ދިވެހިރާއްޖެ
މި ހޮސްޕިޓަލްގައި ތިރީގައި ދެންނެވިފައިވާ މަޤާމްތަކަށް ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތްކުރާނޭ ފަރާތްތައް ހޯދުމަށް ބޭނުންވެއްޖެއެވެ. މި މަސައްކަތްކުރާ ފަރާތްތަކުން ދުވާލަކު 6 ގަޑިއިރު ހަފްތާއަކު 5 ދުވަހު މަސައްކަތްކުރުމަށް ހަމަޖެހިފައިވާއިރު މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/250 ރުފިޔާގެ އެލަވަންސްއެއް ދެވޭނެއެވެ.
މަޤާމް |
ރެޑިޕް ރެސްޕޯންސް ޓީމް - ވޮލެންޓިއަރ |
ބޭނުންވާ އަދަދު |
10 (ދިހައެއް) |
މަސައްކަތް ކުރަންޖެހޭ ތަން |
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް |
މައިގަނޑު މަސްޢޫލިއްޔަތު |
ކޮވިޑް އަށް ޓެސްޓުކުރުމަށް ބޭނުންވާ ސާމްޕަލްތައް ނެގުމާއި، ފައްސިވާ ބަލިމީހުންނާއި ކަރަންޓީނުގައިވާ ފަރާތްތައް އެއްތަނުން އަނެއް ތަނަށް ގެންގޮސްދިނުމުގައި އެހީތެރިވެ އަދި ކޮވިޑާއި ގުޅިގެން ކުރަންޖެހޭ އެހެނިހެން އިދާރީ މަސައްކަތްތައް ކުރުން. |
މަޤާމުގެ ޝަރުތުތައް |
ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއިއެކު އޭގެ އިތުރުން 'ސެކްންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާންގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. |
މަޤާމް |
ރެޖިސްޓަރޑް ނަރސް |
ބޭނުންވާ އަދަދު |
15 (ފަނަރަ) |
މަސައްކަތް ކުރަންޖެހޭ ތަން |
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް |
މައިގަނޑު މަސްޢޫލިއްޔަތު |
އައްޑޫ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި އެޑެމިޓް ކުރެވޭ ބަލިމީހުންނަށް ނަރސިންގް ކެއަރ ދިނުމާއި އެއްތަނުން އަނެއްތަނަށް ޓްރާންސްފަރ ކުރަންޖެހޭ ބަލިމީހުން ޓްރަންސްފަރ ކުރުމުގެ މަސައްކަތް ކުރުން. |
މަޤާމުގެ ޝަރުތުތައް |
މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން. |
މަޤާމް |
ޑްރައިވަރ |
ބޭނުންވާ އަދަދު |
02 (ދޭއް) |
މަސައްކަތް ކުރަންޖެހޭ ތަން |
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް |
މައިގަނޑު މަސްޢޫލިއްޔަތު |
އައްޑޫ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީއަށް ގެންނަން ޖެހޭ ބަލިމީހުން ފެސިލިޓީއަށް ގެނައުމާއި އެފަރާތްތަކަށް އެހެނިހެން ސިއްހީ ހިދުމަތް ދިނުމަށް ކުރަންޖެހޭ ދަތުރުތައް ކުރުން. |
މަޤާމުގެ ޝަރުތުތައް |
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ ގަބޫލްކުރާ B2,B1 ކެޓަގަރީގެ ޑްރައިވިންގ ލައިސަންސް ހާސިލްކޮށްފައިވުން. |
މަޤާމް |
ވެހިކަލް އެސިސްޓެންޓް |
ބޭނުންވާ އަދަދު |
02 (ދޭއް) |
މަސައްކަތް ކުރަންޖެހޭ ތަން |
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް |
މައިގަނޑު މަސްޢޫލިއްޔަތު |
އައްޑޫ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީއަށް ގެންނަން ޖެހޭ ބަލިމީހުން ގެއިން/ހޮސްޕިޓަލުން ސްޓްރެޗަރއާއި ހަމައަށް ގެނައުމުގައާއި ސްޓްރެޗަރއަށް އެރުވުމާއި ބޭލުމުގައި އެހީތެރިވުން |
މަޤާމުގެ ޝަރުތުތައް |
ލިޔަން ކިޔަން އެނގުން
|
މަޤާމް |
އެޓެންޑެންޓް ( ޕޭޝަންޓް ކެއަރ) |
ބޭނުންވާ އަދަދު |
05 (ފަހެއް) |
މަސައްކަތް ކުރަންޖެހޭ ތަން |
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް |
މައިގަނޑު މަސްޢޫލިއްޔަތު |
އައްޑޫ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ބަލިމީހުންނަށާއި ޑޮކްޓަރުންނަށް އަދި ނަރުހުން ބޭނުންވެއްޖެ ހިނދެއްގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން. |
މަޤާމުގެ ޝަރުތުތައް |
ލިޔަން ކިޔަން އެނގުން |
މަޤާމް |
މެއިންޓެނެންސް އެސިސްޓެންޓް |
ބޭނުންވާ އަދަދު |
01 (އެކެއް) |
މަސައްކަތް ކުރަންޖެހޭ ތަން |
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް |
މައިގަނޑު މަސްޢޫލިއްޔަތު |
އައްޑޫ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ދިމާވާ މެއިންޓަނަންސް މަސައްކަތް ޤަވާއިދުން ބެލެހެއްޓުން. |
މަޤާމުގެ ޝަރުތުތައް |
ލިޔަން ކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއިން 01 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. |
ވީމާ، މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ މައުލޫމާތުތަކާއިއެކު ކުރިމަތިލައްވަން ބޭނުންވާ މަޤާމު ބަޔާންކޮށް ސިޓީއަކުން 15 ޖަނަވަރީ 2022 ވާ ހޮނިހިރު ދުވަހުގެ 13:00 ގެ ކުރިން [email protected]
އަށް މެއިލްކޮށްދެއްވުމަށް ދަންނަވަމެވެ.
- ލިބިފައިވާ ތައުލީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ
- ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުން
- ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ޕޮލިސް ރިޕޯޓް (3މަސްހަމަނުވާ)