ނީލަން
ނަންބަރު: GS112/NL/2022/01
ޕަބްލިޝްކުރި ތާރީޚް: 11 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 12:12
ސުންގަޑި: 13 ޖަނަވަރީ 2022 00:14
ޅޮހީ ސްކޫލް
ދިވެހިރާއްޖެ
ޅޮހީ ސްކޫލްގައި ހުރި ބައު ތަކެތި ނީލަންކިޔުން!

އިޢުލާން

 

ޅޮހީ ސްކޫލްގައި ހުރި ބައު ތަކެތި ނީލަންކިޔުން!

 

     މިސްކޫލްގައި ހުރި ބައެއް ބައު ތަކެތީގެ ނީލަން ކިޔުން 13 ޖެނުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 02:00 ގައި މިސްކޫލްގެ ގޯތިތެރޭގައި އޮންނާނެއެވެ.

        ވީމާ، މިނީލަމުގައި ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން 13 ޖެނުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 04:00 އަށް މިސްކޫލަށް ވަޑައިގެން ދެއްވުން އެދެމެވެ. އަދި ނީލަމުގައި ބައިވެރިވެ ވަޑައިގަންނަވާ ހުރިހާ ފަރާތްތަކުންވެސް އެޗް.ޕީ.އޭ ގެ ގައިޑްލައިންގައިވާ ގޮތަށް މާސްކު އަޅުއްވައިގެން ވަޑައިގެންނެވުމަށް އިލްތިމާސް ކުރަމެވެ.

   ނީލަން ކިޔުމުގެ އުސޫލް

  1. ނީލަން ކިޔާތަކެތި ބައިބަޔަށް  ބެހުމަށްފަހު، ކޮންމެ ބަޔަކަށް ނީލަން ނަންބަރެއް ދެވިފައި ހުންނާނެއެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް، ނީލަން ނަންބަރު ފެންނާނެހެން، ކޮންމެ ބައެއްގައި ހުންނާނެއެވެ
  2. ނީލަމެއް ކުރިއަށްގެންދާނީ މަދުވެގެން ތިންބައިވެރިންގެ ހާޟިރުގައެވެ. ނަމަވެސް ތިން ބައިވެރިން ހަމަނުވާނަމަ، ދެވަނަފަހަރަށް އިޢުލާންކޮށް 2 ނުވަތަ 1 ބައިވެރިންގެ ހާޟިރުގައި، ކަނޑައަޅާފައިވާ ގަޑީގައި ނީލަން ކުރިއަށް ގެންދެވޭނެއެވެ.
  3. ނީލަމުގައި ހުށަހަޅާއަގުތައް، ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ވަގުތުން ވަގުތަށް އެންގޭނެއެވެ. ނީލަމުގެ ބައިވެރިޔަކު އަގެއް ހުށަހަޅައި، އެއަގަށްވުރެ މަތީއަގެއް ހުށަހެޅުމުގެ ފުރުސަތު 3 ފަހަރު ދިނުމުންވެސް އިތުރު އަގެއް ނީލަމުގައި ބައިވެރިވެފައިވާ އެހެންފަރާތަކުން ހުށަނާޅައިފިނަމަ، އެ އަގު ހުށަހެޅި ފަރާތުން އެ ނީލަން ކާމިޔާބު ކުރީކަމުގައި ނިންމޭނެއެވެ.
  4. ނީލަން ނިމުނުގޮތް، ނީލަމުގައި ބައިވެރިވި ފަރާތްތަކުގެ ހާޒިރުގައި އިޢުލާނުކޮށް، ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން'' ހަވާލުކުރެވޭނެއެވެ.
  5. ނީލަން ކާމިޔާބުކުރި ފަރާތުން، ނީލަން ކާމިޔާބުކުރިއަގު ނީލަން ނިމޭ ދުވަހު މި ސުކޫލަށް ދައްކަންވާނެއެވެ. އަދި ނީލަން ކާމިޔާބުކުރި ފަރާތަށް މުދާ ހަވާލުކުރެވޭނީ ނީލަމުގެ އަގު ދެއްކުމަށްފަހުގައެވެ. ނީލަން ކާމިޔާބުކުރި ފަރާތަށް އެ މުދަލުގެ މިލްކުވެރިކަން ބަދަލުވާނީ ނީލަމުގެ އަގު ދައްކައި ޚަލާސްކުރުމުންނެވެ. ނީލަން ކާމިޔާބުކުރި ފަރާތުން ފައިސާ ނުދައްކައި ފި ނަމަ އެ މުދަލެއް އަލުން ނީލަންކިޔުމަށް އިޢުލާން ކުރެވޭނެއެވެ.

     އިތުރު މަޢުލޫމާތު މި ސުކޫލުން ލިބިވަޑައިގަންނަވާނެއެވެ

  ފޯނު ނަންބަރު: 6560573

  އީ-މެއިލް:[email protected]

11 ޖެނުއަރީ 2022

11 ޖަނަވަރީ 2022