ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)486-AP/1/2022/1
ޕަބްލިޝްކުރި ތާރީޚް: 04 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 19:44
ސުންގަޑި: 20 ޖަނަވަރީ 2022 14:00
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް
ދިވެހިރާއްޖެ
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ވަޒީފާގެ ފުރުޞަތު

ތާރީޚް: 04 ޖަނަވަރީ 2022

ނަންބަރު: IUL)486-AP/1/2022/1)

 

އިޢުލާނު

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ތިރީގައިވާ މަގާމްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

އިންވެސްޓިގޭޓަރ

ކްލެސިފިކޭޝަން އަދި ގްރޭޑް

 އެގްޒެކެޓިވް އޮފިސަރ ގްރޭޑް 3

ރޭންކް

 އޯޓީޖޭ ޕީ11

ބޭނުންވާ އަދަދު:

3 (ތިނެއް)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް

 ޓެކްނިކަލް ސަޕޯޓް ޑިޕާރޓްމަންޓް

މުސާރަ:

15,500/-ރ (ފަނަރަހާސް ފަސްސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް:

6500/- ރ (ހަހާސް ފަސްސަތޭކަ ރުފިޔާ)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ޤާނޫނު ނަންބަރު: 28/2020 (އިންތިޤާލީ އިންސާފުގެ ޤާނޫނު) ގެ ދަށުން  އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅޭ އެންމެހާ މައްސަލާތައް ޑިރެކްޓަރާއި  ސީނިއަރ އިންވެސްޓިގޭޝަން އޮފިސަރގެ އިރުޝާދު މަތިން ތަޙްޤީޤު ކުރުން.

2. އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅޭ މައްސަލާތަކާއި ގުޅޭގޮތުން ނަގަންޖެހޭ ބަޔާންތައް ނެގުމާއި މަޢުލޫމާތު ހޯދުމަށް ކުރަންޖެހޭ ޒިޔާރަތްތަކުގައި ބައިވެރިވުން

3. ހަވާލު ކުރެވޭ ތަޙްޤީޤުތައް ނިންމުމަށްފަހު ރިޕޯޓު އެކުކަވާލާ  އޮމްބަޑްސްޕަރސަނުންނަށް ޑިރެކްޓަރގެ އިރުޝާދުގެ މަތިން ފޮނުވުން.

4. ތަޙްޤީޤު ކުރާ މައްސަލަތަކުގެ ރިޕޯޓާއި ތަޙުޤީޤާއި ގުޅޭ ލިޔެކިޔުންތަކުގެ ރެކޯޑް ރަގަޅަށް ބެލެހެއްޓުން.

5. އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ހިންގާ ޤާނޫނު ލާޒިމް ކުރާ ތަޙްޤީޤުތައް ކުރުމަށްފަހު، އިންސާނީ ޙައްޤެއް ނުވަތަ އަސާސީ މިނިވަން ކަމެއް ނިގުޅައިގަނެފައިވާނަމަ، އެ އަމަލުތަކަށް ޒިންމާވާ ދައުލަތުގެ އެންމެހާ މުއައްސަސާތަކާއި ފަރާތްތައް ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން  ދެނެގަނެ ޖަވާބުދާރީ ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

6. އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ހިންގާ ތަޙްޤީޤަށްފަހު ޖިނާއީ ކުށެއްކަމުގައިވާ ޢަމަލުތައް ހިންގި ފަރާތްތަކުގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނަރަލް އަށް ފޮނުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން   

7. އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެއޮފީހުން ހިންގާ ޤާނޫނު ލާޒިމް ކުރާ ތަޙްޤީޤުތައް ކުރުމަށްފަހު، އިންސާނީ ޙައްޤުތަކާއި ޚިލާފު ޢަމަލުތައް ހިންގާ ފަރާތްތަކާއި ޒިންމާއުފުލަންޖެހޭ ފަރާތްތައް ދެނެގަނެ، އަނިޔާ ލިބިފައިވާ ފަރާތްތަކަށް ބަދަލު ހޯދައިދީ ފަރުވާ ހޯދުމަށް ފޮނުވަން ޖެހޭފަރާތްތަކަށް ފޮނުވުމުގެ  މަސައްކަތް ކުރުން.

8. އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ހިންގާ ތަޙްޤީޤަށްފަހު މަދަނީ ދަޢުވާ އުފުލަންޖެހޭ ފަރާތްތަކަށް ދަޢުވާ ކުުރުމަށް ބަންޑާރަ ނައިބަށް ފޮނުވުމަށް ކުރަން ޖެހޭ އެންމެހައި މަސައްކަތް ކުރުން.

