މުބާރާތް
ނަންބަރު: 1B-381/IUL/2022/
ޕަބްލިޝްކުރި ތާރީޚް: 11 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 13:39
ސުންގަޑި: 20 ޖަނަވަރީ 2022 14:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސަލް މުބާރާތާއި، ހޭންޑް ބޯލް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

           މިއިދާރާއިން ބާއްވާ ފުޓްސަލް މުބާރާތާއި، ހޭންޑް ބޯލް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލަމެވެ. މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ، 2022 ޖަނަވަރީ 20 ވަނަ ދުވަހުގެ 14:00 އެވެ. މުބާރާތުގައި ބައިވެރިވެވޭނީ، މުބާރާތުގެ ޤަވާއިދު ޤަބޫލުކޮށް މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ހުށައެޅުމުންނެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާއިދު، ރަސްމީގަޑީގައި މިއިދާރާގެ ކައުންޓްރުން ލިބެން ހުންނާނެއެވެ. ފޯމް ބަލައިގަންނާނީ ރަސްމީ ކޮންމެ ދުވަހެއްގެ 14:00 ކުރިން މިއިދާރާއިންނެވެ. ފޯމާއެކު ފޯމުގައި ބަޔާންކުރާ ހުރިހާ ލިޔެކިޔުމެއް ހުށައަޅަންވާނެއެވެ.

           މުބާރާތުގެ ޤަވާއިދު ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ. މުބާރާތުގެ ވަނަތައް މުބާރާތުގެ ޤަވާއިދުގައި ހިމަނާފައިވާނެއެވެ. މުބާރާތްތައް އޮންނާނީ، 2022 ފެބްރުއަރީ 04 ން ފެށިގެން 2022 ފެބްރުއަރީ 22 އާއި ހަމައަށެވެ. މުބާރާތްތަކުގެ ފައިނަލް ތާރީޚްތައް ކަނޑައަޅާނީ، މުބާރާތްތަކުގައި ބައިވެރިވާ ޓީމްތަކުގެ ޢަދަދަށް ބަލައި މެޗްތައް ތާވަލް ކުރުމަށްފަހުގައެވެ. ފުރަތަމަ ފަށާނީ ފުޓްސަލް މުބާރާތެވެ.

11 ޖަނަވަރީ 2022