ދިވެހިރާއްޖެ
މި ޓްރައިބިއުނަލްގެ ލީގަލް އޮފިސަރގެ މަޤާމަށް މުވައްޒަފަކު ހޯދުމަށް ކުރެވިފައިވާ ނަންބަރު 56/(IUL)223/1/2021 އިޢުލާނަށް ބަދަލުތަކެއް ގެނެވިފައިވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. ޙަވާލާދެވުނު އިޢުލާނަށް ތަރުހީބުދީ ކުރިމަތިލާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ އެޕްލިކޭޝަންތައް މިޢުލާނާގުޅިގެން ބާޠިލް ކުރެވިފައިނުވާތީ އެ ފަރާތްތަކުން އަލުން މިމަޤާމަށް ކުރިމަތިލާން ނުޖެހޭނެ ވާހަކަ ދަންނަވަމެވެ.
މަޤާމް: |
ލީގަލް އޮފިސަރ |
||
މަޤާމް ނަންބަރު: |
TAT-115 |
||
ބޭނުންވާ ޢަދަދު: |
01 |
||
މަޤާމް ގިންތި: |
ދާއިމީ |
||
މަޤާމުގެ ކްލެސިފިކޭޝަން: |
އޮފިސަރ |
||
ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން: |
ލީގަލް އެންޑް އެސެސްމެންޓް ސެކްޝަން، ޓެކްސް އެޕީލް ޓްރައިބިއުނަލް |
||
މުސާރަ، ޢިނާޔަތްތަކާއެކު: |
- އަސާސީ މުސާރަ: -/6,000 ރުފިޔާ - ނޮން ޕްރެކްޓިސިންގ އެލަވަންސް: -/2,400 ރުފިޔާ (އަސާސީ މުސާރައިގެ %40) - ލިވިންގ އެލަވަންސް: -/3,500 ރުފިޔާ - ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެ - ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން |
||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: |
|
||
މަޤާމަށް ބޭނުންވާ ތަޢުލީމީ ފެންވަރާއި ތަމްރީން (ހުނަރުވެރިކަމާއި ތަޖުރިބާއާއެކު): - ޤާނޫނީ ދާއިރާއިން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލެވެލް 6ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ - ޤާނޫނީ ދާއިރާއިން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލެވެލް 5ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. |
|
||
ހުށަހަޅަން ޖެހޭ ތަކެތި:
|
|
||
އެހެނިހެން މަޢުލޫމާތު |
- އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ. - މިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މިޓްރައިބިއުނަލްގެ ނަންބަރު 3015555 ފޯނަށް ގުޅުއްވުން އެދެމެވެ. |
|
އެޕްލިކޭޝަން ހުށަހަޅާނެގޮތް |
ތާރީޚާއި ގަޑި |
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ކައުންޓަރަށް (ގ.މާގަހަ، 3 ވަނަ ފަންގިފިލާ) ނުވަތަ، ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން މި ޓްރައިބިއުނަލްގެ [email protected] އަށް މެއިލްކުރެއްވުން . މެއިލްކުރައްވާނީ ހުރިހާ ޑޮކިއުމެންޓެއް އެއްފައިލެއްގައި PDF ކޮށްފައެވެ. (މެއިލް ކުރެއްވުމަށްފަހު އޮފީހަށް މެއިލް ލިބުނުތޯ ޔަޤީން ކުރުމަކީ ވަޒީފާއަށް ކުރިމަތިލައްވާ ފަރާތުގެ ޒިންމާއެކެވެ)
|
2022 ޖަނަވަރީ 11 ވަނަ ދުވަހުގެ 13:00 ގެ ކުރިން |