ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-ER/1/2022/8
ޕަބްލިޝްކުރި ތާރީޚް: 04 ޖަނަވަރީ 2022
ޕަބްލިޝްކުރި ގަޑި: 14:15
ސުންގަޑި: 28 ފެބުރުވަރީ 2022 00:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އެމްޕްލޯއިމަންޓް އޭޖެންސީ ހިންގުމުގެ ހުއްދަ ދިނުމާއި އައު ކޮށްދިނުން ވަގުތީ ގޮތުން ހުއްޓައިލުމާއި ގުޅޭ

(IUL)101-ER/1/2022/8 :ނަންބަރު 

 

އިޢުލާން

 

އެމްޕްލޯއިމަންޓް އޭޖެންސީ ހިންގުމުގެ ހުއްދަ ދިނުމާއި އައު ކޮށްދިނުން ވަގުތީ ގޮތުން ހުއްޓައިލުމާއި ގުޅޭ

                 މި މިނިސްޓްރީގެ ނަންބަރ IUL)101-ER/1/2021/210) އިއުލާނާއި ހަވާލާދީ ދަންނަވަމެވެ.

                 އެމްޕްލޯއިމަންޓް އެޖެންސީއާބެހޭ އައު ގަވާއިދު ނެރުމުގެ މަސައްކަތް މި މިންސްޓްރީއިން ކުރަމުން ދާތީ، މިހާރު އަމަލުކުރަމުންދާ ގަވާއިދުގެ ދަށުން ދޫކުރަމުން ދިޔަ އެމްޕްލޯއިމަންޓް އެޖެންސީ ހިންގުމުގެ ހުއްދަ ދޫކުރުމާއި އައު ކޮށްދިނުން ވަގުތީ ގޮތުން މެދުކެނޑުމަށް ހަވާލާދީފައިވާ އިއުލާންއިން ކަނޑައަޅާފައިވާ މުއްދަތު މި އަހަރުގެ (28 ފެބްރުއަރީ 2022) ނިޔަލަށް އިތުރުކޮށްފައިވާ ކަމުގައި ދެންނެވީމެވެ.                                                          

                 މި ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލެވިފައި ވީނަމަވެސް، މުއްދަތު ހަމަވާ އެޖެންސީތަކުގެ ހުއްދައިގެ މުއްދަތު 28 ފެބްރުއަރީ 2022 ނިޔަލަށް އިތުރު ކޮށްދޭނެކަމުގައި ދެންނެވީމެވެ.                                                                      

 

‏01‏ ޖުމާދަލްއާޚިރާ‏ 1443

‏04‏ ޖަނަވަރީ‏ 2022

04 ޖަނަވަރީ 2022