9. ތަޙުޤީޤަށްފަހު އިންސާނީ ޙައްޤެއް ނުވަތަ އަސާސީ މިނިވަން ނިގުޅައިގަތުމުގެ މައްސަލަތައް، ކުރިއަށް އޮތްތަނުގައި ނުހިނގާނޭކަން ކަށަވަރު ކުރުމަށްޓަކައި އެޅޭނެ ފިޔަވަޅުތައް ދެނެގަތުމާއި އެފަދަ ކަންކަމާ ގުޅޭގޮތުން ގެންނަންޖެހޭ އިޞްލާޙްތައް ގެނައުމުގެ އެންމެހާ މައްސަކަތްތައް ކުރުން.

10. މީގެ އިތުރުންވެސް އޮފީހުގެ މަސައްކަތާއި ގުޅިގެން ޙަވާލުކުރާ އެހެނިހެން މަސައްކަތްކުރުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ އެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

 

މަސައްކަތާއި ގުޅޭ ދާއިރާ: އިންވެސްޓިގޭޝަން

 

 

މަޤާމު:

ލީގަލް އެގްޒެކްޓިވް

ކްލެސިފިކޭޝަން އަދި ގްރޭޑް

 އެގްޒެކެޓިވް އޮފިސަރ ގްރޭޑް 3

ރޭންކް

 އޯޓީޖޭ ޕީ11

ބޭނުންވާ އަދަދު:

1

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް

ޓެކްނިކަލް ސަޕޯޓް ޑިޕާރޓްމަންޓް

މުސާރަ:

15,500/-ރ (ފަނަރަހާސް ފަސްސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް:

6500/- ރ (ހަހާސް ފަސްސަތޭކަ ރުފިޔާ)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ ގަވާޢިދާއި އިދާރީ އުސޫލުތައް އެކުލަވާލުމުގައި ޤާނޫނީލަފަޔާއި އެހީތެރިކަން ފޯރުކޮށްދިނުން.
  2. އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅޭ އެންމެހާ މައްސަލަތަކުގައި ތަޙްޤީޤަށް ބޭނުންވާ ޤާނޫނީލަފާދިނުން.
  3. އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ޕްރޮސިކިޓަރ ޖެނެރަލްއަށާއި، ބަންޑާރަނައިބު އަދި  ކޯޓުތަކަށް ފޮނުވަންޖެހޭ މައްސަލަތަކުގެ ލިޔެކިޔުންތައް އެކުލަވާލުމުގެ މަސައްކަތް ކުރުން.
  4. މަސައްކަތާ ގުޅޭގޮތުން މިޑިއާގައި އޮމްބަޑްސްޕަރސަންގެ އޮފީސް ތަމްސީލު ކުރުން.
  5. އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ހިންގާ ދިރާސާތަކަށް ބޭނުންވާ ޤާނޫނީ އިރުޝާދު ދިނުން.
  6. ތަޙްޤީޤަށްފަހު އިންސާނީ ޙައްޤެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގަތުމުގެ މައްސަލަތައް، ކުރިއަށް އޮތްތަނުގައި ނުހިނގާނޭކަން ކަށަވަރު ކުރުމަށްޓަކައި އެޅޭނެ ފިޔަވަޅުތައް ދެނެގަތުމާއި އެފަދަ ކަންކަމާ ގުޅޭގޮތުން ގެންނަންޖެހޭ އިޞްލާޙްތައް ގެނައުމަށް ބޭނުންވާ ޤާނޫނީ ލިޔެކިޔުންތައް ތައްޔާރު ކުރުން.
  7. ތަޙްޤީޤަށްފަހު އިންސާނީ ޙައްޤެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގަތުމުގެ މައްސަލަތަކާ ގުޅޭގޮތުން އަންނަން އޮތް ޖީލުތައް ހޭލުން ތެރި ކުރުވުމަށް ހިންގާ ޕްރޮގްރާމްތަކާއި ތައްޔާރުކުރާ ޑޮކިއުމަންޓްސްތަކަށް ބޭނުންވާ ޤާނޫނީ އިރުޝާދުދިނުމާ އެފަދަ ތަކެތި ތައްޔާރު ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން.
  8. އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފު ޢަމަލުތަކުގެ ސީދާ ނަތީޖާއެއްގެ ގޮތުން އަނިޔާ ލިބިފައިވާ ފަރާތްތަކަށްލިބިފައިވާ އަނިޔާތަކާއި ގުޅޭގޮތުންކުރާ ދިރާސާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
  9. އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަން ކަމާ ޚިލާފު ޢަމަލުތަކުގެ ސީދާ ނަތީޖާއެއްގެ ގޮތުން އަނިޔާ ލިބިފައިވާ ފަރާތްތަކަށްލިބިފައިވާ އަނިޔާތަކާއި ގުޅޭގޮތުން ދިރާސާ ކުރުމަށްފަހު  އެކަމާ ގުޅުންހުރި ހެއްކާއި ލިޔެކިޔުންތަކުގެ މައްޗަށް އެހާދިސާ ލިޔެ ޝާއިޢު ކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުން.
  10. މީގެ އިތުރުންވެސް އޮފީހުގެ މަސައްކަތާއި ގުޅިގެން ޙަވާލުކުރާ އެހެނިހެން މަސައްކަތްކުރުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ އެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

