ދިވެހިރާއްޖެ
މި އިޢުލާންވަނީ 11 ޖަނަވަރީ 2022 13:32 ގައި ބާތިލް ކުރެވިފައެވެ.
01 ޖަނަވަރީ 2022 އިން ފެށިގެން ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ވަކި ގަވަރނިންގ ބޯޑެއްގެ ދަށުން ހިންގަމުންގެންދާގޮތަށް ހަމަޖެހުމާއި ގުޅިގެން މި ހޮސްޕޓަލަށް ބޭނުންވާ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމުގެ ފުރުސަތު ރާއްޖެއިން ބޭރުން ބިދޭސީން ގެންނަ އެޖެންސީތަކުގެ ތެރެއިން ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގާ ރެކްރޫޓްމަންޓް އެޖެންސީތަކަށް ހުޅުވާލަމެވެ. ވީމާ، ބިދޭސީން ގެނައުމަށް ޝައުޤުވެރިވާ އެޖެންސީތަކުން "އެޖެންސީތަކުގެ ދަފްތަރުގައި ބައިވެރިވުމަށް އެދޭ ފޯމް" 20 ޖަނަވަރީ 2022 ގެ 13:00 ގެ ކުރިން ފުރިހަމަ ކުރެއްވުމަށްފަހު، [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
މި އިއުލާނާއި ގުޅިގެން ހުށަހަޅާ ހުށަހެޅުންތައް ބެލުމަށްފަހު، މި ހޮސްޕިޓަލުން ހުއްދަދެވޭ އެޖެންސީތަކަށް މިހޮސްޕިޓަލްގެ ވަޒީފާތަކަށް ބިދޭސީން ހޯދުމަށް ކުރެވޭ އިއުލާންތަކަށް އެޕްލިކޭޝަން ފޯމް ހުށައެޅުމުގެ ފުރުސަތު ދެއަހަރު ދުވަހަށް ދެވިގެންދާނެއެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިހޮސްޕިޓަލުގެ ނަންބަރު: 6580029 އަށް ގުޅުއްވުން އެދެމެވެ.