ވަޒީފާގެ ފުރުޞަތު
ނަންބަރު: IUMH-AD/I/2022/04
ޕަބްލިޝްކުރި ތާރީޚް: 06 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 15:54
ސުންގަޑި: 13 ޖަނަވަރީ 2022 14:00
އައި.ޔޫ.އެމް. ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އެސިސްޓަންޓް މެނޭޖަރ

ވަޒީފާގެ ފުރުސަތު

ނަންބަރު:IUMH-AD/I/2022/04

އައިޔޫއެމް ހޯލްޑިންގްސްގައި މަސައްކަތް ކުރުމަށް ތިރީގައިވާ މަޤާމަށް ވަޒީފާގެ ފުރުސަތު ހުޅުވާލަމެވެ.

މަޤާމު:

އެސިސްޓަންޓް މެނޭޖަރ

 އަދަދު: 1

މަޤާމުގެ ރޭންކް:

AM        

މުސާރަ:

  • އަސާސީ މުސާރަ: މަހަކު 8000.00 ރުފިޔާ
  • ސަރވިސް އެލަވަންސް: މަހަކު 3000.00 ރުފިޔާ
  • ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދޭ އެލަވަންސް: ދުވާލަކަށް 100.00 ރުފިޔާ
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ ޝަރްޠުތައް:

  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފާވުމާއެކު މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަންގެ ދާއިރާއެއްގައި މަދުވެގެން 05 އަހަރު ދުވަހުގެ ތަޖުރިބާ ހާސިލްކޮށްފައިވުން.
  2. ދިވެހިބަހާއި އިނގެރޭސިބަހުން އަދި އަރަބި ބަހުން ފަރިތަކޮށް ލިޔެ ވިޔަފާރީ މުޢާމަލާތް ކުރަން އެނގުން.
  3. އިންޓަވިއުގައި މި މަސައްކަތަށް ގާބިލްމީހެއްކަން ސާބިތުކޮށްދިނުން.
  4. ހައްޖު ނުވަތަ އުމްރާގެ މަސައްކަތުގައި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  • އައި.ޔޫ.އެމް ހޯލްޑިންގސްއިން ހިންގާ ވިޔަފާރީތަކަށް ބޭނުންވާ ތަކެތި ދުވަހުން ދުވަހަށް ހޯދުން.
  • އައި.ޔޫ.އެމް ހޯލްޑިންގސްގެ ވިޔަފާރީތަށް ބެލެހެއްޓުން.
  • އައި.ޔޫ.އެމް ހޯލްޑިންގސްގެ ވިޔަފާރީތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންނާއި ތަކެތި ބެލެހެއްޓުން.
  • މުވައްޒަފުންގެ ޑިއުޓީ ރޯސްޓާޒް ތައްޔާރުކޮށް ބެލެހެއްޓުން.
  • ވިޔަފާރީތަށް އިޝްތިހާރުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން.
  • ވިޔަފާރީ ރަނގަޅުކުރުމަށް ބިޒްނަސް ސްޓްރެޓެޖީޒް ޤާއިމްކުރުން.
  • މަޤާމުގެ މަސްއޫލިއްޔަތާއި ގުޅިގެން ކުންފުނިން ޙަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

ވަޒީފާ އަދާކުރަންޖެހޭ ތަން:

 އައި.ޔޫ.އެމް ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތްތައް.
  • މުވައްޒަފުންގެ އެއްބާރުލުން ހޯދައިގެން. މީހުންނާ ގުޅިގެން އެއްބައިވަންތަކަމާއެކު މަސައްކަތްކުރަން އެނގޭ ފަރާތްތަކަށް.
  • މުއާމަލާތްކުރުމުގެ ހުނަރާއި، ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށް ގެންދިއުމުގެ ހުނަރު ލިބިފައިވާ ފަރާތްތަކަށް.
  • އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރާ މީހެއްކަމުގައިވުން އަދި މަސައްކަތްތައް ރާވައިގެން ހިންގޭ ފަދަ ޤާބިލިއްޔަތުކަން ހުރި ފަރާތްތަކަށް.
  • އެސިސްޓަންޓް މެނޭޖަރެއް ނެގުމުގައި މައިކްރޯސޮފްޓް އޮފިސް ޕެކޭޖް އަދި ޕީއޯއެސް ބޭނުންކުރަން އެނގޭ ފަރާތްތަކަށާއި މެނޭޖީރިއަލް އެކްސްޕީރިއަންސް ހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ސުންގަޑި އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

 

 

 

 

 

 

 

 

މިމަގާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ.

  1. ފުރިހަމަ ކުރެވިފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު އައި.ޔޫ.އެމް ހޯލްޑިންގސްއިން ލިބެން ހުންނާނެއެވެ. އަދި މި އިއުލާނާއި އެއްހީރާސް ކުރެވިފައިވާނެއެވެ.)
  2. ހާސިލްކޮށްފައިވާ ތަޢުލީމާއި އަދާކޮށްފައިވާ ވަޒީފާގެ ތަފްސީލުތަށް ހިމެނޭގޮތަށް ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  3. މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)

އީމެއިލް މެދުވެރިކޮށް [email protected] އަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުންނާއި، ހާޑް ކޮޕީ ހުށަހަޅާ ފަރާތްތަކުން 13 ޖެނުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އައިޔޫއެމް ހޯލްޑިންގސް ޕލޓޑ އަށް ދުރުވެ އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

  • މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ހޯއްދަވަން ބޭނުންވާ ފަރާތްތަކުން ހެނދުނު 09:00 އާއި މެންދުރު 14:00 އާއި ދެމެދު 3001885 އށް ގުޅުއްވުން އެދެމެވެ.

 

 

06 ޖަނަވަރީ 2022