ދިވެހިރާއްޖެ
މަޤާމް :މެނޭޖަރ، އިންޓަރނަލް އޮޑިޓް | |
---|---|
ބޭނުންވާ އަދަދު :1 | |
މެނޭޖަރ، އިންޓަރނަލް އޮޑިޓް |
މަޤާމް |
01 |
ބޭނުންވާ ޢަދަދު: |
ކުންފުނީގެ ޕޮލިސީ އާއި އެއްގޮތްވާ ގޮތުގެ މަތިން ދެފަރާތް އެއްބަސްވާ މުސާރައެއް ދެވޭނެ. |
މުސާރަ: |
- އޭ.ސީ.ސީ.އޭ ފުރިހަމަކޮށް މެންބަރޝިޕް ހާސިލުކޮށްފައިވާ ފަރާތަކަށްވުން ނުވަތަ - ސެޓިފައިޓް ޕްރެކްޓިސިންގ އެކައުންޓެންޓްސް ،ޗާޓަރޑް ޕަބްލިކް އެކައުންޓެންޓްސް ، ޗާޓަރޑް އިންސްޓްޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓެންޓްސް ނުވަތަ - އައި.އެފް.އޭ.ސީ ބަލައިގަންނަ ދާއިރާއެއްގެ މެމްބަރޝިޕް ހާސިލުކޮށްފައިވާ ފަރާތަކަށްވުން ނުވަތަ - އެކައުންޓިންގ، އޮޑިޓިންގ، ފައިނޭންސް ނުވަތަ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް ހާޞިލްކޮށްފައިވުން. އަދި - އޮޑިޓިންގ އެންޑް އެޝުއަރެންސްގެ ދާއިރާއިން މަދުވެގެން 05 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. - އަދި މީގެ އިތުރުން އިންޓަރވިއުގައި މި މަސައްކަތަށް ގާބިލް މީހެއްކަން ސާބިތުކޮށްދިނުން. |
ޝަރުތު: |
- ޑިޕާޓްމަންޓުގެ ސްޓްރެޓެޖިކް ޕްލޭން އާއި އެކްޝަން ޕްލޭން ތައްޔާރުކުރުމުގައި އެހީތެރިވުން. - ރިސްކް ބޭސްޑް އެނުއަލް އޮޑިޓް ޕްލޭން އެއް އެކުލަވާލުން. - އޮޑިޓްގެ ޢަމަލީ މަސައްކަތް (ފީލްޑް ވަރކް) ކޮށްފައިވަނީ އޮޑިޓް ޕްލޭނާއި އިންޓަރނޭޝަނަލް އޮޑިޓިން ސްޓޭންޑަޑް ތަކާއި އެއްގޮތްވާގޮތުގެ މަތިންތޯ ބެލުން. - އޮޑިޓް ރިޕޯޓުގައި ހިމަނާފައިވާ މައްސަލަތަކާއި ގުޅޭގޮތުން އެކަށީގެންވާ ހެއްކާއި ޤަރީނާ ހުރިކަން ޔަޤީންކުރުމާއި، އޮޑިޓްގެ މަސައްކަތު ކަރުދާސްތައް ތައްޔާރުކޮށްފައިވަނީ ރަގަޅަށްތޯ ބެލުން. - އޮޑިޓް ރިޕޯޓް ތައްޔާރުކުރުމާއި އޮޑިޓް ރިޕޯޓްތައް ތައްޔާރުކުުމަށް އެހީތެރިވެދިނުމާއި އޮޑިޓް ޓީމް މެމްބަރުންނަށް އޮޑިޓް ކުރުމާ ގުޅޭ މަސައްކަތްތައް ކުރުމަށް އިރުޝާދުދީ ޓީމް މެމްބަރުންގެ މަސައްކަތުގެ ފެންވަރު ބެލެހެއްޓުން. - މީގެ އިތުރުން އޮޑިޓްގެ މަސައްކަތު ކަރުދާހުގައި ހިމަނަންޖެހޭ މައްސަލަތަކުގެ ތެރެއިން ވަގުތުން ވަގުތަށް އޮޑިޓް ކުރެވޭ ޑިޕާޓްމަންޓާއި މަޝްވަރާކުރަންޖެހޭ މައްސަލަތަކުގައި މަޝްވަރާކުރުން. - އޮޑިޓް ކޮމިޓީއަށް އޮޑިޓް ރިޕޯޓެއް ނުވަތަ އެހެންވެސް މަޢުލޫމާތެއް ހުށަހަޅަން ޖެހިއްޖެހިނދެއްގައި އެ ކޮމިޓީއަށް މަޢުލޫމާތު ދިނުމަށް ކޮމިޓީގެ ބައްދަލުވުންތަކުގައި ބައިވެރިވުން. އަދި ކޮމިޓީއާއި ހިއްސާކުރަންބޭނުންވާ ކަންތަކާއި ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ލިޔުންތައް ތައްޔާރުކުރަން އެހީތެރިވެދިނުން. - ކުންފުނީގެ ބޯޑުގެ އޮޑިޓް ކޮމިޓީއިން ކަނޑައަޅާ ޙާއްސަ އޮޑިޓްތައްކޮށް އެ އޮޑިޓްތަކުގެ ރިޕޯޓްތައް ތައްޔާރުކޮށް ފައިނަލްކުރުން. |
މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު: |
ދުވާލަކު 08 ގަޑިއިރު |
މަސައްކަތްކުރަންޖެހޭ ވަގުތު: |
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް |
މަސައްކަތްކުރަންޖެހޭ ތަން: |
2022 ޖަނަވަރީ 17 ހޯމަ ދުވަހުގެ 15:30ގެ ކުރިން. |
ސުންގަޑި: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2022 ޖަނަވަރީ 23 އާއި ޖަނަވަރީ 31 ދެމެދުގައެވެ. |
އިންޓަރވިއު މުއްދަތު: |
- މަޤާމަށް އެދިހުށަހަޅާ ފޯމް. - ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. (މުއްދަތު ހަމަނުވާ) - ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް. |
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި: |
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު) ވަޒީފާއަށް އެދޭ ފޯމް މިކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓް www.port.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293 އީމެއިލް: [email protected] |
ހުށަހަޅަންޖެހޭ އޮފީސް: |
ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ފޯރމް، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ. |