ކުއްޔަށް ދިނުން
ނަންބަރު: (IUL)334/334/2022/2
ޕަބްލިޝްކުރި ތާރީޚް: 10 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 14:08
ސުންގަޑި: 19 ޖަނަވަރީ 2022 13:00
މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ. ހުރާ މަސްވެރިންގެހިޔާ ބިން ވަގުތީގޮތުން ކުއްޔަށްދޫކުރުން

ކ. ހުރާ މަސްވެރިންގެހިޔާ ބިން ވަގުތީގޮތުން ކުއްޔަށްދޫކުރުން

މިކައުންސިލްގެ  ބެލުމުގެ ދަށުގައިވާ ކ. ހުރާ ރައްޔިތުންގެ ޢިމާރާތެއްކަމަށްވާ ''މަސްވެރިންގެހިޔާ'' ބިން ހޮޓާ/ކެފޭ ހިންގުމަށް ކުއްޔަށްދޫކުރަން ކަނޑައަޅައިފީމެވެ.

01އަހަރު ދުވަހުގެ މުއްދަތަށް ދޫކުރުމަށް ކަނޑައަޅާފައިވާ ހޮޓާ/ކެފޭ ހިންގުމަށް ބިން ކުއްޔަށްހިފުމަށް ބީލަން ހުށަހެޅުމުގެ ދަޢްވަތުދީ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ. ބީލަން ހުށަހަޅަން ޖެހޭނީ މިއިޢްލާނާއިއެކު ހީރަސްކުރެވިފައިވާ މަޢްލޫމާތު ސިޓީގައިވާ ޖަދުވަލް 01 ފޯމުންނެވެ. މިފޯމް މިއިދާރާއަށް ދުރުވުމުންނާއި އަދި މެއިލްގެ ޒަރީއާއިންވެސް ލިބޭނެއެވެ.

ބީލަން ހުށަހަޅާ ބީލަން ކެނޑުމަށް ޙާޟިރުވަނީ ބިޑުކުރާ ފަރާތުގެ މަންދޫބެއް ނަމަ ބިޑުކުރާ ފަރާތުގެ ލެޓަރ އޮފް އެޓާރނީ އަކާއި، މަންދޫބުގެ އައި.ޑީ.ކާޑުގެ ފޮޓޯކޮޕީއެއް ހުށަހަޅަންވާނެއެވެ. މި ލިޔުންތައް ނެތި ޙާޟިރުވާ އެއްވެސް ފަރާތެއް ބިޑްހުށަހަޅާ ބިޑުކެނޑުމުގެ ސެސަނުގައި މަންދޫބެއްގެ ގޮތުގައި ބަލައެއް ނުގަނެވޭނެއެވެ. އަދި 2ބިޑަކަށް އެއް މަންދޫބަކު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެ ވާހަކަވެސް ދަންނަވަމެވެ.

ވީމާ، މިކަމަށް އެދި ބީލަން ހުށަހަޅުއްވަން ބޭނުންވާފަރާތްތަކުން 2022 ޖަނަވަރީ 19 ވާ ބުދަ ދުވަހުގެ 13.00 އަށް ކައުންސިލް އިދާރާއަށް ދުރުވެ ބިޑް ހުށަހެޅުއްވުން އެދެމެވެ. މިއިޢްލާނާއި ގުޅިގެން މަޢްލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކުން މިއިދާރާގެ ފޯން 6640074 އާއި ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

10 ޖަނަވަރީ 2022