ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MMPRC-HR/1/2022/4
ޕަބްލިޝްކުރި ތާރީޚް: 10 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 15:08
ސުންގަޑި: 18 ޖަނަވަރީ 2022 15:00
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ސީނިއަރ ކޯޑިނޭޓަރ، ސޯޝަލް މީޑިއާ މާކެޓިންގ

މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ

   (IUL)MMPRC-HR/1/2022/4:އިޢުލާން ނަންބަރު            

 

ވަޒީފާގެ ފުރުޞަތު

 

މަޤާމުގެ ނަން: ސީނިއަރ ކޯޑިނޭޓަރ، ސޯޝަލް މީޑިއާ މާކެޓިންގ

މުސާރަ (މަހަކު) : -/8,160 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް:-/2,720 ރުފިޔާ މަހަކު

ޑެއިލީ އެލަވަންސް: -/2,720 ރުފިޔާ މަހަކު

- އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: ޑެސްޓިނޭޝަން މާކެޓިންގ/ސޯޝަލް މީޑީއާ މާކެޓިންގ

ބޭނުންވާ އަދަދު: 1

  1.  ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

 

ހ. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 (ޑިޕްލޮމާ) ހާސިލްކޮށްފައިވުމާއިއެކު މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 2. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

ހ. ސޯޝަލް މީޑިއާ މާކެޓިންގ ކެމްޕެއިންތައް ޕްލޭންކޮށް ތައްޔާރުކުރުމާއި ކޯޕަރޭޝަނުގެ އެޑްވަޓައިޒިންގ ކެމްޕެއިންތައް ތަފާތު ޕްލެޓްފޯމްތައް މެދުވެރިކޮށް (ލިންކްޑްއިން، ގޫގްލް އަދި ޓްވިޓަރ ހިމެނޭގޮތަށް) ކުރިއަށް ގެންދިއުން.

ށ. މާކެޓިންގެ ލަނޑުދަނޑިތައްހާސިލްކުރުމަށްޓަކައި އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް މި ކޯޕަރޭޝަނުގެ ޑިޖިޓަލް މާކެޓިންގ ސްޓްރެޓެޖީތައް ތަންފިޒުކޮށް، ކާމިޔާބުމަކާއެކު ކުރިއަށްގެންދިއުން.

ނ. ސުޕަވައިޒަރގެ ލަފާގެ ދަށުން ކޮންޓެންޓް ކަލަންޑަރ ޕްލޭންކޮށް ބެލެހެއްޓުމާއި، ސޯޝަލް މީޑިއާ ޗެނަލްތަކުގައި ދުވަހުން ދުވަހަށް ކުރެވޭ ޕޯސްޓްތައް މޮނިޓަރ ކުރުމާއި ބެލެހެއްޓުން.

ރ. ސޯޝަލް މީޑީއާއާ ގުޅުންހުރި އެޑްވަޓައިޒިންގ ކެމްޕެއިންތައް ކުރިއަށްގެންދިއުމާއި އިތުރަށް ތަރައްޤީކޮށް ފެންވަރުމަތި ކުރުމުގައި އެހީތެރިވުން.

ބ. މާކެޓިންގ ކެމްޕެއިންތައް/އިވެންޓްތައް ރާވާ އިންތިޒާމް ކުރުމާއި ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި އެހީތެރިވެ އެއްބާރުލުން ދިނުން.

ޅ. ޓްރެކިންގ އަދި އެނެލެޓިކް ޓޫލްތައް ބޭނުންކޮށްގެން ކެމްޕެއިންތަކުގެ ޕަރފޮމަންސް ބެލުމާއި  ރިޕޯޓްތައް ތައްޔާކޮށް މެނޭޖްމަންޓާއި ހިއްސާކުރުން.

ކ. ކްރިއޭޓިވް ޓީމް އަދި މާކެޓިންގ ޓީމާއެކު ބްރެއިންސްޓޯމްކޮށް ތަފާތު ޚިޔާލުތައް ހޯދައި ސެކްޝަނުގެ މަސައްކަތްތައް އިތުރަށް ފުރިހަމަކުރުން.

އ. ސޯޝަލް މީޑީއާ ކެމްޕެއިންތައް، ކޮންޓެންޓް އަދި ސޯޝަލް މީޑިއާ ހެންޑްލްތަކުގެ ޕަރފޮމަންސް ޤަވާއިދުން ޓްރެކްކޮށް ބެލެހެއްޓުން. މިގޮތުން ވިޒިޓަރސް ޕްރޮފައިލް، ވެބް ޓްރެފިކް، ފޮލޯވަރސް ގްރޯތް، ކޮންވަޒޭޝަންސް އަދި ރީޗް ފަދަ ކަންކަމަށް ރިއާޔަތްކުރުން.

