ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މިކައުންސިލްގެ ނަމްބަރ: IUl393/2021/58 (26 ޑިސެމްބަރ 2021) އިޢުލާނަށް އެކަށީގެންވާ ޢަދަދަށް މީހުން ކުރިމަތިލާފައި ނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
މަޤާމު: މަސައްކަތު/ ކުނި މެނޭޖުކުރާ
މަޤާމުގެ ނަންބަރު: -
މަޤާމުގެ އަދަދު: 2
މަޤާމުގެ ގިންތި: ވޭޖް
މަޤާމުގެ ރޭންކް: -
މަޤާމުގެ ކްލެސިފިކޭޝަން: -
މުއްދަތު: 1 އަހަރުދުވަސް
ވަޒީފާ އަދާކުރަންޖެހޭ ތަން: ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ، ތ. ކިނބިދޫ
މުސާރަ: -/120 ރުފިޔާ (ދުވާލަކު)
އެލަވަންސް -/85 ރުފިޔާ (ދުވާލަކު)
މަސައްކަތް އޮންނަ ދުވަހާއި ގަޑި: ހެނދުނު 8:00 ން މެންދުރުފަހު 1:30 ށް/ ހަފުތާއަކު 6 ދުވަހު
އެހެނިހެން އެލަވަންސް:
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
- ރަމަޟާން މަހުގެ ޢިނާޔަތް
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- ކައުންސިލުން ސާފުކޮށް ބަލަހައްޓަން ހަމަޖައްސާފައިވާ އިޖުތިމާޢީ ސަރަޙައްދު ކުނިއުކައި، ސާފުކޮށް ބެލެހެއްޓުން
- ކައުންސިލުގެ ބެލުމުގެ ދަށުން ބެލެހެއްޓުމަށް ހަމަޖައްސާފައި ހުރި ޑަސްބިންތައް އުކައި ސާފުކުރުން
- ކުނިކޮށި ސާފުކޮށް ބެލެހެއްޓުން
- ކައުންސިލުން ހަމަޖައްސާ އުސޫލަކާއެއްގޮތަށް ގެތަކުން ކުނި ނަގައި ކުނި އުކާލުން
- ކައުންސިލުން ރާވައިގެން ހިންގާ ޚާއްޞަ މަސައްކަތްތައް ކުރުން
މަޤާމުގެ ޝަރުޠުތައް
- ބަގީ ދުއްވުމުގެ ލައިސަންސް އޮތުން، އަދި
- ގިނަވަގުތު މަސައްކަތުގައި އުޅެވޭނޭ ސިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން
ގުޅޭ ވަޒީފާގެ ދާއިރާތައް
- ކުނިމެނޭޖުކުމާއި ކުނި ނައްތާލުން
................................................................................................................................................................
މަޤާމު: މަސައްކަތު/ ކުނިކަހާ
މަޤާމުގެ ނަންބަރު: -
މަޤާމުގެ އަދަދު: 3
މަޤާމުގެ ގިންތި: ވޭޖު
މަޤާމުގެ ރޭންކް: -
މަޤާމުގެ ކްލެސިފިކޭޝަން: -
މުއަދަތު: 1 އަހަރުދުވަސް
ވަޒީފާ އަދާކުރަންޖެހޭ ތަން: ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ، ތ. ކިނބިދޫ
މުސާރަ: -/120 ރުފިޔާ (ދުވާލަކު)
އެލަވަންސް -/85 ރުފިޔާ (ދުވާލަކު)
މަސައްކަތް އޮންނަ ދުވަހާއި ގަޑި: ހެނދުނު 8:00 ން މެންދުރުފަހު 1:30 ށް/ ހަފުތާއަކު 6 ދުވަހު
އެހެނިހެން އެލަވަންސް:
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
- ރަމަޟާން މަހުގެ ޢިނާޔަތް
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- ކައުންސިލުން ސާފުކޮށް ބަލަހައްޓަން ހަމަޖައްސާފައިވާ އިޖުތިމާޢީ ސަރަޙައްދު ކުނިކަހައި، ވިނަނޮޅައި ސާފުކޮށް ބެހެއްޓުން
- ކައުންސިލުން ރާވައިގެން ހިންގާ ޚާއްޞަ މަސައްކަތްތައް ކުރުން
މަޤާމުގެ ޝަރުޠުތައް
1- ލިޔަންކިޔަން އެގުން އަދި
2- ގިނަވަގުތު މަސައްކަތުގައި އުޅެވޭނޭ ސިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން
ނޯޓް:
- ލިޔަންކިޔަން އެނގޭކަމަށްބަލާނީ، ދަށްވެގެން ގުރޭޑް 5 ނިންމި ކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުން ހުޅައެޅުމުންނެވެ.
ގުޅޭ ވަޒީފާގެ ދާއިރާތައް
1- ކުނިކަހައި، ފޮޅައި ސާފުކުރުން
ހުށަހަޅަންޖެހޭ ލިޔެކިއުންތައް
- ފުރިހަމަ ކޮށްފައިވާ ކިނބިދޫ ކައުންސިލްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިކައުންސިލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
7. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލް އަޤުވާމީ ޖަމްޢިއްޔާ/ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ މަޤާމު، އަދި ވަޒީފާގެ މުއްދަތާއި، މަޤާމުގެ މަސްއޫލިއްޔަތު ނުވަތަ ވާޖިބުތައް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ޤައުމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާކަމަށް ބެލެވޭނީ ވަކި ޤާނޫނަކުން އުފައްދާފައިވާ ނުވަތަ ދަޢުލަތުގެ މުއައްސަސާއަކުން ޤައުމީ ފެންވަރުގައި އުފައްދާފައިވާ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގައި މަސައްކަތްކޮށްފައިވާނަމައެވެ.)
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ މަޤާމު، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ނުވަތަ ވާޖިބުތައް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- އަސާސި ޝަރުޠު ފުރިހަމަވުން 50 މާކްސް
- ލިބިފައިވާ މަސައްކަތު ތަޖުރިބާ 5 މާކްސް
- ލިބިފައިވާ ތަޢުލީމަށް 5 މާކްސް
- އިންޓަރވިއު 40 މާކްސް
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2022 ޖަނަވަރީ 12 ވާ ބުދަދުވަހުގެ 13:00 ގެ ކުރިން، ކިނބިދޫ ކައުންސިލްގެ އިދާރާ އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2022 ޖަނަވަރި 17 އާ 2022 ޖަނަވަރީ 25 އާ ދެމެދު ކިނބިދޫ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، ދެންނެވުނު ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.
ދަފުތަރު އެކުލަވާލުން:
މިމަޤާމުތަކަށް އެދި ހުށައަޅާފަރާތްތަކުގެ ތެރެއިން އެންމެ ޤާބިލް 2 ކެނޑިޓޭޓުން ސެލެކްޓް ކުރުމަށްފަހު ދެންތިއްބަވާ ކެންޑިޑޭޓުން ދަފުތަރު ކުރެވޭނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6780031 ނަންބަރު ފޯނަށެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.
03 ޖުމާދަލްއާޚިރާ 1443
06 ޖަނަވަރީ 2022