ބީލަން
ނަންބަރު: (IUL)384 /2022/03
ޕަބްލިޝްކުރި ތާރީޚް: 05 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 11:43
ސުންގަޑި: 24 ޖަނަވަރީ 2022 11:00
ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތެލުގެ ވިޔަފާރިއަށް ކުއްޔަށް ބިން ދޫކުރުން

               ތ.މަޑިފުށީ ބަނދަރުގެ އުތުރު ތޮށިކައިރިން 1500 އަކަފޫޓްގެ 2 ބިން ތެލުގެ ވިޔަފާރިއަށް ދޫކުރުމަށް މިކައުންސިލުންވަނީ ނިންމާފައެވެ. ބިން ދޫކުރުމަށް ނިންމާފައިވަނީ 15  އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި ތެލުގެ ވިޔަފާރިއަށް ދޫކުރާ މި ދެބިމުގެ ކުލީގެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 70 ލާރިއެވެ.

               ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތައް، 05 ޖަނަވަރީ 2022 ވާ ބުދަ ދުވަހުން ފެށިގެން 17 ޖަނަވަރީ 2022 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00ގެ ކުރިން، ރެޖިސްޓްރޭޝަން ޝީޓް ފުރިހަކުރެއްވުމަށްފަހު [email protected]  އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. ނުވަތަ މި އިދާރާގެ ކައުންޓަރަށް ހުށަހެޅުމަށް ދަންނަވަމެވެ. ('ރެޖިސްޓްރޭޝަން ޝީޓް' މިއިޢުލާނާއި އެކު ގެޒެޓްކުރެވިފައިވާނެ އަދި މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)  މިއިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗްމެންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ.

               ބީލަން ހުށަހެޅުން އޮންނާނީ 24 ޖަނަވަރީ 2022 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00ގައި މިކައުންސިލްގެ އިދާރާގައެވެ .ޕްރޮޕޯސަލް / ބީލަން ހުށަހަޅުއްވަން ހާޒިރުވާއިރު ވިޔަފާރީގެ ވެރިފަރާތް ނުވަތަ ކުންފުނީގެ ހިއްސާދާރެއް، ޑިރެކްޓަރެއް ނޫން ފަރާތަކުން ހާޒިރުވާނަމަ، ޕްރޮޕޯސަލް / ބީލަން ހުށަހަޅަން ހާޒިރުވުމުގެ ހުއްދަ އެފަރާތަކަށް ދީފައިވާކަން އެނގޭނެ ލިޔުމަކާއެކު އެހާޒިރުވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ.

               މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 17 ޖަނަވަރީ 2022 ވާ ހޯމަ ދުވަހު މެންދުރުފަހު 13:00ގެ ކުރިން [email protected]  އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

               މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 ޖަނަވަރީ 2022