 

މަސައްކަތާއި ގުޅޭ ދާއިރާ: ލީގަލް

 

 

މަޤާމު:

މީޑިއޭޓަރ

ކްލެސިފިކޭޝަން އަދި ގްރޭޑް

އެގްޒެކެޓިވް އޮފިސަރ ގްރޭޑް 3

ރޭންކް

 އޯޓީޖޭ ޕީ11

ބޭނުންވާ އަދަދު:

2

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް

ޓެކްނިކަލް ސަޕޯޓް ޑިޕާރޓްމަންޓް

މުސާރަ:

15,500/-ރ (ފަނަރަހާސް ފަސްސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް:

6500/- ރ (ހަހާސް ފަސްސަތޭކަ ރުފިޔާ)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- ތަޙްޤީޤު ޓިމުން މީޑިއޭޝަން އެންޑް ޑިސްޕިއުޓް ރިސޮލިއުޝަން ޔުނިޓަށް  ފޮނުވާ ރިޕޯޓުތައް މުރާޖާ ކުރުން.

2- އެ މައްސަލައަކީ ޞުލްޙަ ކުރެވިދާނެ މައްސަލައެއް ކަމަށް ފެނިއްޖެނަމަ އެ މައްސަލަ ޞުލްޙަ ކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުން.

3- މައްސަލަ ޞުލްޙަ ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ދެފަރާތް ހާޒިރު ކުރުމަށް ކުރަން ޖެހޭ އެންމެހައި މަސައްކަތް ކުރުން.

4- މައްސަލައެއްގައި ދެފަރާތް ޞުލްޙަކުރުމަށް އެކި ގޮތްގޮތް ބޭނުން ކުރުން، އެގޮތުން ބޭނުންކުރާ ގޮތެއްގެ ނަތީޖާގެ ރިޕޯޓް ތައްޔާރުކުރުމަށް ފަހު ޑިރެކްޓަރގެ ލަފަޔާއެކު އެހެން ގޮތްތައް ބޭނުން ކުރުން.

5- ޞުލްޙަ ކުރުމަށް ކުރަންޖެހޭ މަސައްކަތަށް ހުށަހެޅޭ މައްސަލަތަކުގެ ރިޕޯޓްތަަކާއި ލިޔެކިޔުންތައް ރައްކާކޮށް ބެލެހެއްޓުން.

6- ޞުލްޙަ ކުރުމަށް ހުށަހެޅޭ މައްސަލަތަކުގައި ނަތީޖާއަކަށް ވާޞިލް ވަންދެން މަސައްކަތް ކުރުމާއި ފޮލޯއަޕް ހެދުން އަދި ތަންފީޒުވާ މިންވަރު ބެލުން.

7- ޞުލްޙަ ކުރުމަށް ކުރާ މަސައްކަތުގެ އެޑިއުކޭޝަނަލް ކޮމްޕޯނެންޓެއް ހިމެނޭ ނަމަ، ޓްރެއިނިންގ އޮފިސަރާ ގުޅިގެން އެފަދަ ޕްރޮގްރާމްތައް ރާވާ ހިންގުން

8- މީގެ އިތުރުންވެސް އޮފީހުގެ މަސައްކަތާއި ގުޅިގެން ޙަވާލުކުރާ އެހެނިހެން މަސައްކަތްކުރުން

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ އެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

 

 

ރަސްމީ ގަޑި:

ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ފޯމު ނުހިމަނާ ހުންނަ އެޕްލިކޭޝަންތައް ބާތިލްވާނެއެވެ.)
  2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާފަދަ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
  3.  ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް، އެޓެސްޓް ކޮށްފައިވާ ކޮޕީއެކެވެ.
  4. ސެޓްފިކެޓް ނުލިބި ވާނަމަ ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  6. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  7. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން.

ސުންގަޑި:

  20 ޖަނަވަރީ 2022 ގެ 14:00

އެހެނިހެން:

  1. މަތީގައިވާ މަޤާމަށް ޝޯޓްލިސްޓް ކުރެވޭނީ ގިނަ ވެގެން 10 ފަރާތެވެ.
  2. މަތީގައިވާ މަޤާމުތަކުގެ އިންޓަވިއުއަށް ވަޑައިގަތުމަށް މި އޮފީހުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެންޑިޑޭޓަކަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
  3. އޮފީހުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
  4. އޮފީހުގެ ވަޒީފާއަކަށް އޮމްބަޑްސްޕާސަން އެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  5. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  6. އެޕްލިކޭޝަން ފޯމު  މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  7. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 7223473

އެޕްލިކޭޝަން ފޯމު އީމެއިލް  އީމެއިލް ކުރައްވާނީ [email protected] އަށެވެ.

                                   01 ޖުމާދުލްއާޚިރާ 1443

04 ޖަނަވަރީ 2022