ވަޒީފާގެ ފުރުޞަތު
ނަންބަރު: AGRO/HR/2022/02
ޕަބްލިޝްކުރި ތާރީޚް: 06 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 09:17
ސުންގަޑި: 13 ޖަނަވަރީ 2022 16:00
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އައިލޭންޑް ކޯޑިނޭޓަރ

ބޭނުންވާ ޢަދަދު:

02 

ވަޒީފާ އަދާކުރަންޖެހޭ ތަން:

 - ހއ.ބާރަށް

 - ގއ. ކޮނޑޭ

ވަޒީފާގެ މުއްދަތު: 

6 މަސް (6 މަސް ފަހުން މަސައްކަތުގެ އަޙްލާޤާއި ފެންވަރު ބެލުމަށްފަހު ދާއިމީ ކުރެވޭނެ).

އަސާސީ މުސާރަ:

 6000 ރުފިޔާ ( ހަމަޖެހިފައިވާ އުސޫލުން އިތުރު އެލަވަންސް ދެވޭނެ)

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  - ދަނޑުތަކުގައި މަސައްކަތްތައް ކުރިއަށް ދާގޮތް މޮނިޓަރކުރުމާއި ކުންފުނިން ދީފައިވާ ޝެޑިއުލާއެއްގޮތަށް މަސައްކަތް ކުރިއަށް ދޭތޯ ބެލުން.

  - ކުންފުނިން ކަނޑައަޅާފައިވާ ޤަވާއިދުތަކާއި ޢުސޫލުތަކާ އެއްގޮތަށް ދަނޑުވެރިން މަސައްކަތް ކުރާކަން ޔަޤީންކުރުމާއި ރިޕޯޓްކުރުން.

  - ދަނޑުވެރިން އަތުން ގަންނަ، ތަރުކާރީއާއި މޭވާ އާ ހަވާލުވެ ކުންފުނިން އަންގާގޮތެއްގެ މަތިން ޢަމަލުކުރުން.

  - ކުންފުނިން ދީފައިވާ އިރުޝާދާ އެއްގޮތަށް ތަރުކާރީއާއި މޭވާ ޙަވާލުކުރަން ހަމަޖެހިފައިވާ ތަންތަނަށް ފޮނުވުން.

  - ދަނޑުވެރިންނަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމާއި ދަނޑުވެރިންގެ މަސައްކަތްތަކާގުޅޭ ސުވާލުތަކަށް ޖަވާބުދާރީވުން.

  - ދަނޑުވެރިންނަށް ބޭނުންވާ ތަކެއްޗާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި ގުޅަންޖެހޭ ފަރާތްތަކާ ގުޅައި އެކަންކަން ހަމަޖައްސައިދިނުން.

  - ދަނޑުވެރިން އަތުން ގަންނަ ތަރުކާރީ އަދި މޭވާގެ ރިކޯޑް ބެލެހެއްޓުމާއި ދަނޑުވެރިންނާ ޙަވާލުކުރެވޭ ތަކެތީގެ ރިކޯޑް ބެލެހެއްޓުން.

  - ގުދަންކުރެވޭ ތަކެތީގެ އިންވެންޓްރީ ބެލެހެއްޓުމާއި ކުންފުނިން ދޭ އިރުޝާދާއެއްގޮތައް ރިޕޯޓްތައްޔާރުކޮށް ފޮނުވުން.

  -  ކުންފުނީގެ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.

  -  ވިއްކާ ގަސްކާނާ އާއި ބޭސްފަދަ ތަކެތީގެ ފައިސާއާ ޙަވާލުވުމާއި، ކުންފުނީގެ ފައިނޭސް ޑިޕާޓްމަންޓުން އަންގާގޮތަކަށް އެފައިސާގެ ކަންތައްތައް ބެލެހެއްޓުން

ޝަރުތު:

  - ޖީ.ސީ.އީ/ އައި.ޖީ.ސީ.އެސް ފާހެއް އޮތުން ނުވަތަ

  -  ދަނޑުވެރިކަމުގެ 5 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން

  - ދަނޑުވެރިކަމުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.

  - ރަށުގައި ގާއިމްވެ ދިރިއުޅޭ މީހަކަށްވުން.

  - ގިނައިރު މަސައްކަތުގައި އުޅެވޭނެ އަދި ތަކެތި އުފުލާ އުޅެވޭފަދަ ޞިއްހަތެއްގައި ހުރި މީހަކަށްވުން.

  -  އިނގިރޭސި ބަހުން ވާހަކަ ދެއްކުމާއި ރިޕޯޓްތައްޔާރު ކުރަން އެނގުން

  -  ކޮންޕިއުޓަރު ރަނގަޅަށް ބޭނުން ކުރަން އެނގުން.

  - އެކަނި އަދި މީހުންނާއެކީ މަސައްކަތް ކުރުމުގެ ހުނަރު ހުރުމާއި ކަނޑައެޅިފައިވާވަގުތަށް، މަސައްކަތް ނިންމުމުގެ ޤާބިލުކަންހުރުން

  - މީހުންނާ މުޢާމަލާތު ކުރުމުގެ ހުނަރުހުރުން

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

  - ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ

  -  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު/ އައި.ޑީ.ކާޑް ކޮޕީ

  - ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި)

  -  ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ، އެފަރާތުގެ ލިޔުން

މަތީގައި ދެންނެވިފައިވާ މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 ޖެނުއަރީ 2022 ވާ ބުރާސްފަތި ދުވަހުގެ 16:00ގެ ކުރިން  [email protected] ސިޓީ ފޮނުއްވުން އެދެމެވެ.

06 ޖަނަވަރީ 2022