ދިވެހިރާއްޖެ
ތޮއްޑޫ ސްކޫލް
އއ.ތޮއްޑޫ
ދިވެހިރާއްޖެ ނަންބަރ: GS66/IUL/2022/01
އިޢުލާން
2022 ވަނަ އަހަރަށް ސްކޫލުގެ ސެކިޔުރިޓީ ބަލަހައްދައިދޭނެ ފަރާތެއް ހޯދުން
2022 ވަނަ އަހަރު މި ސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ: GS66/IUL/2022/01 ( 06 ޑިސެމްބަރ 2021 ) އިޢުލާނާއި ގުޅިގެން ހުށަހެޅުނު އަގުތައް ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާނު ކުރަމެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މައުލޫމާތު ސާފުކުރާބައްދަލުވުމަށް ވަޑައިގަންނަވާ އިރު ވިޔަފާރި ހުއްދައިގެ ކޮޕީއާއި އައި.ޑީ ކާޑު ގެންނަންވާނެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2022 ޖަނަވަރީ 09 ވާ (އާދިއްތަ) 14:00 ގެ ކުރިން ސްކޫލް އޮފީހުގައި ނަންނޯޓް ކުރުމަށް ދަންނަވަމެވެ. އަދި ތިރީގައިވާ ތާރީޚަށް މި ސްކޫލުގެ އޮފީހަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ ކަނޑައެޅިފައިވާ ތާރީޚުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
މަޢުލޫމާތު ސާފުކުރުމާއި، އަންދާސީހިސާބު ހުށަހެޅުން. |
ތޮއްޑޫ ސްކޫލް އޮފީސް |
މަޢުލޫމާތު ސާފުކުރުން. |
2022 ޖަނަވަރީ 10 ވާ ހޯމަ ދުވަހުގެ 11:00 ގައި |
އަންދާސީހިސާބު ހުށަހެޅުމާއި، އަންދާސީހިސާބު ކެނޑުން. |
2022 ޖަނަވަރީ 13 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި |
މަޢުލޫމާތު ސާފުކުރުމަށް ޙާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިޖެހިގެން ގެންނަ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ސިޓީއެއް ދެއްވާފައި ފޮނުއްވުމަށް ދަންނަވަމެވެ.
ވީމާ. މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ ނަންބަރު: 6660819 އާއި ގުޅުއްވުން އެދެމެވެ.
02 ޖުމާދަލްއާޚިރާ 1443
05 ޖަނަވަރީ 2022