ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)418/418/2022/5
ޕަބްލިޝްކުރި ތާރީޚް: 05 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 13:10
ސުންގަޑި: 19 ޖަނަވަރީ 2022 14:00
ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އޮފިސަރ MS1 ގެ މަޤާމަށް މީހަކު ހޯދުން

ވަޒީފާގެ ފުރުޞަތު

މަޤާމް:

ކައުންސިލް އޮފިސަރ

ބޭނުންވާ ޢަދަދު: 01

މަޤާމުގެ ނަންބަރު:

J-335629

 

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގުރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ގދ. ނަޑެއްލާ ކައުންސިލްގެ އިދާރާ

މުސާރަ:

އަސާސީ މުސާރައިގެ ގޮތުގައި މަހަކު 5610.00 ރުފިޔާ (ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ)

ސަރވިސް އެލަވަންސް:

ސަރވިސް އެލަވަންސް ގެ ގޮތުގައި މަހަކު 2000.00 ރުފިޔާ (ދެހާސް ރުފިޔާ)

އެހެނިހެން އެލަވަންސް:

ސަޕޯރޓިންގ ކޯރ އެލަވަންސް ގެ ގޮތުގައި މަހަކު 700.00 ރުފިޔާ (ހަތްސަތޭކަ ރުފިޔާ)

ހަމަޖެހިފައިވާ އުސޫލުން ކޮންމެ ރަމަޟާންމަހެއްގައި ރަމަޟާން އެލަވަންސް ލިބޭނެއެވެ.

މީގެ އިތުރުން ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖުބުތައް:

  • ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.
  • ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
    • މިނިސްޓްރީތަކުންނާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ސިޓީ، އަތޮޅު ނުވަތަ ރަށު ފެންވަރުގައި ފޯރުކޮށްދިނުމަށް ކަނޑައަޅާ ޚިދުމަތްތައް ކައުންސިލްގެ އިދާރާ މެދުވެރިކޮށް ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
    • ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ ޚިދުމަތްތަކާގުޅޭ އަދި އިދާރާގެ އެތެރޭގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ތައްޔާރުކުރަންޖެހޭ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރތަކާއި އުސޫލުތަކާއި މިންގަނޑުތައް އެކުލަވާލުން.
    • ތަރައްޤީގެ ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުމާއި އެކަމަށް ބޭނުންވާ ލަފަޔާއި އިންޕުޓް ދިނުން.
    • ކުންފުނިތަކާއި، ލޯކަލްއިންވެސްޓްމަންޓްތައް ރަޖިސްޓްރީކުރަން އެދޭފަރާތްތަކަށް އެހީތެރިވުމާއި، އިމްޕޯރޓްމުދާ ވިއްކުމާއި، ހޮޓާކެފޭ ރެސްޓޯރެންޓް ހިންގުމުގެ ހުއްދައަށް އެދޭ ފަރާތްތަކަށް ހުއްދަ ދޫކުރުމާއިބެހޭ ގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްކުރުން.
    • އިމްޕޯޓް މުދާ ވިއްކާ ފަރާތްތަކާއި ވިޔަފާރިކުރާ ފަރާތްތަކުން ޤާނޫނާއި ޤަވާޢިދާއި އެއްގޮތަށް ޢަމަލުކުރަމުން ދޭތޯ ބެލުމާއި، ޤާވާޢިދާއި ޚިލާފުވާ ފަރާތްތަކުގެ މައްސަލަތައް ކައުންސިލާއި ސެކްރެޓަރީ ޖެނެރަލް އަށް ރިޕޯޓްކުރުން.
    • ރަށުގެ އާމްދަނީއާއި ބެހޭ ތަފާސް ހިސާބު އެއްކުރުމާއި، ބެލެހެއްޓުން   
    • ރައްޔިތުންގެ މެދުގައި އިޤުތިޞާދީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ހިންގަންޖެހޭ ޕްރޮގްރާމްތައް ރޭވުމާއި، ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން އެފަދަ ޕްރޮގްރާމްތައް ހިންގުން.
    • ބިމުގެ ދަފްތަރު ބެލެހެއްޓުމާއި، ކުލީބިން ދޫކުރުމާއި ކުލީބިމާއިބެހޭ އެންމެހާ ލިޔެކިޔުންތައް ރެކޯޑްކޮށް ބެލެހެއްޓުން. 
    • ދަނޑުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތާއި، މި ނޫނަސް އިޤްތިޞާދީ އެކިދާއިރާތަކުގައި ޙަރަކާތްތެރިވާ އަމިއްލަ ފަރާތްތަކަށްބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، އަމިއްލަފަރާތްތަކާއި ސަރުކާރާއި، ބައިނަލްއަޤުވާމީ އެކިޖަމާޢަތްތަކުގެ ފަންނީ އަދި މާލީ އެހީތެރިކަން ހޯދައިދިނުމަށް މަސައްކަތްކުރުން. 
    • ރައްޔިތުންގެ މާލިއްޔަތު ދިރުވާ އާލާކުރުމަށްޓަކައި އާމްދަނީ އިތުރުކުރުމުގެ ގޮތުން ކައުންސިލްގެ އިޙްތިސާސްތަކުގެ ތެރޭގައި ހިމެނޭ ފަޅުރަށްތަކަކާއި، ފަޅުތަކާއި ބިންތައް ކައުންސިލުން އެކުލަވާލާ އުޞޫލެއްގެ މަތިން ކުއްޔަށް ދޫކުރުމާއި އެކަމާއިގުޅޭ އެންމެހާ ލިޔެކިޔުންތައް ރިކޯޑްކޮށް ބެލެހެއްޓުން.
    • ސެކްރެޓަރީ ޖެނެރަލްގެ ލަފާގެމަތިން ކައުންސިލްގެ އިދާރާގެ މުވައްޒަފުންގެ ޙާޟިރީ ބެލެހެއްޓުމާއި، މުވައްޒަފުންގެ ޗުއްޓީ ރެކޯޑް ބެލެހެއްޓުމާއި، ސީ.އެސް. ވިއުގަ މެދުވެރިކޮށް މުވައްޒަފުން ރެކްރޫޓް ކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުމާއި، މުވައްޒަފުންގެ އެޕްރައިޒަލް ފުރުމުގެ އިދާރީ މަސައްކަތް ސީ.އެސް ވިއުގަ މެދުވެރިކޮށް ކުރުން.
    • އެކަނިވެރި މައިންނާއި، އަސާސީ ޕެންޝަން ޙައްޤުވާ ފަރާތްތަކަށް ޙައްޤުވާ އެލަވަންސް ހޯދުމަށް އިދާރީގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޙައްޤުވާ އެލަވަންސް ހޯދުމަށް އިދާރީގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރު ލިޔެ ބެލެހެއްޓުން.
    • ކައުންސިލްގެ އިދާރާގެ ހިއުމަންރިސޯސް ޑިވެލޮޕްމަންޓް ކޮމެޓީ (އެޗް.އާރު.އެމް.ޑީ ކޮމެޓީ) ގެ މެމްބަރުކަން ކުރުމާއި އިދާރީ މަސައްކަތްތައް ކުރުން.
    • ރަށުގެ ބިދޭސީންގެ ދަފްތަރު ލިޔެ ބެލެހެއްޓުން.
    • އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސްގެ ލަފާގެމަތިން ކޮމެޓީގެ އިދާރީ ކަންކަން ބެލެހެއްޓުމާއި، ކޮމެޓީގެ ކަންކަން ކުރިއަރުވައި ތަރައްޤީ ކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ހަމަޖެހިފައިވާ އުސޫލުގެމަތިން ކޮމެޓީގެ ލިޔެކިޔުންތައް ރެކޯޑްކޮށް ބެލެހެއްޓުން.

މަޤާމުގެ ޝަރުޠުތައް:

