ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HR/PSM/2022/03
ޕަބްލިޝްކުރި ތާރީޚް: 04 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 15:40
ސުންގަޑި: 18 ޖަނަވަރީ 2022 14:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ޕްރޮޑިއުސަރ

މަޤާމް :ޕްރޮޑިއުސަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު                                     

މަޤާމް

ޕްރޮޑިއުސަރ

އަސާސީ މުސާރަ

-/7,500 ރުފިޔާ

އެލަވަންސްތައް:

-/3,000 ރުފިޔާ

މަޤާމުގެ ރޭންކް

ޓީޕީ 4

ބޭނުންވާ ޢަދަދު:

01

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

ޓީވީ ޕްރޮޑަކްޝަން

މަޤާމުގެ ބާވަތް

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

  • މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު ކުންފުނީގެ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން އެއްބަސްވުން އާ ކުރެވޭނެއެވެ.

މަޤާމުގެ ޝަރުތު:

  • މަޤާމާ ގުޅޭ ދާއިރާއިން އެޑްވާންސް ޑިޕްލޮމާ އޮތުން ނުވަތަ ޑިޕޮލޮމާއެއް އޮތުމާއެކު ގުޅޭ ދާއިރާއިން 3 (ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ މަޤާމާގުޅޭ ދާއިރާއިން 6 (ހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ޕްރޮގްރާމް ތަކުގެ އައިޑިއަރ މެނޭޖަރުންނާއެކު ޝެއަރ ކޮށް ތަޖުރިބާ ޙިއްސާ ކުރުން.
  • ޑިޕާޓްމަންޓުން ކަޑައަޅާފައިވާ އުޞޫލެއްގެ މަތިން ވީކްލީ އަދި ޑެއިލީ ޕްރޮގްރާމް ތައްޔާރުކުރުން.
  • ލިބިފައިވާ ތަމްރީނާއި ތަޖުރިބާ އެހެން ޕްރޮޑިއުސަރުންނާ ޙިއްސާ ކުރުން.
  • ޕީއެސްއެމްއިން އުފައްދާ ޕްރޮޑަކްޝަންސްތަކުގެ ޕްރީ ޕްރޮޑަކްޝަން، ޕްރޮޑަކްޝަން އަދި ޕޯސްޓްޕްރޮޑަކްޝަންގެ މަސައްކަތްކުރުން
  • ހަވާލުކުރެވޭ ޕްރޮޑަކްޝަންސްތައް ޑައިރެކްޓްކުރުމާއި ކޮލިޓީ ރަނގަޅު ކުރުމަށް މަސައްކަތްކުރުން.
  • ދިމާވާ މައްސަލަތައް ވަގުތުން ވަގުތަށް ޙައްލު ކުރުން.
  • ޗެނަލްގައި މަސައްކަތް ކުރާ ޕްރޮޑިއުސަރުންނާ ގުޅިގެން އެކުވެރި މާޙައުލެއްގައި މަސައްކަތް ކުރުން.
  • ޕްރޮގްރާމްސްކްރިޕްޓްލިޔުމާއި ތަރުޖަމާކުރުން.
  • ސޯސަލް މީޑިއާގައި ޕްރޮގްރާމް ޕްރޮމޯޓްކުރުން އަދި އަޕްޑޭޓްކުރުން.
  • ޕްރީ ޕްރޮޑަކްޝަންއިން ފެށިގެން ޕްރޮގްރާމް ނިމި އާކައިވްކުރުމާއި ހަމަޔަށް ޒިންމާނެގުން.
  • ކުރާ މަސައްކަތް އަމިއްލަޔަށް ލޮގް ކޮށް ބަލަހައްޓަމުން ދިއުން.
  • ކުރާ މަސައްކަތާއި ގުޅިގެން އޮފީހުން ހިންގާ ޓްރޭނިންގތަކުގައި ފުރުޞަތު ލިބޭ މިންވަރަކުން ބައިވެރިވުން.
  • ޕީއެސްއެމްއިން ކަނޑައަޅާ ތަނެއްގައި މަސައްކަތްކުރުން.
  • ކުރާ މަސައްކަތްތަކަށް ޖަވާބުދާރިވުމާއި ޒިންމާވުން.
  • ޚާއްސަ ހާލަތެއްގައި ކުންފުނިން ކަނޑައަޅާ ވަގުތެއްގައި ވަޒީފާގެ ދާއިރާއިން އެހެނިހެން މަސައްކަތެއް ކުރުން.
  • ޕްރޮޑަކްޝަންތަކުގެ ފެންވަރު ރަނގަޅު ކުރުމަށާއި މަސައްކަތް ތަރައްޤީކުރުމަށް ޑިޕާޓްމަންޓުން ކަނޑައަޅާ އުސޫލެއްގެ މަތިން އެހީތެރިވެދިނުން.
  • މިކަންކަމުގެ އިތުރުން މަސައްކަތާއި  ވަޒީފާއާއި  ގުޅޭގޮތުން އިތުރުކަމެއް ކުރަންޖެހޭ ފަދަ ޙާލަތެއްގައި އެފަދަ ކަންކަން ކުރުން.

އިތުރު އެލަވަންސްތައް:

  • އެޓެންޑެންސް އެލަވަންސް: ކުންފުނީގެ ސިޔާސަތުގައި އޮންނަ އުސޫލުގެ ތެރެއިން ދުވާލަކަށް 35 (ތިރީސް ފަސްރުފިޔާ)
  • ޓެކްނިކަލްކޯ އެލަވަންސް: ކުންފުނީގެ ސިޔާސަތުގައި އޮންނަ އުސޫލުގެ ތެރެއިން ޝަރުތު ހަމަވާނަމަ އަސާސީ މުސާރައިގެ %20 އެލަވަންސް ދެވޭނެއެވެ.

ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • އެކްރެޑިޓް އަދި އެޓެސްޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެޓެސްޓްނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެއެވެ.)
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ.
  • ޕޮލިސް ރިޕޯރޓް. (3 މަސް ހަމަނުވާ)

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު  އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 18 ޖެނުއަރީ 2022 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000368، 3000364، 3000207 އާއި ގުޅުއްވުން އެދެމެވެ.

                     01 ޖުމާދަލްއާޙިރާ 1443

04 ޖަނަވަރީ 2022