ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)309-ESM/309/2022/04
ޕަބްލިޝްކުރި ތާރީޚް: 05 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 14:45
ސުންގަޑި: 13 ޖަނަވަރީ 2022 00:00
މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަންކުރުމަށް ދޫކުރެވޭ ބިންތައް ސާފުކުރުމާއިގުޅޭ

އިޢުލާނު

 

ދަނޑުވެރިކަންކުރުމަށް ދޫކުރެވޭ ބިންތައް ސާފުކުރުމާއިގުޅޭ

މި އިދާރާގެ ނަންބަރު: (IUL)309-ESM/309/2021/56 (09 ޑިސެންބަރު 2021) އިޢުލާނާއި ގުޅިގެން ދަނޑުބިމަށް ހުޅުވާލެވުނު ފުރުސަތުގައި ފޯމު ހުށަހެޅި ފާރާތްތަކުގެ ތެރެއިން ގުރުއަތުން ދަނޑުބިން ލިބުނު ފަރާތްތަކަށް މިހާރު ވާނީ ދަނޑުބިންތައް ނޮޅުމަށް ހަވާލުކުރެވިފައެވެ. މި ދަނޑުބިންތައް 13 ޖަނަވަރީ 2022 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ނޮޅާ ނިންމެވުން އެދެމެވެ.

އަދި ދަންނަވަމެވެ. ދަނޑުބިންތަކުގައި ހުޅުލާ އެންދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުރިހާ ދަނޑުބިންތަކެއް ނޮޅާ ނިމުމުން ކައުންސިލްގެ ބެލުމުގެ ދަށުންނެވެ. ވީމާ، ކައުންސިލްގެ ހުއްދައަކާނުލާ އަމިއްލައަށް ދަނޑުބިންތަކުގައި ހުޅުލާ އެންދުމަކީ މަނާކަމެވެ.

              މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

05 ޖަނަވަރީ 2022