ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)322/322/2022/1
ޕަބްލިޝްކުރި ތާރީޚް: 05 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 11:44
ސުންގަޑި:
09 ޖަނަވަރީ 2022 11:00
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މަސްވެރިންެގެ ދަފްތަރު އެކުލަވާލުމާ ބެހޭ
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޢާއްމުގަވާއިދުގެ 33 ވަނަ މާއްދާގެ ދަށުން މިނިސްޓްރީއޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން އެކުލަވާލާފައިވާ މަސްވެރިންގެ ދަފްތަރު އިތުރަށް ހަރުދަނާކޮށް ދިވެހިރާއްޖޭގައި މަސްވެރިކަމުގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތައް މިދަފްތަރުގައި ހިމެނުމަށްޓަކައި މިކަމަށްބޭނުންވާ މަޢުލޫމާތުނެގުމަށް ތިރީގައި މިދަންނަވާ މައުލޫމާތު ހޯދަން ބޭނުންވާތީ 09 ޖަނަވަރީ 2022 ވާ އާދީއްތަދުވަހުގެ 11:00 ގެ ކުރިން އެމައުލޫމާތުތައް މިއިދާރާއަށް ފޯރުކޮށްދެއްވުމަށް ދަންނަވަމެވެ.
- މަސްވެރިކަން ކުރާފަރާތުގެ: ނަން، އައިޑީކާޑް ނަންބަރ،ދާއިމީ އެޑްރެސް، ހައިސިއްޔަތު (ފަޅުވެރިން، ކެޔޮޅު، ކެޕްޓަން،އޮޑިވެރިން)، ފޯންނަންބަރ
- ދޯނީގެ ނަން، ރަޖިސްޓްރީ ނަންބަރ، މަސްވެރިކަމުގެ ލައިސަންސް ނަގާފައިވާނަމަ ލައިސަންސް ނަންބަރ، ދޯނީގެ ވެރިފަރާތުގެ ފޯނުނަންބަރ، މައިގަނޑުކޮށް ކުރާ މަސްވެރިކަމުގެ ބާވަތް
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
05 ޖަނަވަރީ 2022