މަސައްކަތް
ނަންބަރު: (IUL)7-ADMN/1/2022/6
ޕަބްލިޝްކުރި ތާރީޚް: 10 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 17:19
ސުންގަޑި: 23 ޖަނަވަރީ 2022 11:00
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މި އޮފީހުގެ ސަރަހައްދީ އޮފީހުގެ އިމާރާތާއި ގޯތިތެރެއާއި ގޯތިތެރޭގައިވާ ތަކެތި ބެލެހެއްޓުމާއި މިތަންތަނުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ކަންތައްތައް ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. 

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ  16 ޖަނަވަރީ 2022 ވާ އާދީއްތަ ދުވަހުގެ 11:00 ގައި، އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މި އޮފީހުގެ ސަރަހައްދީ އޮފީހުގައެވެ. އަދި މި މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް، މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަސްކަމަށްވާ  16 ޖަނަވަރީ 2022 ގައި ޤެޒެޓް ކުރެވޭނެއެވެ.  

ބީލަން ހުށަހެޅުން އޮންނާނީ  23 ޖަނަވަރީ 2022 ވާ އާދީއްތަ ދުވަހުގެ 11:00 ގައި އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މި އޮފީހުގެ ސަރަހައްދީ އޮފީހުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ކަނޑައެޅިފައިވާ ގަޑީގެ ފަހުން ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކަށް އެ ފުރުޞަތު ދެވެންނެތް ވާހަކަވެސް ދެންނެވީމެވެ.

10 ޖަނަވަރީ 2022