މަސައްކަތް
ނަންބަރު: (IUL)225-ID/225/2022/3
ޕަބްލިޝްކުރި ތާރީޚް: 12 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 08:59
ސުންގަޑި: 27 ޖަނަވަރީ 2022 14:00
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ އިމްތިހާން ކުރާނެ އެގްޒަމިނަރުން ހޯދުން

މި ކައުންސިލުން ދެމުންގެންދާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ އަމަލީ އިމްތިހާން ކޮށްދޭނެ އެގްޒަމިނަރުން ބޭނުންވެއްޖެއެވެ.

ބޭނުންވާ ޢަދަދު

އަންހެން 02 (ދޭއް)

ކޮންޓްރެކްޓް މުއްދަތު

02 ( ދޭއް ) އަހަރު

އުޖޫރަ

 -   A1, A0 ކެޓަގަރީގެ އުޅަނދަކަށް 15.00 (ފަނަރަ ރުފިޔާ)

-   އެހެނިހެން ކެޓަގަރީތަކުގެ ކޮންމެ އުޅަނދަކަށް 25.00 ( ފަންސަވީސް ރުފިޔާ)

 

ޝަރުތު

-  އުމުރުން 55 އަހަރުވެފައިވާ މީހެއްކަމުގައި ނުވުން.

-  ފާއިތުވީ 05 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވަޔަލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައިނުވުން. އަދި ޖިނާއީ ކުށެއް ކޮށްފައިވާ މީހަކު ކަމުގައި ނުވުން

- ދޫކުރި ތާރީޚުން ފެށިގެން 05 އަހަރު ދުވަސްވެފައިވާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން

-  މަދުވެގެން A0,A1 ކެޓަގަރީތަކުގެ ލައިސަންސް ލިބިފައިވާ ފަރާތަކަށް ވުމާއެކު މި ކައުންސިލުން ހަމަޖައްސާ ގަޑިތަކުގައި އެކަންކުރެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ.

- މި ކައުންސިލްގައި ވަޒީފާ އަދާކުރާ މީހެއްކަމުގައި ނުވުން.

 

މަސްއޫލިއްޔަތު

  1. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ޢާއްމު ކުރައްވާފައިވާ "އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ޓެސްޓްދޭ އެގްޒަމިނަރުން ޓެސްޓް ދިނުމުގައި ޢަމަލުކުރަންވީ ގޮތް" އުޞޫލާއި އެއްގޮތަށް މި ކައުންސިލުން ދޫކުރާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ އަމަލީ ޓެސްޓްގެ ކަންކަން ކުރިޔަށް ގެންދިއުން.
  2. ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00ން މެންދުރު 12:00 އާއި ދެމެދު މި ކައުންސިލުން އަންގާ ގޮތެއްގެ މަތިން ދުއްވުމުގެ އިމްތިހާން ބޭއްވުން. 

 

ޚިދުމަތް ދޭ ގަޑި

ރަސްމީ ދުވަސްތަކުގައި ހެނދުނު 10:00ން މެންދުރު 12:00އަށް.

 

މިކަމަށް އެދި ހުށަހަޅަންވީގޮތާއި ސުންގަޑި

  2022 ޖަނަވަރީ 27 ވަނަ ދުވަހުގެ މެންދުރު 14:00ގެ ކުރިން  ސިޓީއަކުން މި ކައުންސިލަށް.

މިކަމަށް އެދި ހުށަހަޅާ ސިޓީގައި، ކަނޑައެޅިފައިވާ ގަޑިއަށް ޙާޟިރުވެވޭނެކަން ބަޔާންކުރަން ވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. 03 ( ތިނެއް ) މަސްދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް
  2. ދިވެހިރައްޔިތެންކަން އަންގައިދާ ކާޑުގެ ސާފު ކޮޕީ ( ދެފުށުގެ )
  3.  އެއްގަމު ލައިސަންސްގެ ސާފު ކޮޕީ
  4. ހުށަހަޅާ ފަރާތުގެ ވަނަވަރު
  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް 6500120 ނުވަތަ 6500092 އާއި ގުޅުއްވުން އެދެމެވެ.

އީމެއިލް ކުރައްވާނީ [email protected] އަށެވެ.

12 ޖަނަވަރީ 2022