ބީލަން
ނަންބަރު: GS33/IUL/2022/01
ޕަބްލިޝްކުރި ތާރީޚް: 05 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 13:17
ސުންގަޑި: 16 ޖަނަވަރީ 2022 13:00
ބ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
2022 ވަނަ އަހަރު ބ.އަތޮޅުމަދަރުސާގެ އިސްވެރިޔާ ހުންނަވާނޭ ގެއެއް ކުއްޔަށް ހިފުމާބެހޭ

 

2022ވަނަ އަހަރަށް މިސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް 2 ކޮޓަރި، ސިޓިންރޫމް، ބަދިގެ އަދި ކާގެ އެކުލެވިގެންވާ ގެއެއް ކުއްޔަށް  ދޭންބޭނުންވާ ފަރާތެއް ހޯދަން  ބޭނުންވެއްޖެއެވެ.

ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށް 05  ޖެނުއަރީ 2022 އިން 11 ޖެނުއަރީ 2022 އަށް މިމަދަރުސާ އަށް ވަޑައިގެން ނުވަތަ ފޯނުން ގުޅައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. (ރަޖިސްޓްރީ ނުކުރާ ފަރާތްތައް މަޢުލޫމާތު ސާފުކުރުމުގެ ސެޝަންގައި ބައިވެރި ނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.)

ބީލަމާގުޅޭ މަޢުލޫމާތުތައް، ބީލަމުގައި ރަޖިސްޓަރ ކުރައްވާ ފަރާތްތަކުގެ އިމެއިލްއަށް ފޮނުވައި ދެވޭނެއެވެ.

މިކަމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "2022 ވަނަ އަހަރު އިސްވެރިޔާ ހުންނަވާނެ ގެއެއް ކުއްޔަށް ދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.               

މައުލޫމާތު ދިނުމުގެ ސެޝަން

އަންދާސީ ހިސާބު ބަލައިގަތުމާއި ކެނޑުން

2022 ޖެނުއަރީ 12 ވަނަދުވަހު 13.00 ގައި

2022 ޖެނުއަރީ 16 ވަނަދުވަހު 13.00 ގައި

މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު ބަދަލުގައި އަންނަ ފަރާތްތަކުން ބަދަލުގައި އަންނަކަން އަންގައިދޭ ސިޓީއާއި ބަދަލުގައި އަންނަފަރާތުގެ އައިޑީ ކާޑުގެ ނަކަލެއް ގެންނަންވާނެއެވެ.

ބިޑް ރަޖިސްޓްރީގައި ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް މައުލޫމާތު ސާފުކުރުމުގެ ޝެޝަންގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ހުށަހަޅަން ހަމަޖެހިފައިވާ ގަޑިއަށްވުރެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6600034 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ  [email protected] އަށެވެ.                                                                                               

                02   ރަބީއުލް އާޚިރާ     1443ހ.

05 ޖަނަވަރީ 2022