ 30 މިނިޓު ކުރިން ނަމާދަށް މިސްކިތް ތައްޔާރުކުރުމުގެ ގޮތުން މިސްކިތުގެ ދޮރުތައް ހުޅުވުމާއި، ތަޅުންމަތި ސާފުކޮށް ލައިޓުތައް ދިއްލުމާއި ފަންކާ ޖެހުން އަދި ނަމާދުކޮށް ނިމިގެން މިސްކިތުން މީހުން ފޭބުމުން، ފަންކާތަކާއި ލައިޓުތައް ނިއްވައި ދޮރުތައް ލެއްޕުން

3-         މިސްކިތް ފޮޅާ ސާފުކޮށް ވަޅުދިޔަހިއްކުމާއި މިސްކިތް ސާފުކުރުމާއިބެހޭ ހުރިހާ ކަމެއްކުރުން. (ވަޅުދިޔަހިއްކާނީ މަހަކު 1 ފަހަރު ނުވަތަ ހަޑިވުމުން) އަދި ދޭތެރެދޭތެރެއިން ފުރާޅުގެ ދިޔަދޮވި ސާފުކުރުން.

4-        ފާޚާނާއާއި އިސްކުރުބަރި ދޮވެ ސާފުކޮށް ބެލެހެއްޓުމާއި، މިސްކިތުގެ ގޯތިތެރެއާއި މިސްކިތާއި އިންވެގެން ހުންނަ މަގުތައް ކުނިކަހާ  ވިނަނޮޅާ ކުނި  އުކާލުމުގެ  މަސައްކަތް ކުރުން ، އަދި މީގެ އިތުރުން މިސްކިތުގައި ކުރަންޖެހޭ ކުދިކުދި މަރާމާރުތައް ކުރުން (މިސާލަކަށް ފެންއިސްކުރު ބަދަލުކުރުން، ފަންކާ ބޮކި ހޮޅިބުރި އެނދުމުން ބަދަލުކުރުން،  މިސްކިތުގެ ފާރު ނުވަތަ މިސްކިތުގެ  އިންފާރުން ހަޑިވާ ތަންތަން ދޮވެ ދަވާދު،ކުލަލާ  ހެދުން  މިފަދަ އެކިއެކި ކުދިކުދި މަރާމާތުތައް ކުރުން)

5-      އިމާމު/މުދިމު އަންގާގޮތެއްގެ މަތިން ބިއްލޫރި ލެވިފައިވާ ތަންތަނާއި،ހޮޅިބުރި ފަންކާ ކަބަޑުތައް ފޮޅާސާފުކުރުމުގެ މަސައްކަތް ކުރުން، އަދި ހޮޅިބުރިތަކާއި، ފަންކާތައް އޮފީހުން ހަމަޖައްސާ އުޞޫލަކުން ދިއްލާ ނިއްވުން.       

6-      މިސްކިތައް ލިބެމުންދާ ގެއްލުންތައް ޤަވާޢިދުން އިމާމު/މުދިމް އަށާއި، ރަށު ކައުންސިލް އިދާރާ އަށް  އަންގަމުން ގެންދިއުމާއި، ރަށުކައުންސިލް  އިދާރާއިންނާއި އިމާމު/މުދިމު ހަމަޖައްސާ ގޮތެއްގެ މަތިން މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދާ ގަސްތައްކޮށާ، ގަސްތަކަށް ފެންދީ ބެލެހެއްޓުން.                                   

7-      ހިރަފުސް ދުވަސްވަރެއްގައި އިދާރާއިން އަންގައިފި ހިނދެއްގައި ގޯތިތެރެއަށް ފެންޖެހުން.

8-      މިސްކިތް ބެލެހެއްޓުމާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތް ކުރުން              

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1-      ވޭޖްޕޫލްގައި ބައިވެރިވުމަށް އެދި މިއިދާރާއިން ދޫކުރާ ފޯމް.

2-      ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއިއެކު)

3-      ވަޒީފާއަށްއެދޭ ފަރާތުގެ މުއްދަތުހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާރޑްގެ ކޮޕީ

4-      ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

5-      މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1-     ވަގުތަށް ނަމާދަށް ދާ މީހުން.

2-     މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ

3-     ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

ޝޯޓްލިސްޓުކޮށް އިންޓަވިއުކުރުން

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައްޝޯޓް ލިސްޓުކޮށް ބާއްވޭ އިންޓަވިއު އޮންނާނީ 23-26 ޖެނުއަރީ ދެމެދު ކ. ތުލުސްދޫ ކައުންސިލް އިދާރާގައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 ޖެނުއަރީ 2022 ދުވަހުގެ 14.00ގެ ކުރިން، މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ލިޔުންތައް އީ-މެއިލް ([email protected]  ) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

12 ޖަނަވަރީ 2022