ވަޒީފާގެ ފުރުޞަތު
ނަންބަރު: IUL)141-A2/1/2014/214
ޕަބްލިޝްކުރި ތާރީޚް: 03 އޮގަސްޓް 2014
ޕަބްލިޝްކުރި ގަޑި: 17:55
ސުންގަޑި: 17 ސެޕްޓެންބަރު 2014 14:30
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

މަޤާމުގެ ނަން: އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

މުސާރަ: 4000.00 ރުފިޔާ

ސާރވިސް އެލަވަންސް: 1500.00 ރުފިޔާ

ރޭންކް: ޖީ.އެސް 2

ކްލެސިފިކޭޝަން: އެސިސްޓެންޓް އޮފިސަރ ގްރޭޑް 2

ބޭނުންވާ ޢަދަދު: 1

މުއްދަތު: 31 ޑިސެންބަރު 2014 ގެ ނިޔަލަށް

މަސައްކަތް ކުރަންޖެހޭ ތަން: މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް / ޔޫތް ސެކްޝަން

ޝަރުޠު:

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  2. މަތީ ސާނަވީ ތަޢުލީމު ފުރިހަމަ ކުރުމަށްފަހު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  1. އަތޮޅުތަކުގައި ދިރިއުޅޭ ޒުވާނުންނަށް، ޒުވާނުންގެ މަރުކަޒުތައް މެދުވެރިކޮށް ހިންގޭ މުނިފޫހިފިލުވުމާއި، އިޖްތިމާޢީ ކަންކަމާ ބެހޭ ޕްރޮގުރާމުތައް ރާވައި ހިންގުން.
  2. ޖިމްއާއި އެރޮބިކްސް ފަދަ، ޒުވާނުންގެ ކަސްރަތު ޕްރޮގުރާމުތައް ހިންގާނެ ފަރާތްތައް ބިނާކުރުމަށްޓަކައި ތަމްރީނު ޕްރޮގުރާމުތައް އެކުލަވާލާ ހިންގުން.
  3. މަރުކަޒުތަކާ ގުޅިގެން އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުން ބާއްވަން ބޭނުންވާ މުބާރާތްތަކާއި ޕްރޮގުރާމުތަކާއި ޕްރޮޕޯސަލްތަކާ ބެހޭ މަސައްކަތްތައް، ޔުނިޓު އަދި ސެކްޝަންގެ ވެރިންނާ ގުޅިގެން ކުރިއަށް ގެންދިއުން.
  4. ދިވެހިރާއްޖޭގެ ޒުވާނުންނާ ބެހޭ މަޢުލޫމާތު އެއްކުރުމާއި ޒުވާނުންނާ ބެހޭ ޤައުމީ ފެންވަރުގެ ކަންކަމުގައި ޒުވާނުން ބައިވެރިކޮށް ޒުވާނުންގެ ޚިޔާލުހޯދުން. 
  5. ސްކޫލުތަކާއި އެހެނިހެން މުއައްސަސާތަކާ ގުޅިގެން ޒުވާނުންނަށާއި ފުރާވަރު އުމުރުފުރައިގެ ކުދިންނަށް، ޒުވާނުންގެ ފައިދާއާއި ކުރިއެރުމަށް ޕްރޮގުރާމުތައް ރާވައި ހިންގުން.

ނޯޓް:

- މި މަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި މަޤާމާގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ މީހުންނަށް އިސްކަން ދެވޭނެއެވެ. މި މަޤާމުގެ އިންޓަވިއު އެއްމަސް ދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަވިއު އޮންނާނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޓިންގ ރޫމްގައެވެ.

- މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓު ކުރެވޭ 10 ފަރާތާއެވެ

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގައި އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ސުންގަޑި: 17 އޮގަސްޓް 2014 ވާ އާދީއްތަ ދުވަހުގެ 14:30 ގެ ކުރިން
  • އެޕްލިކޭޝަން ހުށަހަޅަންވީ ތަން: ވެލާނާގެ 3 ވަނަ ފަންގިފިލާ ގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އަށް
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

ވެބްސައިޓް އެޑްރެސް www.youth.gov.mv

  • އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3347465 އަށް

07 ޝައްވާލް  1435

03 އޮގަސްޓް 2014