ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)AEH/1/2022/16
ޕަބްލިޝްކުރި ތާރީޚް: 11 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 15:01
ސުންގަޑި: 15 ޖަނަވަރީ 2022 13:00
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
ކޮވިޑް-19 އާއި ގުޅޭ މަސައްކަތަށް ވޮލަންޓިއަރުން ހޯދުން.

މި އިޢުލާންވަނީ 11 ޖަނަވަރީ 2022 15:02 ގައި ބާތިލް ކުރެވިފައެވެ.


މި ހޮސްޕިޓަލްގައި ތިރީގައި ދެންނެވިފައިވާ މަޤާމްތަކަށް  ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތްކުރާނޭ ފަރާތްތައް ހޯދުމަށް ބޭނުންވެއްޖެއެވެ. މި މަސައްކަތްކުރާ ފަރާތްތަކުން  ދުވާލަކު 6 ގަޑިއިރު ހަފްތާއަކު 5 ދުވަހު މަސައްކަތްކުރުމަށް ހަމަޖެހިފައިވާއިރު މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/250 ރުފިޔާގެ އެލަވަންސްއެއް ދެވޭނެއެވެ.  

މަޤާމް

ރެޑިޕް ރެސްޕޯންސް ޓީމް -  ވޮލެންޓިއަރ

ބޭނުންވާ އަދަދު

10  (ދިހައެއް)

މަސައްކަތް ކުރަންޖެހޭ ތަން

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް

މައިގަނޑު މަސްޢޫލިއްޔަތު

ކޮވިޑް އަށް ޓެސްޓުކުރުމަށް ބޭނުންވާ ސާމްޕަލްތައް ނެގުމާއި، ފައްސިވާ ބަލިމީހުންނާއި ކަރަންޓީނުގައިވާ ފަރާތްތައް އެއްތަނުން އަނެއް ތަނަށް ގެންގޮސްދިނުމުގައި އެހީތެރިވެ އަދި ކޮވިޑާއި ގުޅިގެން ކުރަންޖެހޭ އެހެނިހެން އިދާރީ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުތުތައް

ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއިއެކު އޭގެ އިތުރުން 'ސެކްންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާންގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމް

ރެޖިސްޓަރޑް ނަރސް

ބޭނުންވާ އަދަދު

15 (ފަނަރަ)

މަސައްކަތް ކުރަންޖެހޭ ތަން

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް

މައިގަނޑު މަސްޢޫލިއްޔަތު

އައްޑޫ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި އެޑެމިޓް ކުރެވޭ ބަލިމީހުންނަށް ނަރސިންގް ކެއަރ ދިނުމާއި އެއްތަނުން އަނެއްތަނަށް ޓްރާންސްފަރ ކުރަންޖެހޭ ބަލިމީހުން ޓްރަންސްފަރ ކުރުމުގެ މަސައްކަތް ކުރުން.

މަޤާމުގެ ޝަރުތުތައް

މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމް

ޑްރައިވަރ

ބޭނުންވާ އަދަދު

02 (ދޭއް)

މަސައްކަތް ކުރަންޖެހޭ ތަން

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް

މައިގަނޑު މަސްޢޫލިއްޔަތު

އައްޑޫ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީއަށް ގެންނަން ޖެހޭ ބަލިމީހުން ފެސިލިޓީއަށް ގެނައުމާއި އެފަރާތްތަކަށް އެހެނިހެން ސިއްހީ ހިދުމަތް ދިނުމަށް ކުރަންޖެހޭ ދަތުރުތައް ކުރުން.

މަޤާމުގެ ޝަރުތުތައް

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ ގަބޫލްކުރާ B2,B1 ކެޓަގަރީގެ ޑްރައިވިންގ ލައިސަންސް ހާސިލްކޮށްފައިވުން.

މަޤާމް

ވެހިކަލް އެސިސްޓެންޓް

ބޭނުންވާ އަދަދު

02 (ދޭއް)

މަސައްކަތް ކުރަންޖެހޭ ތަން

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް

މައިގަނޑު މަސްޢޫލިއްޔަތު

އައްޑޫ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީއަށް ގެންނަން ޖެހޭ ބަލިމީހުން ގެއިން/ހޮސްޕިޓަލުން ސްޓްރެޗަރއާއި ހަމައަށް ގެނައުމުގައާއި ސްޓްރެޗަރއަށް އެރުވުމާއި ބޭލުމުގައި އެހީތެރިވުން

މަޤާމުގެ ޝަރުތުތައް

ލިޔަން ކިޔަން އެނގުން

 

މަޤާމް

އެޓެންޑެންޓް ( ޕޭޝަންޓް ކެއަރ)

ބޭނުންވާ އަދަދު

05 (ފަހެއް)

މަސައްކަތް ކުރަންޖެހޭ ތަން

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް

މައިގަނޑު މަސްޢޫލިއްޔަތު

އައްޑޫ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ބަލިމީހުންނަށާއި ޑޮކްޓަރުންނަށް އަދި ނަރުހުން ބޭނުންވެއްޖެ ހިނދެއްގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

މަޤާމުގެ ޝަރުތުތައް

ލިޔަން ކިޔަން އެނގުން

މަޤާމް

މެއިންޓެނެންސް އެސިސްޓެންޓް

ބޭނުންވާ އަދަދު

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް

މައިގަނޑު މަސްޢޫލިއްޔަތު

އައްޑޫ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ދިމާވާ މެއިންޓަނަންސް މަސައްކަތް ޤަވާއިދުން ބެލެހެއްޓުން.

މަޤާމުގެ ޝަރުތުތައް

ލިޔަން ކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއިން 01 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.


ވީމާ، މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ މައުލޫމާތުތަކާއިއެކު ކުރިމަތިލައްވަން ބޭނުންވާ މަޤާމު ބަޔާންކޮށް  ސިޓީއަކުން 15 ޖަނަވަރީ 2022 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން [email protected]

އަށް މެއިލްކޮށްދެއްވުމަށް ދަންނަވަމެވެ.

  1. ލިބިފައިވާ ތައުލީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ
  2. ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުން
  3. ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  5. ޕޮލިސް ރިޕޯޓް (3މަސްހަމަނުވާ)
11 ޖަނަވަރީ 2022