ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)233-CA/233/2022/4
ޕަބްލިޝްކުރި ތާރީޚް: 04 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 11:31
އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އަތޮޅު ކައުންސިލުން ދެމުންގެންދިޔަ އައިޑީކާޑުގެ ޚިދުމަތް ރަސްދޫ ކައުންސިލަށް ބަދަލުވުން
އައި.ޑީ ކާޑުގެ ޚިދުމަތަކީ، އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދެއްވަމުންގެންދަވާ މުހިއްމު ޚިދުމަތެކެވެ. ރަށުކައުންސިލްތަކުގެ އިތުރުން، މި ކައުންސިލުން ވެސް ދެންނެވުނު ޚިދުމަތް މިގެންދިޔައީ ރައްޔިތުންނަށް ފޯރުކޮށްދެމުންނެވެ. އެހެންނަމަވެސް، މިކައުންސިލުން ދެމުންގެންދިޔަ އައި.ޑީ ކާޑު ހަދާދިނުމުގެ ޚިދުމަތް، 10 ޖެނުއަރީ 2022 ވަނަދުވަހުން ފެށިގެން ދެއްވަމުންގެންދަވާނީ، ރަސްދޫ ކައުންސިލުން ކަމުގައި ދެންނެވީމެވެ.
އަދި، ރަސްދޫ ކައުންސިލުން އައި.ޑީ ކާޑުގެ ޚިދުމަތް ދޭންފެށުމުން، މި އަތޮޅުގެ މީހުން ދިރިއުޅޭ 8 ރަށުގެ ރަށުކައުންސިލުން އައި.ޑީ ކާޑް ހަދާދިނުމުގެ ޚިދުމަތް ލިބޭނެވާހަކަ ވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
04 ޖަނަވަރީ 2022