ދިވެހިރާއްޖެ
ތާރީޚް: 06 ޖަނަވަރީ 2022
ނަންބަރު: 486/1/2022/2(IUL)
އިންތިޤާލީ އިންސާފްގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ އިންޓަރނުންގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މަޤާމް: |
އިންޓަރން |
ބޭނުންވާ އަދަދު |
04 (ހަތަރެއް) |
މުއްދަތު: |
06 (ހަޔެއް) މަސް ދުވަސް |
މަސައްކަތްކުރަންޖެހޭ ތަން: |
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް |
މަސައްކަތުގެ ވަގުތު: |
ހެނދުނު 08:00 އިން މެންދުރުފަހު 14:00އަށް |
ފެންވަރު ނުވަތަ ޝަރުތު: |
|
މަސައްކަތުގެ އުޖޫރަ: |
މަސައްކަތްކުރާ ކޮންމެ ދުވަހަކަށް 300/- (ތިން ސަތޭކަ ރުފިޔާ)ގެ ރޭޓުން |
މައިގަނޑު މަސައްކަތް: |
|
އިންޓަރންޝިޕްއަށް އެދި ހުށަހެޅުން
މިއޮފީހުގެ އިންޓަރންއެއްގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 20 ޖަނަވަރީ 2022 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން މި އޮފީހުގެ އީމެއިލް އެޑްރެސް [email protected] އަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
މަޤާމަށް އެދި ހުށަހަޅުއްވަންޖެހޭ ލިޔެކިޔުންތައް:
- އިންޓަރންޝިޕްގެ ފުރުސަތަށް އެދި ހުށަހަޅާ ސިޓީ
- ކުރިމަތިލާ ފަރާތުގެ ވަނަވަރު.
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި) ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
- ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ (މަސައްކަތް ކުރި އިދާރާ، މަގާމު، މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އިގޭނެ ގޮތައް ސިޓީގައި ހިމަނައިފައިވުން)
އެހެނިހެން:
- މިޢިއުލާންގެ މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަހުގެ ތެރޭގައި މިމަޤާމަށް ޝޯޓްލިސްޓްވާ ފަރާތްތަކަށް އެންގޭނެއެވެ.
- މިއޮފީހުން އެދޭ ފެންވަރަށް މިއިންޓަރންޝިޕް ފުރިހަމަކުރާ ފަރާތްތަކަށް އޮފީހުގައި ހުރި ވަޒީފާގެ ފުރުޞަތުތަކަށް މީހުން ނެގުމުގައި އިސްކަންދެވޭނެއެވެ.
- މަތީގައިވާ މަޤާމުގެ އިންޓަވިއުއަށް ވަޑައިގަތުމަށް މި އޮފީހުން އަންގާ ދުވަހަށް މަޤްބޫލު ސަބަބަކާނުލައި ޙާޒިރު ނުވެވިއްޖެނަމަ، ފަހުން އިންޓަވިއު ނުދެވޭނެ އެވެ.
- އިންޓަރނުންގެ ގޮތުގައި ވަޒީފާއަށް ހޮވޭ ފަރާތްތަކުން ޢަމަލުކުރާނެ ގޮތުގެ ގައިޑްލައިން މި އިޢްލާނާއެކު އެޓޭޗްކޮށްފައިވާނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްތަކުގެ 08:00 – 14:00 އާ ދެމެދު މި އޮފީހުގެ ނަންބަރު 3039900 ފޯނަށް ގުޅުއްވުން ނުވަތަ [email protected] އިމެއިލަށް ލިޔުއްވުން އެދެމެވެ.
3 ޖުމާދުލްޢާޚިރާ 1443