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

އެކައުންޓިންގ، އެޑްމިނިސްޓްރޭޝަން، އެގްރިކަލްޗަރ ސައިންސް، އެންތްރޯޕޮލޮޖީ، އާކިޓެކްޗަރ، ބިޒްނަސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް،ސިވިލް އިންޖިނިއަރިންގ، ކޮމާސް، ކޮމިއުނިޓީ ޑިވެލޮޕްމަންޓް، ކޮމްޕިއުޓަރ ސައިންސް، ކައުންސިލް އެޑްމިނިސްޓްރޭޝަން، ކަލްޗަރ އެންޑް ހެރިޓޭޖް، ޑިމޮގްރަފީ، ޑިވެލޮޕްމަންޓް ސްޓަޑީޒް، އިކޮނޮމިކުސް، އެންވަޔަރަމަންޓް ސައިންސް، ފައިނޭންސް، ގަވަރނަންސް، ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް، ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް، ހިއުމަން ރިސޯސް، އިންފޮމޭޝަން ޓެކްނޮލޮޖީ، އިންޓަރނޭޝަނަލް ރިލޭޝަންސް، ލޯ، ލީޑަރޝިޕް، ލައިބްރަރީ ސައިންސް، ލޯކަލް ގަވަރނަންސް، މެނޭޖްމަންޓް، މެރިން ސައިންސް، މާކެޓިންގ، އޮފީސް އެޑްމިނިސްޓްރޭޝަން، ޕޮލިސީ ސްޓަޑީޒް، ޕޮލިޓިކަލް ސައިންސް، ޕްރޮޖެކްޓް މެނޭޖްމަންޓް، ޕްބްލިކް އެޑްމިނިސްޓްރޭޝަން، ޕަބްލިކް މެނޭޖްމަންޓް، ޕަބްލިކް ޕޮލިސީ، ޕަބްލިކް ރިލޭޝަންސް، ޝަރީޢާ އެންޑް ލޯ، ސޯޝަލް ސައިންސް، ސޯޝަލް ވޯރކް، ސޯޝިއޮލޮޖީ، ސްޕޯރޓުސް މެނޭޖްމަންޓް، ސްޓެޓިސްޓިކުސް، ސްޓްރަކްޗަރަލް އިންޖިނިއަރިންގ، ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް، އަރބަން ޕްލޭނިންގ، އާބަން ސްޓަޑީޒް.

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

އެޑްމިނިސްޓްރޭޝަން

މެނޭޖްމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު. ( ވަޒީފާއަށް އެދޭ ފޯމް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. )
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަމްބަރާޢި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  4. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޙިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތް ކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްލާ ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

   (ހ) މޯލްޑިވުސް ކޮލިފިކޭޝަން އޮތޯރިޓީއިން ލެވެލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާނސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓް ނެތް ޙާލެއްގައި، ކޯސްފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ދޫކޮށްފައިވާ އެސްސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓް ކޮޕީ

  (ށ) ރާއްޖޭގެ މަތީތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުޏެއްގައިވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެއޮފީހަކުން ދޯކޮށްފައިވާ ލިޔުން.

(ށ)  ސިވިލް ސަރވިސް ތަޖުރިބާގެ ތެރެއިން ވިއުގަ އޮންލައިން ޕޯޓަލްއިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހާރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާއަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަގާމަކީ މުސާރާދެވޭ މަގާމެއްކަން ނުވަތަ ނޫންކަން ބަޔާކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވާލާފައިވާ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ އަމިއްލަ ކުންފުޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވާލެވިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމެންޓް އުސޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާޢަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް 2021 (ދެވަނަ އިސްލާޙް) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދޭ ފޯމު ނަޑެއްލާ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 ޖަނަވަރީ 2022 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ގދ. ނަޑެއްލާ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ[email protected]   އެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ފޯމު ބާޠިލުކުރެވޭނެއެވެ.

ޝޯޓްލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި ޕުރެކްޓިކަލް އޮންނާނީ، 20 ޖަނަވަރީ 2022 އާއި 31 ޖަނަވަރީ 2022 އާ ދެމެދު ގދ. ނަޑެއްލާ ކައުންސިލްގެ އިދާރާގައެވެ. ވީމާ، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް"(A2ޝީޓް)" އާންމުކުރުން.

އިންޓަވިއު ބާއްވާތާ ރަސްމީ  ބަންދުނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ" (A2ޝީޓް) އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރައިގެ ފޭސްބުކް ޕޭޖުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ  A2ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅާނީ 6840007 ނަންބަރު ފޯނަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަޑުތަކާއި އުސޫލުތައް އަދި އެ އުސޫލުތަކާއި ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުގެ ޑައުންލޯޑުސްގެ "އައްޔަންކުރުމުގެ އުސޫލާގުޅޭ"  http://www.csc.gov.mv/recruitment-usoolu އިން ލިބެން ހުންނާނެއެވެ.

05 ޖަނަވަރީ 2022