ވ. ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ އެކި އެކި ޕާޓްނަރސް ހޯދައި ހުރި ފުރުސަތުތައް ދެނެގަނެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް އިތުރަށް ފުޅާކުރުން.

މ. މާކެޓިންގ މެޓީރިއަލްސް ތައްޔާރުކުރުމާއި، ކެމްޕެއިންތައް ތައްޔާރުކުރުމާއިމާކެޓިންގ ހަރަކާތްތައް ލޯންޗްކުރުމުގައި އެހީތެރިވެ، ޓީމާއި ގުޅިގެން މަސައްކަތްކުރުން.

ފ. އައު ކަންތައްތަކުގެ މަޢުލޫމާތު ޤަވާއިދުން ހޯދައި އެފަދަ ކަންކަން ކޯޕަރޭޝަނުގެ މާކެޓިންގ ކެމްޕެއިންތަކުގެ ތެރެއިން ކުރިއަށްގެންދެވޭނެ ގޮތްތައް ހޯދުމާއި ސުޕަވައިޒަރާ ހިއްސާކޮށް، އިމްޕްލިމެންޓްކުރުމުގެ މަސައްކަތް ކުރުން.

ދ. ސޯޝަލް މީޑިއާ ކުރިއަރައިދާ ގޮތްތައް ދެނެގަނެ އެންމެ ފައިދާހުރި ގޮތްތައް އެކި ރިސާރޗްތައް މެދުވެރިކޮށް ދެނެގަނެ އެންމެ ފަހުގެ އަދި އެންމެ އަވަހަށް މެސެޖް ފޯރުކޮށްދޭ ގޮތްތަކުގެ މަޢުލޫމާތު ހޯދައި ޓީމާ ހިއްސާކުރުން.

ތ. ދިމާވާ އެކި ގޮންޖެހުންތައް ދެނެގަނެ މާކެޓިންގ ކެމްޕެއިންތައް ބޫސްޓްކުރުމުގެ މަސައްކަތްކުރުން.

ލ. އެކި ޖެނެރޭޝަންތަކަށް އޮންނަ ޑިމާންޑްތައް ދެނެގަނެ، ރީ-މާކެޓިންގ ކެމްޕެއިންތައް އަދި ޕެއިޑް ސޯޝަލް، ވީޑިއޯ އާއި މޯބައިލް އެޑްވަޓައިޒިންގ މެދުވެރިކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކަސްޓަމަރުން މެއިންޓެއިން ކުރާނެ ސްޓްރެޓެޖީތައް އެކުލަވާލައި ކުރިއަށްގެންދިއުން.

ލ. ސެކްޝަނުގެ މަސައްކަތްތަކުގެ ތެރެއިން ޙަވާލުކުރެވޭ މަސައްކަތްތައް ސުޕަވައިޒަރގެ ލަފާގެ ދަށުން ކުރިއަށްގެންދިއުން.

ގ. ކޯޕަރޭޝަންގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާ އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.

3. ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް:

18 ޖަނަވަރީ 2022 ވާ އަންގާރަ ދުވަހުގެ 1500 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

4. ހުށައަޅަންޖެހޭ ލިޔުންތައް:

ހ. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

ށ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް.

ނ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ރ. ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް/ ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެޓެސްޓް ކުރެވިފައިވާ)

ބ. ބޭރުގެ އިންސްޓިޓިއުޓަކުން ހާސިލްކޮށްފައިވާ ސަނަދެއްނަމަ، އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށް އަދި އެޓެސްޓްކުރެވިފައިވާ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

ޅ. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ރިފަރެންސް ސިޓީ.

ކ. ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރެފްރީސްގެ މަޢުލޫމާތު/ގުޅޭނެ ނަންބަރު ހިމަނައިގެން ތައްޔާރުކޮށްފައިވާ ސީވީ.

އ. ޕޮލިސް ރިޕޯޓް

5. އިތުރު މަޢްލޫމާތު:

ހ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ.

ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ.

ނ. މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.

ރ. މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ (https://visitmaldives.com/downloads ) މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.

ބ. ވަޒީފާއަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ހުށައަޅަންވާނީ ޕީ.ޑީ.އެފް (PDF) ފޯމެޓުގައި އެއް ޑޮކިއުމަންޓެއްގެ ގޮތުގައެވެ.

ޅ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ.

 

6. އެޑްރެސް ކުރައްވާނީ:

ތޮއްޔިބު މުޙައްމަދު، ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

10 ޖަނަވަރީ 2022 

10 ޖަނަވަރީ 2022