ދިވެހިރާއްޖެ
މަޤާމު: |
އިމާމް / މުދިމް ( ވޭޖްޕޫލް ) |
މުއްދަތު |
1 އަހަރު ދުވަހަށް |
ބޭނުންވާ އަދަދު: |
04 |
މަޤާމުގެ ގިންތި: |
ވޭޖް އެމްޕްލޯއިންމަންޓް |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ގއ.ވިލިނގިލީ ކައުންސިލް އިދާރާއިން ދައްކާ މިސްކިތެއްގައި |
މުސާރަ: |
މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް ވަގުތީމުދިމަކަށް 53.00 ވަގުތީ އިމާމް 63.00 |
މަސައްކަތުގެ އުޖޫރަ: |
މަސައްކަތުގެ އުޖޫރަކަނޑައެޅިފައިވާނީ މިސްކިތު މުވައްޒަފުންގެ ރަސްމީގަޑިއަކީ ނަމާދު ވަގުތައް ކަމަށްބަލައި މިނިސްޓްރީ އޮފް އިސްލާމިކްއެފެއަރޒުން ކަނޑަޅާފައިވާ އުސޫލާ އެއްގޮތަށް. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
ދާއިމީ އިމާމް ނުވަތަ މުދިމް ބަލިވެ ސަލާމްގައި ނުވަތަ ޗުއްޓީގައި ހުންނަ ދުވަސްތަކުގައި ނުވަތަ މިސްކިތެއްގައި އިމާމަކު ނެތި ދާއިމީ މުދިމަކު ހަމަޖެހެންދެން ހުސްކޮށް ހުންނަ މިސްކިތެއްގައި އެ މުއްދަތެއްގައި ކައުންސިލުން އަންގާ މިސްކިތެއްގައި 5 ވަގުތު ބަސްގި ގޮވައި ނަމާދު ކުރުމާއި މިސްކިތު މުވައްޒަފުންގެ މަސައްކަތް ސްޕަވައިޒް ކޮށް ބަލަހައްޓައި މިސްކިތުގެ ހުރިހާ ކަމެއްގައި އެންމެ އިސްމީހާގެ ދައުރު އަދާކުރުން. |
މަޤާމުގެ ޝަރުޠުތައް: |
1 އިމާމް ނުވަތަ މުދިމް ކަމުގެ ނަވަތަ ހުކުރު ކުރުމުގެ ސަނަދެއް ހުއްދަ އެއް އޮތުން. 2 ރަނަގަޅަށް ޤުރުއާން ކިޔަވަން ދަންނަ މީހެއްކަމުގައިވުން. ލިޔަން ކިޔަން ދަންނަ މީހެއް |
ހުށަހަޅަންޖެހޭ ލިޔުންތައް:
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ (16ޖެނުއަރީ 2022) އާދިއްތަ ދުވަހުގެ ގެ 14.00ގެ ކުރިން، ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ލިޔުންތައް އީ-މެއިލް ([email protected] ) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައްޝޯޓް ލިސްޓުކުރެވޭނެއެވެ. |
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 16 ޖެނުއަރީ 2022 ން 20 ޖެނުއަރީ 2022 އާ ދެމެދު، ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ ގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6820027 ނުވަތަ 7250027 އަށެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ. |