ނީލަން
ނަންބަރު: (IUL)387/387/2022/1
ޕަބްލިޝްކުރި ތާރީޚް: 10 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 10:58
ސުންގަޑި: 13 ޖަނަވަރީ 2022 14:00
ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޓްރެކްޓަރ ނީލަމުގައި ވިއްކާލުމާބެހޭ.

އިޢުލާން

 

ޓްރެކްޓަރ ނީލަމުގައި ވިއްކާލުމާބެހޭ.

 

                  މިއިދާރާގެ ރަޖިސްޓަރީ ނަންބަރު C2A1669 "ޓްރެކްޓަރ" ސިޓީލާ ނީލަމުގައި ވިއްކާލުމަށްވަނީ ހަމަޖެހިފައެވެ. މިޓްރެކްޓަރ ނުދުއްވައި ގިނަދުވަސްތަކެއްގައި އޮތުމުން ބޭނުންނުކުރެވޭވަރަށް ޓްރެކްޓަރވަނީ ހަލާކުވެފައެވެ. ޓްރެކްޓަރާބެހޭގޮތުން އިތުރުމައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ މިއިދާރާގެ ނަންބަރު 6870036 ފޯނަށް ގުޅުއްވުން އެދެމެވެ. ނީލަންފެށޭ އަގަކީ -/10000 ރ (ދިހަހާސް ރުފިޔާ) އެވެ. އަގު ހުށަހަޅުއްވާނީ މިއިދާރާއަށް ދުރުވެ މިއިދާރާއަށެވެ. ނުވަތަ މިއިދާރާގެ މެއިލް [email protected] އަށް މެއިލް ކޮށްގެންނެވެ. މިދެގޮތުންކުރެ ކޮންމެ ގޮތަކަށް ހުށަހަޅުއްވާ އަގުތައް ގަބޫލު ކުރެވޭނެއެވެ. ނީލަމަށް މަދުވެގެން އިތުރު ކުރެވޭނީ ފަހަރަކު -/500 ރ (ފަސްސަތޭކަ ރުފިޔާ) އެވެ. ޓްރެކްޓަރު ގަތުމަށް ހުށަހެޅޭ އަގުތައް ބަންދުނޫން ކޮންމެދުވަހެއްގެ ހެނދުނު 9:00 ފެށިގެން މިއިދާރާގެ ނޯޓިސްބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. ބަންދުނޫން 03 ދުވަހު ޖެހިޖެހިގެން އެއްއަގެއްގައި އޮވެއްޖެނަމަ އެފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ. ނީލަން ކާމިޔާބުކުރާ ފަރާތަކުން ނީލަން ކާމިޔާބުކުރާ ދުވަހުން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި މިއިދާރާއަށް ފައިސާ ދެއްކުމަށްފަހު، 30 ދުވަހުގެ ތެރޭގައި ޓްރެކްޓަރ ގެންދަންވާނެއެވެ. ޓްރެކްޓަރާބެހޭ މައުލޫމާތު ތިރީގައި އެވަނީއެވެ.

 

  1. މޮޑެލް ނަންބަރު           JINASENA LTD-DF254(4WD)
  2. ޗެސިސް ނަންބަރު         Y50912092A
  3. އިންޖީނު މޮޑެލް           JINASENA LTD
  4. އިންޖީނު ނަންބަރު         058167
  5. އުފުލޭ ބަރުދަން           2000KG
  6. ހަކަތައިގެ ބާވަތް          ޑީސަލް
  7. ރަޖިސްޓަރީކުރި ތާރީޚް:      06 ޖޫން 2006
  8. އެތެރެކުރި އަހަރު:         2005

 

                  މިހެންވެ މިކަންއާންމުކޮށް އެންގުމަށްޓަކައި ޢިއުލާނު ކުރީމެވެ. 

 

                  07 ޖުމާދަލްއާޚިރާ 1443

                  10 ޖެނުއަރީ    2022

10 ޖަނަވަރީ 2022